ފ. އަތޮޅު ކައުންސިލުގެ އިދާރާ: އެ ކައުންސިލުގެ ހަރަދުގައި 20 މުވައްޒަފަކު ލަންކާއަށ ދާ ގޮތަށް ވަނީ ހަމަޖައްސާފައި.-- ފޮޓޯ: ފ. އަތޮޅު ކައުންސިލް
05 ސެޕްޓެމްބަރ 2024 - 11:10
ފ. އަތޮޅު ކައުންސިލުގެ ހަރަދުގައި އެ އިދާރާގެ 20 މުވައްޒަފަކު މި މަހު ސްރީ ލަންކާއަށް ދާ ގޮތަށް ހަމަޖައްސައިފި އެވެ.
އެނގިފައިވާ ގޮތުގައި، ކައުންސިލްގެ ބަޖެޓުން 150،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރާ މި ދަތުރަކީ ތަޖުރިބާ ހޯދުމާއި ޗުއްޓީގެ ދަތުރެކެވެ. އަދި މި ދަތުރުގައި 35 މުވައްޒަފުން ތިބޭ އެ ކައުންސިލްގެ 20 މުވައްޒަފަކު ބައިވެރިވާކަން ވެސް ވަނީ އެނގިފަ އެވެ.
އެންމެ ހިންގުންތެރި ކައުންސިލްތަކަށް ދޭ ވަނަތައް ވެސް އެކި އަހަރު މަތިން ހޯދާފައިވާ ފ. އަތޮޅު ކައުންސިލްގެ މި ދަތުރާ ގުޅޭ ތަފްސީލު ހޯދަން ފ. އަތޮޅު ކައުންސިލްގެ ރައީސަށް އެކި ފަހަރު މަތިން "މިހާރު" އިން ގުޅުމުން ވެސް ޖަވާބު ލިބޭ ގޮތެއް އަދި ނުވެ އެވެ.
ފ. އަތޮޅު ކައުންސިލްގެ އިތުރުން އެ އަތޮޅު މަގޫދޫ ކައުންސިލްގެ މުވައްޒަފުންތަކެއް ވެސް ތަޖުރިބާ ދަތުރެއްގައި މި މަހު ލަންކާއަށް ދާ ގޮތަށް ހަމަޖައްސާފައިވާކަން ވަނީ އެނގިފަ އެވެ.
އެކަމަކު އެ ރަށު ކައުންސިލުން ބުނި ގޮތުގައި، އެ ދަތުރަކީ ކައުންސިލުން ދުބާއީގެ ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ކުންފުނިން ފަންޑުކޮށްގެން ލަންކާއަށް ކުރާ ތަޖުރިބާގެ ދަތުރެކެވެ. ކައުންސިލްގެ ބަޖެޓުން އެ ދަތުރަށް އެއްވެސް ރުފިޔާއެއް ހަރަދެއް ނުކުރެ އެވެ.
ކައުންސިލްތަކުން މި ދަތުރުތައް ރާވާފައި ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ކައުންސިލްތަކުން ވެސް ހަރަދުތައް ކުޑަކުރުމަށްޓަކައި ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މި ވަގުތަށް މަޑުޖައްސާލަން ސަރުކާރުން މިދިޔަ ޖުލައި މަހު އަންގާފައި ވަނިކޮށެވެ.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން އެންގިއިރު، ބައެއް އަތޮޅު ކައުންސިލްތަކުން ޔޫއޭއީ އާއި ތުރުކީ އާއި ތައިލެންޑު ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ކުރިން ވިދާޅުވެފައިވެ އެވެ.
ފ. އަތޮޅު ކައުންސިލުން 2022 ވަނަ އަހަރު ވަނީ އެލްޖީއޭގެ ޕާފޯމަންސް އިންޑެކްސް އިން އަތޮޅު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިފަ އެވެ. އަދި ވަކިވަކި އިންޑެކްސްތަކުގެ ތެރެއިން އިފެކްޓިވްނަސް އިންޑެކްސް އާއި ސެކިއުރިޓީ އިންޑެކްސް އިން ވެސް އެއްވަނަ ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމާލް
06 September 2024
އަސްތާ މުޅި ކައުންސިލް އެއްކޮށްތަ ޗުއްޓީ ހަދާލަން މިކަނޑާލީ. ނޫނޭ ވާ ސަޅި އިޤްތިސޯދު އިނދެޖެހިފަ އޮތް އިރު ބަޖެޓުން މި ޚަރަދު ކޮށްލީ ޗުއްޓީ ހަދާލަން. ދެން ކޮން ބައެއް ކައިންސިލް ހިންގަންތިބީ. ނޫރެލިޔާ ތަންތަނަށް ގޮސް ސެލްފީ ކަނޑާފަ ސޯޝަލް މީޑިއާ އަށް ދޫކޮށްލައްޗޭ
އައްޓަމަސް
05 September 2024
ރައީސާ ނައިބު ރައީސް ކުރާ ކޮންމެ ދަތުރެއް މިލިއަނުން މަތީގަ އުޅޭއިރު މިކަމަކީ ބޮޑުކަމެއްކަމަށް ހަދަން ނޫޅެމާ!
ޒާލިމް
06 September 2024
ތީ އެފެންވަރުގެ ބައެއްތަ.
ރަގަޅުގޮތް
05 September 2024
ފ. އަތޮޅު ކައުންސިލްގެ ޚަރަދުގައި 20 މުވައްޒަފެއް ލަންކާއަށް.
ޑާޑާ
05 September 2024
ތަޖުރިބާ ހޯދުމަށާއި ޗުއްޓީއަށް ޔޫރަޕް ގައުމުތަކައް ދާންޖެހެއި ! އެމީހުން ކަންކުރާގޮތް ދަސްކުރަންވީ !!
މިސްކާނުގެ
05 September 2024
10 މިލިޔަންގެ ގޯތި މާލެ އުފަން ބޭފުޅުންނަށް ހިލޭ! ޢޭތި ވަރަށް ސަލި. ރޓ 20 މީހުން ލަންކާއަށް ސަރުކާރު ހަރަދުގަ ދިޔުން އެެއީ ވަރަށް ގޯސް.
ޗުއްޓީ ހޭދަކުރަން ސަރުކާރުގެ ފައިސާ ޚަރަދު ނުކުރާށޯ
05 September 2024
އެކަމަކުވާ!
ކުމްބާޔާ
05 September 2024
ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް ލިބެންޖެހޭ އެކްސްޕޯޝަރ ލިބިގެން އެމީހުން ވެސް ކުރިއަރާނީ. ރަށެއްގެ ބަޔަކު މިކަހަލަ ކަމެއް ކުރަން އުޅެންޏާ ވަރަށް އަސަރުކުރާނެ މާލޭގަ އުޅޭ މީހުންނަށް.
އައިމިނާ
05 September 2024
މާތްކަލާކޯ. ރަށުރައްޔިތުންނަށްވުރެ ކއުންސިލްގެ މުއައްޒަފުން ގިނައޭ ދޮގުހަދާމީހަކު ބުނާނީ. މިއީ ސަރުކާރުގެ އެދުމާ އެއްގޮތަށް ޚަރަދުކުޑަކުރަނީ ދެއްތޮ.
މައިތިރި
05 September 2024
ތިރަށު ފިރިހެނުން ތިތިބީ އެސްފިންނާޖެހިފައި. ރަގަޅު ތަވީދު ކޮޅެއް އަޅުވާލަބަ ހެޔޮވިސްނޭތޯ ބަލަން.
ބޮނޑި
05 September 2024
ކައުންސިލަށް ބޭނުންވަނީ ރައީސަކާ ނައިބު ރައީސެއް. ދެން ރަށު ސްކޫލް ޕްރިންސިޕަލާ ހެލްތު ސެންޓަރުގެ ވެރިޔާއާ އިމާމު މަޝްވަރާ ބައްދަލުވުންތަކުގަ ބައިވެރިވާ ގޮތަށް އެލަވަންސް ދިނީމަ ހުންނާނީ ރަނގަޅަށް. ފަސް ހަ މީހުން ލައިގެން މަސައްކަތް ނުކޮށް މުސާރަ ނަގައިގެން ނުވިތާކަށް ބަޖެޓުވެސް ހުސްކޮށްލަނީ އަމިއްލަ ފައިދާއަށް.