މާލޭ މަގުމަތީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު: އޭނާއަކީ އަދަބު ލުއިކޮށް ދޫކޮށްލާފައި ހުރި މީހެއް
01 ސެޕްޓެމްބަރ 2024 - 19:53
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރު ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެފި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ އަތުހަރު މަރުވާން މަސައްކަތް ކުރި ކަމަށެވެ.
އެކަމަކު އޭނާ މަރު ނުވާ ކަމަށާއި މަރުވާން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އައިޖީއެމްއެޗް އިން މައުލޫމާތު ލިބޭ ގޮތުގައި، އަތުހަރު އަށް ދަނީ އެމެޖެންސީގައި ފަރުވާ ދެމުންނެވެ.
އެނގިފައިވާ ގޮތުގައި އަތުހަރު މަރުވާން މަސައްކަތްކޮށްފައިވަނީ އަމިއްލައަށް ދަންޖެހިގެންނެވެ.
ށ. މިލަންދޫ، ހެޕީސައިޑް އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުން، އޭނާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން ނެރެ، ސައިކަލަށް އަރައިގެން ފިލަން މަސައްކަތްކުރި އެވެ. އެކަމަކު އޭނާ ސައިކަލު މަޑުކޮށްލި ދަނޑިވަޅުގައި ފުލުހަކު ވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި އަންހެން މީހާ ސަލާމަތްކޮށްފަ އެެވެ. އެ ހާދިސާގައި އަންހެން މީހާއަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.
އަތުހަރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިޒް
02 September 2024
ދިވެހި ރާއްޖެ ގަ މިކަހަލަ އަނިޔާވެރި, ނުރައްކާތެރި ކުށްވެރިން ގިނަވީ ކުށްވެރިން ދިފާއުގަ އެންމެން އުޅޭތީ... ދިވެހި ރާއްޖޭގަ ގޭންގު ތަކުން މީހުން މެރުން އާންމު ވަނީ ކުށްވެރިންނަށް އިންގޭ މީހަކަށް ހަމަލާދިނަސް އެއްވެސް އަދަބެއް ނުލިބޭނެކަން...
ހޮލިސްޓިކް
02 September 2024
މީނާއަކީ ނަފަސާނީ ގިނަ މައްސަލަތަކެއް ހުރި މީހެއްކަން ފާހަގަކުރެވޭ. މިފަދަ އެތަކެއް މީހުންނެއް އުޅޭ. މިފަދަ މީހުން ނަފަސާނީވެ ޑްރަގަށްދާ ސަބަބު ދެނެގަނެ ވަށައިގެންޖެހޭ ފަރުވާ އާއި އެހީތެރިކަން ދީފިނަމަ މުޖްތަމައު އަށް ވ ފައިދާ ކުރާނެ ކަމަށް ބެލެވޭ
ފައިޒް
02 September 2024
މި ގޮތަށް އުޅޭ ގޭންގު ކުދިންނަށް އެހީވާން އަވަހަށް ވަޑައިގަންނަވާ!! ކިހިނެއް ތޯ ވަނީ ބަލަން!!! މީހުން މަރާ މީހަކަސް އެވީ ނަފްސަނީ.... ނަފްސާނީ އެއް ނޫން, ހަމަ ދިވެހި ރާއްޖޭގަ މީހުން މަރާ, ނުރައްކާތެރި މީހުން ގިނައީ... އަދަބު ދީގެން މިކަން ހުއްޓުވޭނީ!!!
ފޮނިފޮނިޓައްޕު ކުމާރު
01 September 2024
މިހަފްތާގާ ދެން މުޅިން އޮންނާނީ މީނަގެ ޑުރާމާ. ވޭތުވެދިޔަ ހަފްތާގާ ސްކުރީނުގާ އޮތީ ބަންގާޅީން ފެހުމުގެ ޑުރާމާ.
ނަޒް
01 September 2024
ފުލުހުންގެ މުގުރު ގެންގުޅުމާ ބެހޭ އުސޫލުގައި އޮންނާނެ އެއްވެސް ހާލަތެއްގައި މީހެއްގެ ބޮލުގައި މުގުރުން ޖަހައިގެން ނުވާނެ ކަމަށް. އިހުސާން ކިތަންމެ ވަރަކަށް ދިފާޢުވާން އުޅުނަސް މިއީ ކަން އޮތްގޮތް.
މަަ އެނގޭ
02 September 2024
ޗަހުރީ މާބޮޑަށް އިނގިފޭ
1828
02 September 2024
ތިޔައީ ހަމަ ރަނގަޅު ވާހަކައެއް. ސުވާލަކީ އަތުހަރު އެ އަންހެންމީހާ ރަހީނުކޮށްގެން ހުއްޓައި، ފުލުހުން މުގުރު 'ބޭނުންކުރަން' އޭނާގެ ޕްރައިމަރީ ޓާގެޓެއް ދޭނެހޭ؟ ތިޔަ ބުނާ އުސޫލުގައި އޮންނާނެ ޓާގެޓްކުރަންވާނީ ޕްރިއިމަރީ ޓާގެޓްއަކަށޭ. އެއީ ގައިގެ މަސްތައް ގިނައިން ހުންނަ ސަރަހައްދުތަކަށް. މުގުރު ހޫރުވާލީމައި އެމީހާ އެދިމަލަށް ބޯލައިފިއްޔަ މުގުރު އަރާނީ އެމީހާގެ ބޮލަށް. އޭގެނެތް މައްސަލައެއް. ޖަސްޓިފައިކޮށްދިނީމައި ރަނގަޅުވާނެ.
ފައިޒް
02 September 2024
މީހަކަށް ހަމަލާދޭން ވަޅި ހިފައިގެން ހުރި ނުރައްކާތެރި ކުށްވެރި އެއް
ތުވާލި
01 September 2024
ބަންދު ކުރި ތަނުގައި އަމިއްލައަށް މަރުވާނެ ހުރިހާ ވަސީލަތެއް ދީފައިތަ ބެހެއްޓީ؟
ފިރުކެން
01 September 2024
ބެޑްޝީޓާ ބާލީސް ހުންނާނެ ނިދާތާނގާ އެއީ މަރުވާކައް ދީފަހުންނަ އެއްޗިއްސެއް ނޫން. އަބަދުވެސް ހުންނަ އެއްޗެހި ހުންނާނީ ބައެއް މީހުންނައް ވަރައް ހިތްހަމަ ޖެހޭނެ ފިތުނައެއް އުފައްދާ ލެވިއްޖެޔާ
ލައިލާކުމާރާ
01 September 2024
ތި ހާދަ ވަރެއްގެ އަތުހަރެކޭ ދޯ ދެން
އަތުފަތު
01 September 2024
އަތުހަރު މިއުޅެނީ އަތުފަތު ނުޖެހިގެން
ގުދުގުދާބެއްޔާ
01 September 2024
މިހާރު އަމިއްލަޔަށް މަރުވާން! އޭރުން އޭނަގެ ބޮލުގަ ޖެހި ސަބަބުން އޭނާ މަރުވެއްޖެނަމަ ބުނެވޭނެތާ؟! ނޫނޭ ގޭމް ވަރަށް މޮޅު!
މިވަރު
01 September 2024
އެތަނައް ގެންދިޔައިމާ އިނގޭނެ އަދި ރިކޯޑްވެސް ހުންނާނެ. ވާނެ މަސްލަހަތު ނެގޭތޯ ބަލާލަން ދޮގެއް ހަދައިގެން ވެސް. ހަޖަމުނުވާ ކުދިން ބަލާނެ ސަރުކާރު ބޮލުގަ އެޅުވޭނެ ގޮތެއް އޮތްތޯ
އަޖައިބެއް
01 September 2024
އަޅެފަހެ އަތުހަރު ކިިޔެއްވެގެންތަ ތަނެއްގަ ހަރު ނުލައިގެން މިއުޅެނީ. މީހަކު އަޖައިބެއް ނުވާނެ. މީނަ ބާއްވަންވީ އަތާ ފަޔާ ބަނދެފައެއްނު.
ދަންޖެހެން ވާގަނޑު ހޯދީ ކޮންތާކުން؟؟؟؟
01 September 2024
ދަންޖެހެން ވާގަނޑު ހޯދީ ކޮންތާކުން؟ ބެޑްޝީޓުން ވެސް ދަންޖެހެވިދާނެ އެވެ. އެކަމަކު އޭނަހުރި ގޮޅީގައި ބެޑްޝީޓް އެޅުވޭގޮތަށް ތަނެއް ހުރިހެއްޔެވެ؟
1828
02 September 2024
ހުރެގެން ނުވާނެއެވެ.
ޝިފާނުނު
01 September 2024
ހިނގައިނުގަނެވޭ ވަރަށް ހާލު ދެރަ ވެގެން އޭނާ ބަންދުކުރީވެސް ކޯޓަށް ނުގެންގޮސް ކަމަށް އޮތީ. އެވަރުވެފަ ހުރި މީހާ އަމިއްލައަށް މަރުވާން އުޅެވޭތަ. އައި ސްމެލް ސަމްތިންގއ ފިޝީ