އަތުހަރު.
02 ސެޕްޓެމްބަރ 2024 - 13:37
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާދަމް އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނު ކޮށްގެން އުޅުނު އިރު، އެންމެންގެ ސަމާލުކަން ހުރީ އަންހެން މީހާގެ ކަރުގައި އަތުހަރު ޖައްސައިގެން އިން ވަޅިއަށެވެ. އަތުހަރުގެ އަމިއްލަ ކަރުގައި ވަޅިޖައްސައިގެން އުޅުނުކަން އެހާ ބޮޑަށް އޮތީ ފާހަގަ ނުވެ އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަތުހަރު އޭނާގެ ލޯބިވެރިޔާއާ އެކު ހުރި ގެއިން ނުކުމެގެން ގޮސް ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ސައިކަލަށް އަރުވަން ދާއިރު ވެސް އޭނާގެ އަނެއް އަތުން އަމިއްލަ ކަރާ ދިމާލަށް ކުޑަ ވަޅިއެއް ކަހަލަ އެއްޗެއް ދިއްކުރެ އެވެ.
އެއްވެސް މީހަކު ކައިރިވެއްޖެ ނަމަ ލޯބިވެރިޔާ މަރާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުން ގޮސް ސައިކަލްގައި އެ މީހުން މަޑުކުރާ ހިސާބުން އަތުހަރު އަނެއްކާވެސް އަމިއްލަ ކަރުގައި ވަޅިއެއް ޖައްސާތަން ވީޑިއޯއިން ފެނެ އެވެ.
އަންހެން މީހާ ސައިކަލް ދުއްވަން އިން އިރު، އަތުހަރު ފަހަތުގައި އިންނަނީ ކަނާއަތުން، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ފުލުހުންގެ ހިދުމަތާ ދާދި ފަހުން ގުޅުނު އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން އަތުހަރަށް ހަމަލާ ދިނުމުގެ ސިކުންތުކޮޅެއް ކުރިން އަތުހަރު އަނެއް އަތުން އަނެއްކާވެސް އަމިއްލަ ކަރުގައި ވަޅި ޖައްސައިގެން އިނދެ އެވެ.
ރަހީނުކުރި ހާދިސާ: އަންހެންމީހާ ކަރުގައި އަތުހަރު ވަޅި ޖައްސައި ރަހީނުކޮށްގެން ހުރިއިރު އެހެން ވަޅިއެއް އަމިއްލަ ކަރުގައި ޖައްސައިގެން ހުރި މަންޒަރު ވީޑިއޯ އިން ފެނޭ. އޭނާ ޖަލުގައި އަމިއްލައަށް މަރުވާން އުޅުމުން މިހާރު އަންނަނީ އައިސީޔޫގައި ފަރުވާދެމުން. pic.twitter.com/a7U7otugDC
— Mihaaru (@Mihaarunews) September 2, 2024
އަންހެން މީހާ ސަލާމަތްކުރުމަށް އެ ތަނަށް ދިޔަ ފުލުހަކު އަތުހަރުގެ ބޮލުގައި މުގުރުން ޖެހި ވަގުތު އަތް ވިއްސައިގެން ދާއިރު، އަތުހަރު އަތުގައި އޮތް ވަޅި ވެސް ފެނެ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުނު ފުލުހަކަސް ވެސް ވަޅިން ޒަހަމްތަކެއް ވެފައި ވާއިރު މިއީ އަތުހަރު އަމިއްލަ ކަރުގައި ޖެއްސި ވަޅިން ވެފައިވާ އަނިޔާ ކަމަށް ބެލެވެ އެވެ.
އަންހެން މީހާ ސަލާމަތްކުރަން އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމުން، އޭނާ ސައިކަލާ އެކު ވެއްޓެން ދަމުން އަންހެން މީހާގެ ކަރުގައި ވަޅި އަޅަން މަސައްކަތްކުރާ ކަހަލަ ގޮތަކަށް ވީޑިއޯއިން ފެނެ އެވެ. އޭނާ ވެއްޓުމުގެ ކުރިން ދެތިން ފަހަރު މުގުރުން ޖަހަ އެވެ.
އަންހެން މީހާ ސަލާމަތްކުރަން އަތުހަރަށް ފުލުހުން ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުއްޓާ އިއްޔެ ވަނީ އަމިއްލަ މަރުވާން މަސައްކަތްކޮށްފަ އެވެ.
އަތުހަރު ޑޮކްޓަރަށް ދައްކައި ހަދާފައިވާ ޓެސްޓްތަކާއި ސީޓީ ސްކޭނުން ވެސް ނަތީޖާ ނޯމަލް ކަމަށާއި އަދި ނަފްސާނީ ޑޮކްޓަރާއި ނާރުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
އަތުހަރު ދަންޖެހުނީ ކިހިނެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު ދަންޖެހިފައި ހުއްޓާ ފެނުނީ ޖަލުގެ ކެމެރާތައް މޮނިޓަކުރަނިކޮށް، ރޭގެ އިރާކޮޅު 7:02 ގައި ކަމަށް، ފުލުހުން އާންމުކުރި ޓައިމްލައިންގައި ވެ އެވެ. އެކަމަކު، އޭނާ ސަލާމަތުން ހުއްޓާ އެންމެ ފަހުން ފެނުނީ ކިހާ އިރަކު ކަމެއް ނުބުނެ އެވެ.
ދަންޖެހުމުން ހާލު ބޮޑުވެ މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. ހާލު ސީރިއަސްކަމުން އޮތީ ވެންޓިލޭޓަރު ގުޅައިފަ އެވެ.
އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ، މާލޭގައި އެ މީހުން އެކުގައި ދިރިއުޅެމުންދިޔަ ގޭގެ ކުލީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމުންނެވެ. އޭނާގެ ލޯބިވެރިޔާއަކީ ޕޮލިސް ރެކްރޫޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިވިން
03 September 2024
މިކަމާ ގުޅިގެން އެކި ނޫސް ތަކުގައި ހުރި ޚަބަރުތަކަށް ބަލާއިރު ރަހީނު ކުރެވުނު އަންހެނާ އަކީ އަހުތަރުގެ ލޯބިވެރިޔާކަން ދޭހަވޭ. ޢަދި މިދެމީހުން ދިރިއުޅެނީ ވަކީން ތަނެއް ކުއްޔަށް ހިފާގެންކަންވެސް ދޭހަވޭ. ސުވާލަކީ މީ ކުށެއް ނޫންބާއޭ. ޙާއްސަކޮށް ފުލުހަކު ކުށުގެ ރެކޯޑު އޮތް ފަރާތަކާއި އެކު މިފަދަ ގޮތަކަށް އުޅުން މީ އެފުލުސް މީހާގެ ހުވަޔާ ހިލާފު ވާނެ ކަމެއް ނޫންބާޢޭ
ނަފްސާނީ
02 September 2024
އަމިއްލަ ކަރުގަ ވަޅި ޖައްސާ އަނެއްމީހާގެ ކަރުގަ ވަޅިޖައްސާ ގަދަކަމުން ލޯބިވެރިޔާ ސައިކަލަށް ލައިގެން ދިއައިމަވެސް އެއްވެސް ނަފްސާނީ މައްސަލައެއް ނެތޯ. ދެން ކިހިނެތްބާ މިގައުމުގަ ބަލާ ނަފްސާނީ ޑރންނަށް އިތުބާރުކުރެވޭނީ. ނާރުގެ ޑރއަށް ދެއްކީ ވަޅި ހިފައިގެން ހުރި އިރު އަތްތުރުތުރު ނާޅާތީބާ؟
ކަޅު ހުއްތު
03 September 2024
ވަޅި ހިފައިގެން ނޫނީ އެހެން ގޮތަކުންވެސް މީހުންނައް ބިރުދައްކާ މަރާލާނެކަމައް އިންޒާރުދީ، ރަހީނުކޮއް، އަދި މީހުން މަރާ އެކަންއެކުރާ ކޮންމެ ކޮންމެ މީހަކީ ނަފްސާނީ ބަލި މީހެއްނޫން. ދެން އެކަން ގަބޫލު ނުކުރަންޔާ ނުކޮއްހުރޭ
ޙުސްހް
02 September 2024
އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ، މާލޭގައި އެ މީހުން އެކުގައި ދިރިއުޅެމުންދިޔަ ގޭގެ ކުލީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމުންނެވެ. އޭނާގެ ލޯބިވެރިޔާއަކީ ޕޮލިސް ރެކްރޫޓެކެވެ. ޕޮލިސް އްންހެން މީހާ އޭނަގެ ހުވަޔާ ހިލާފް ޥެއްޖެ. ޕޮލިސް ވަޒީފައިން ވަކިކޮށް ފިޔަވަޅު އަޅަން ޖެހޭ
ރެޑް ފްލޭގް
02 September 2024
ޕޮލިސް ރެކްރޫޓިންނަށް ސެލްފް ޑިފެންސް ދަސްކޮށް ނުދެނީތަ ޓުރޭނިންގައި؟ އަދި ގެވެށި އަނިޔާ ކުރާ މީހުންނާ އެކު އުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަމާ އެކަމުން އަވަހަށް ކުރީކޮޅު ސަލާމަތް ވާނެ ގޮތް ޓްރޭނިންގައި ނުކިޔާދޭތަ؟ ފުލުހުން ސަލާމަތުން ތިބެގެން ދޯ ގެވެށި އަނިޔާވެސް ހުއްޓުވޭނީ.
ގުދު ގުދު ދިދަޔާ
02 September 2024
އަހްލާގު ދަސްކޮއްދޭންވީ، ހިލޭ ފިރިހެނުންނާ އަންހެނުން އެއްތަނެއްގަ އުޅެންތަ ދަސްކޮއްދޭންވީ؟ ސެލްފު ޑިފެންސު ވެގެން ފުލުހުން ވެސް އުޅެނީ ކއްވެރިންއާއެއްކޮ އެއްދާން ކުރެވޭތޯ.
ކއަހު
02 September 2024
ޚަލޯ ލޯތްބަކީ ލޯކަނު ބަގީޗާއެކޭ
ވަހީދުބެ
02 September 2024
އަންހެނަކު ދިރިއުޅޭ ގޭގެ ކުލި ދެއްކުމަށް ފިރިހެނަކަށް މަޖުބޫރުކޮށް ޒުވާބު ކުރެވޭނެ އެއްވެސް އުސޫލެއް ހަމައެއް އޮންނާނެތޯ؟ ޖަލު ބަންދުގައި ހުރުމާއި ކުށުގެ ރިކޯޑު އޮތުމުގެ ސަބަބުން ވަޒީފާއެއް ހޯދަން އުނދަގޫވާނެކަން އެނގި ހުރެ، މީހާގެ ބުއްދި ފިލާދާވަރަށް ޒުވާބު ކުރުމުގެ ހައްގު އަންހެނަކަށް ލިބިދާނެތޯ؟
ޥާލުސޮރު
02 September 2024
ގެނައި ޓޭޒާތަށް ފެންނަ ނެތަތީ އަޙުތަރަށް ބައިނަލް އަގުވާމީ އެވޯޑެއް ދޭންވީ
އަމްޖަދު ހާން (ގައްބަރޭ)
02 September 2024
ތިސޮރު ތިހުރީ ސޫރިޔާއަށް ޖިހާދަށް ފޮނުވާން ފައްކާވެފާ.
ބަލާވެރިކަމެއް
02 September 2024
އަތުހަރު. އަތުހަރު. ހުސް އަތުހަރު. ދެމީހަކު ޖަހުނަސް އަހުތަރު. ޖެހޭ ވައިރޯޅިންވެސް އަތުހަރު. އައިސީޔޫވެސް އަތުހަރު. ހުރިހާ ނޫސް ފުރާ އަތުހަރު. އެނޫން ވާހަކައެއް ނެތް.
ސަކަރާތް
02 September 2024
ކޮބާތާ ގެނައިހާ ޓޭޒާ، މިހާލަތުގައި ކީއްވެ އޭތީ ބޭނުން ނުކުރީ؟ އަނެއްކާ އެއީ ފުލޯކު ވާހަކައެއްބާ! ދޮގުހަދާވަރުންވެސް އެކައްޗެއްވެސް ގަބޫލު ނުކުރެވޭހިސާބުގައި ގައުމުގެ ހާލަތު އޮތީ!
އަތް
02 September 2024
މި މީހުން ޕަރޕެޓްރޭޓަރގެ ހައްގުގަ. ވިކްޓިމްއާ މެދު ވިސްނާ މީހެއްނެތް ދޯ. ޓްރޯމާ ކޮބާ? ޕޮލިސް މީހާއަށް މެޑަލްއެއް ދޭންވީ ފޯރ ބީން ކުއިކް އޮން ހިސް ފީޓް. ކުއްވެރިންގެ ހައްގު ނޫންކަމެއް ނޯވޭ hurihaa ކަމެއް ސިޔާސީ މުޖްތަމައު މި ހާލަތައް ގެ ންދާ މީހުންގެ ހިމާޔަތުގަ އެންމެން ކުއްވެރިންނަށް ދެންވީ ކެންޑީތަ އަދިވެސް
އަހުމަދު އަތީގު
04 September 2024
އިނގިރޭސިއެއް ދިވެހި ދަސް ކޮށްގެން ތަ?