މާލޭ މަގުމަތީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު: އޭނާއަކީ އަދަބު ލުއިކޮށް ދޫކޮށްލާފައި ހުރި މީހެއް
02 ސެޕްޓެމްބަރ 2024 - 11:24
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ޖަލު ގޮޅިތަކުގެ ކެމެރާ މޮނިޓަ ކުރަމުން ދަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި އަތުހަރު މަރުވާން މަސައްކަތްކުރުމުން ހާލު ބޮޑުވެ، މިހާރު ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. ހާލު ސީރިއަސްކަމުން އޮތީ ވެންޓިލޭޓަރު ގުޅާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރު އޮއްސި 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.
އޭގެ އަށް މިނެޓް ފަހުން 7:14 ވީއިރު އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެ އެވެ.
ފުލުހުން އާންމުކުރި ޓައިމްލައިން
އެހެންވެ އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނެޓެވެ.
އެކަމަކު، ފުލުހުން އާންމުކުރި ޓައިމްލައިންގައި، އަތުހަރު އެންމެ ފަހުން ސަލާމަތުން ހުއްޓާ ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.
އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއާ އެކު އުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކާ ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމާ އެކުގަ އެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެއް ކަމަށް ވާއިރު އޭނާ ވަނީ ފުލުހުން ދިއުމާ އެކު ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ދީފަ އެވެ.
ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އޭނާ ޖަލަށް ގެންދިޔައީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެޗްގައި ފަރުވާ ދިނުމަށް ފަހުގަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާއިން ސީރިއަސް މައްސަލައެއް ފާހަގައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީ އިހުމާލެއް
02 September 2024
ޢޭނާގެ ޙާލަތަށް ރިޢާޔަތްކުރަންޏާ އޭނާއަކީ ހައި ރިސްކް ޤައިދީއެއް. އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ފުރުޞަތު ބޮޑު. އެހެންވީމާ ހުއްޓުމެއްނެތި ފާރަވެރިވާންޖެހޭ. ކެމެރާއިން ފެންނަންދެން ތިބޭކަށް ނުޖެހޭ. ދަންޖެހިފަ ހުއްޓާ ކެމެރާއިން ފެނުމުގެ ކުރިއަށް އޭނާގެ ޙާލު ބެލީ ކޮން އިރަކު. ކުއްވެރިއާގެ ކިބައިން މީހަކު ސަލާމަތްކުރަން ބޮލުގައި ޖެހުން އޯ.ކޭ . އެކަމަކު ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނައިރު ކުއްވެރިއާއަށްވެސް ރައްކާތެރިކަން ދޭންވާނެ.
ފަރަންޖީ
02 September 2024
ވަރަށް ސަޅިވާނެ ކޮފީމޭޒުދޮޅުގަ އިނދެގެން ކޮމެންޓު ކޮށްލާއިރު.
އުދުހޭ
02 September 2024
ހުއްޓުމެއް ނެތި ފާރަލާން އައުލާކަން ބޮޑީ އޭނާ މީހަކު ކިޑްނެޕްކޮށްގެން ގުޅުނު ސަރަހައްދުގައި ދިރިއުޅޭ ގެތަކުގަ އެމީހުންގެ ސަލާމަތަށް. އާންމު ރައްޔިތުންނަށްވުރެ ކުށްވެރިން އިސްކުރާކަށް ނުޖެހޭ.
1828
02 September 2024
ފުލުހުންގެ ހުރޭ ޖަލު ގޮޅިވެސް؟
ލައިލާކުމާރާ
02 September 2024
ހޮޅި ނުހޮއްލާ ސީސީޓީވީ ފުޓޭޖު އާންމުކުރޭ!!!
ނުރަނގަޅުބެ
02 September 2024
ރަނގަޅު އެއްގޮތެއް ވެސް ނޯންނަ މީހުން. އެންމެ ފަހުން ސީސީޓީވީ ފޫޓޭޖު ދެއްކި މީހާގެ ވާހަކަ ވެސް ކަލޭމެން ސީސީޓީވީ ފޫޓޭޖް ވެސް ގަބޫލު ނުކޮށް މޮޅެތި ޅެން ފަރިހި ހަދައިގެން އެނބުރީ.
ދަންކު
02 September 2024
އަވަހޭ ދޯ ފަރުވާ ދިންލެއް. އަހަރުންވެސް ދާންވީ ދޫނިދޫ ޖަލަކަށްނު! މެޔަށް ތަދެއް އަރައިން އަމިއްލައަށް ގޮސް ސިއްހީ މަރުކަޒަށް ވަނީމަވެސް އެހެރަ ހަދާ 'ޓެސްޓެއް' ހަދާފަ ބުނަނީ ވިއްޔަ އަތޮޅު ހޮސްޕިޓަލުން އަންގަނީއޭ ކަމެއް ނެތޭ!! ގެޔަށް އައިސް އަނެއްކާ މަރުކަޒަށް އެމްބުލާންސަށް ގުޅީމަ އަންގަނީ އެޔޮތީ ހަލާކު ވެފައޭ. ދެން ވާނެ އެއްޗެއް ވެ ނިމުނީމަ އާދައިގެ މީހާއަށް ފަރުވާ މިލިބެނީ. ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރަން ތި ޖަލު ޓީމު ދާންވީނު.
އާދަނާ
02 September 2024
ތިޔަ ޓައިމްލައިން ހެދި މީހަކަށް ސަލާމް. ދަންޖެހިގެން ވެއްޓުނު މީހަކު ނަގައި ނޭވާލާތޯ ބަލައި، ހޭހަންކުރަން ވެސް 5 ވަރަކަށް މިނިޓް ގޮސްދާނެ. އެކަމަކު ތިޔަ ބުނަނީ އެވަރު ސީރިއަސް މީހަކު ބަލަން ވެސް ޑޮކްޓަރު ނެގީ ފަޅި ސިކުންތެކޭ!
ސަލީމު އިދުރީސް
02 September 2024
ތިވާހަކަ ތިވެހިން ގަބޫލު ކުރާނެ ރަނަމާރި ވާހަކަވެސް މިތިބީ ގަބޫލު ކޮއްގެން! ދަނޖެހިގެން މަރުވަން ނަގާނީ ކިތައް ސިކުންތޯ އަދި ޖަލުތެރޭގަ ދަންޖެހޭނެ ސާމާނު ހުރީތޯ ކުޑަމިނުން އޭނަ ދައްޖެހުނީ ކޮންޗެއް ބޭނުކޮއްގެން ކަމެއްނޭގޭ! އެވަރައް ބޮލުގަ ލަޓި ބުރިއަކުން ވީއްލާލީމަ މީހަކު ހާލު ސީރިވެ ވެންޓިލޭޓަރު ގުޅަން ޖެހޭނެ ނަސީބު ވަގުތުން އޭނަ މަރުނުވިކަން! ފުލުހުންގެ މޮޅުކަމުން ދަންޖެހިފަ ހުރިމީހަކު ސަލާމަތް ކުރިވާހަކަ ދައްކަން ނޫންކޮންފުރެން ބާއްވާނެ
ވައިކަރަދޫއަލިބެ
02 September 2024
ތިޔަ މަންޖެ ފުލުހުންގެ ވަޒީފާގައި ބަހައްޓަން ޝަރުތު ހަމަވޭތަ؟
އަހަންމާކަލޯ
02 September 2024
މިހާރު އެ މަންޖެއާ މި އަމަލާ ކޮން ގުޅުމެއް... ކުލީގެ މައްސަލައެއްގައި މިހުރިހާ ހާދިސާއެއް ހިނގާ މިހާރު ފުރާނަ އެދަނީ އަދިވެސް ވިސްނެންވީ އެއްޗެއް ނުވިސްނާ
ޢަލާ
02 September 2024
ފުލުހުން ދައްކާ ވާހަކަ މަށެއް ގަބޫލެއް ނުކުރާނަން. ހެކި ފެނިފަ ހުރިމީހެއްގެ ހައިސިއްޔަތުން
އަލިބެ..
02 September 2024
ދޮގުހަދަން ޖެހޭވަރު ކަމެއްނޫން. ސީންގައި ލިބުނު އަނިޔާތަކާގުޅިގެން މަރުވިއްޔޭ ބުނީމަ ނިމުނީ. ޖަލޭ އެހެން ތަނެކޭ ކިޔުމުގެ ބޭނުމެއްނެތް. ކަން ހިގާ ދިޔަގޮތް އެއޮތީ ރައްޔިތުންނަށް ފެންނަން. އެފަދަ ހާލަތެއްގައި މަރުވުން އެއީ ފުލުހުން ކުއްވެރިވާނެ ކަމެއްނޫން. ދޮގުހެދުން މިސަރުކާރުގައި ޢާއްމުވެފައިވާ ވަރުން ކޮންމެ ކަމެއްގައި ދޮގާއި މަކަރު ނުހަދައި ނިންމާ ނުލެވިގެން އުޅޭހެން ހީވަނީ!
މައިކާލޯ
02 September 2024
ރަހީނުކޮށްފި. މީހެއްގެ ކަރުގައި ވަޅިޖައްސައިފި. ހައްޔަރުކޮށްފި. ދަންޖެހިއްޖެ. އައިސީޔޫގަ. ވަރުގަދަ ކުއްވެރިއެއްނުން --
ފަރަންޖީ
02 September 2024
ވެދާނެ އޭނަ ބުއްދި ހަމަ ނޫންކަމަށްވެސް.