ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ފަރުވާ ދެނީ

07 ސެޕްޓެމްބަރ 2024 - 09:09

54 comments

ހުޅުމާލެ 2 ގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ހެނދުނު 6:50 ގައި ހުޅުމާލެ 2 ގައި ދުއްވި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމަށެވެ.

ސައިކަލް ދުއްވަން އިން މީހާ އަށް ސީރިޔަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ކޮންޓްރޯލުން ނައްޓައިގެން ގޮސް ފާރަކަށް އަރައިފަ އެވެ. އޭނާގެ ބޯ ފާރުގައި ޖެހި، ފާރާއި ބިންމަތީގައި ލޭ ހުއްޓެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ވެސް ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު ވަނީ ނިޔާވެފަ އެވެ. އަދި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއްވި އެވެ. މި ދެ މައްސަލާގައި ހިމެނޭ ދެ ޑްރައިވަރުން ވެސް ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހު، 23 އެވެ. އެ އެކްސިޑެންޓުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ. ކާރު ދުއްވަން އިން ވިސާމްގެ އަތުގައި ލައިސަންސެއް ނެތް ކަމަށް ފުލުހުން ރޭ ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވަގުތުން ފިޔަވަޅުތަކެއް އަޅުއްވައި އެކަން އިއުލާން ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި، ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުން ހިމެނެ އެވެ.

އެ މަނިކުފާނު ދެން އެޅުއްވި ފިޔަވަޅުތަކަކީ:

1- ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ ވެހިކަލްތައް ވަގުތުން ހުއްޓުވައި، ވެހިކަލް ދުއްވި މީހާގެ ލައިންސަންސާއި އެ ވެހިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން.

2- ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ ވެހިކަލްތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދު އިސްލާހު ކުރުން.

3- ސައިލެންސަރު ބަދަލު ކޮށްގެން، އަޑުގަދަ ކުރަމުން ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް މަނާކުރަން ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.

4- ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް، ތަންފީޒު ކުރުމަށް އެޗްޑީސީ އަށް ފުލުހުން ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސް ކުރުން. ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.

5- ގްރެޖުއޭޓިން ލައިސަންސް ސިސްޓަމެއް ތައާރަފު ކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ މީހުންގެ ލައިންސަންސުން ޕޮއިންޓް ކަނޑަން ފެށުން.

6- މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރަން ފުލުހުން ކުރާ މަސައްކަތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާ ކުރުން.

7- މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާ އެކު، ބޭނުން ކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް، ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގާނޫނާއި ގަވާއިދު އިސްލާހު ކުރުން.

54 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 43%
icon angry icon angry 24%
icon wow icon wow 19%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަފިއްޔާ

08 September 2024

އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބައެއް ނުކުޅެދޭ މީހުންނަށްވެ އެތައް ކުދިންނެއް ޔަތީމުވެ އެތައް އާއިލާއެއް ނިކަމެތި ވީ ފަހުން ނަމަވެސް ތިޔަ ފިޔަވަޅުތައް އަޅަން ނިންމި ނިންމުމަށް ޝުކުރު ދަންނަވަން. އެކަހަލަ ކަމެއްގެ ވޭން އުމުރަށް އަޅަން ޖެހިފައިވާ ދިވެހި ފަރުދެއްގެ ހައިސިއްޔަތުން.

The name is already taken The name is available. Register?

ހެލްމެޓޯ

08 September 2024

މިހުރިހާ ފިޔަވަޅު އަޅަން ގަސްދުކުތިއިރުވެސް ސައިކަލްދުއްވާއިރު ހެލްމެޓު އަޅަން މަޖުބޫރު ކުރަން ގަވާއިދެއް ނަހަދާތަ؟ އެއަޅަނީ ހަމައެކަނި ބުރިޖުގަޔޯ، އެކުސިޑެންޓުވަނީ ހަމައެކަނި ބުރިޖު މަތީގަޔޯ!!!

The name is already taken The name is available. Register?

ޔާންޓެ

08 September 2024

މާލެ ތޮއްޖެއްސުން ހުއްޓުވަން އެބަޖެހޭ މާލެ ކާރީގައި ތިބިހާ ފަޅުތަކާއި ގިރިތަކާއި ހިއްކާގެން ހުރިހާ ދިވެހިން މިތަނަށް އަންނަން މަޖުބޫރުވީމަ ވާނީ މިހެން

The name is already taken The name is available. Register?

ހގގ

07 September 2024

އަދިވެސް އުސްޢިމާރާތްތައް އިތުރުކޮށް މީހުން ތޮއްޖައްސައި ހަމައެއް ލަމައެއްނެތި ހިތުހުރިގޮތަކަށްއުޅެން ޅަދުވަހުއްސުރެއާދަވެފަތިބި ތަފާތުޖަމާޢަތްތައްގެނެސް ތިތަނަށްޖަމާކުރޭ. ތިކަންއިތުރުވާނެ.

The name is already taken The name is available. Register?

ހަސަންދި

07 September 2024

މާލޭގައި ދުއްވާ ބައިސްކަލް ދުއްވުން ވަގުތުން ވަގުތަށް ހުޓުވުން ، މާލޭގެ މަގުތަށް 2 ބުރިޔަށް ނެގޭނެ ގޮތަށް ހަދަންވީ. ތިރިން ދުއްވޭނީ 2 ފުރޮޅުލީ އުޅަނދު ، މަތީބައިގަ 4 ފުރޮޅުލީ އުޅަނދާއި ބަސް ދުއްވޭ ގޮތް ހަދަނވީ.

The name is already taken The name is available. Register?

ދައިގަންނަގުރާ

07 September 2024

މި ލިސްޓަށް މި ކަންކަންވެސް އިތުރު ކޮށްބަ: ... 8) މީހުންގެ އެތެރެ ހައްޓަށް އަލި އެޅޭގޮތަށް ފޮގް ލައިޓާއި ހައިބީމް ޖައްސައިގެން ދުއްވާ މީހުން ހުއްޓުވާ މަގުގެ ރައްކާތެރިކަން ގެއްލޭގޮތަށް ޢަމަލު ކުރާ މީހުންނާމެދު އޮންނަ ފިޔަވަޅު އެޅުން 9) އެކްސިޑެންޓެއްގައި އިހުމާލުވާ މީހާގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެމީހާ އަށް 'މޭންސްލޯޓާ' ގެ ދަޢުވާ ދައުލަތުން އުފުލުން. އަދި ޢުމުރަށް ޖަލަށްލުން. އަދި މީހަކަށް ލިބޭ ދާއިމީ ގެއްލުމުގެ ބަދަލު ދިނުން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 September 2024

ހަމައެކަނި ޓެރެފިކް ޤާނޫނާއި ޤަވާއިދު ބަދަލުކޮށް އިސްލާޙްކޮށްގެން ކ.މާލޭގެ ޓްރެފިކް މައްސަލަ ހައްލު ނުކުރެވޭނެ. # އާންމު މީހާއަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކޮށްގެން އޭނާ ކުރާންޖެހޭ މުހިންމު ކަންކަން ކުރެވޭނެ އިންތިޒާމް ތަކެއް ރޭވުންވެސް މުހިންމު. # މިގޮތުން ތިރަށު އަޙްމަދީ ބާޒާރު ފިހާރަތައް، ސަރުކާރު އޮފީސްތައް ހުރިހާ ސެކަންޑްރީ ސްކޫލްތައް ހުޅުމާލެއަށް ބަދަލު ކޮށްލިޔަސް (ބަސް ދުވާ މަގުތަކަށް) ތިކަމަށް ކޮންމެވެސްވަރެއްގެ ލުއެއްލިބޭނެކަން ޔަޤީން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 September 2024

މަތީގައިދެންނެވި މަސައްކަތް ފަށައިގަތުމުގެގޮތުން އެންމެފުރަތަމަ ކުރާންޖެހޭމަސައްކަތަކީ މާލޭ ހޯލްސޭލް ބާޒާރުގައިހުރި ފިހާރަތަކުގެ އަދަދަށްވުރެން 2 ގުނަ އިތުރަށް ހުޅުމާލެ ފެރީސަރަޙައްދުގައި ހޯލްސޭލް ފިހާރަހަދާފައި އަހްމަދީ ބާޒާރުގައި ވިޔަފާރިކުރަން ހުއްދަދީފައިވާ ފަރާތްތަކަށް (އިމާރާތުގެ ވެރިމީހާ އަކަށްނޫން. ވިޔަފާރި ވެރިޔާއަށް) އިސްކަންދީގެން އެ ފިހާރަތަށް 50 އަހަރަށް އެމީސް މީހުނަށް ކުއްޔަށްދީފައި ހޯލްސޭލް ބާޒާރު ހުޅުމާލެއަށް ބަދަލުކުރުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 September 2024

ބާޒާރުމަތީ ހޯލްސޭލް ފިހާރަ ހުޅުމާލެއަށް ބަދަލުކުރުމާއިއެކުގައި މާލޭ ލޯކަލް މާރުކޭޓްވެސް ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޕްލޭން މުޅިން ބަދަލުކޮށް ރީސްޓްރަކްޗަރ ކޮށް މާލޭގެ މަގުމަތީގައި 4 ފުރޮޅުލީ ވެހިކަލްތައް ދުވާލުގެ އެއްވެސް ވަގުތެއްގައި އެއްވެސް މަގެއްގައި ޕާކު ނުކުރެވޭގޮތް ހަދާފައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ކާރު ޕިކަޕް ސައިކަލް މާލޭގައި ނުދުއްވޭ ގޮތަށާއި އެފަދަ އެއްވެސް އުޅަނދަކަށް ބުރިޖް ހުރަސްކޮށް މާލެއަށް ނާދެވޭގޮތް ހެދިދާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 September 2024

މިކަމްކުރުމަށް އެޗްޑީސީއަށް ހުށަހަޅައިގެން މިދެންނެވި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށްޓަކާ ފުރަތަމަކަމަކަށް ބާޒާރު މަތީގައިހުރި އަތޮޅު ފިހާރަތަކާއި، ޗާނދަނީމަގާއި މާލޭގެ އެހެންސަރަޙައްދުތަކުގައި ހުރި ސަރުކާރުގެ ފިހާރަތައް (ކުރެސެންޓް ފިހާރަތައް) ހުޅުމާލެ ބަނދަރު ސަރަޙައްދަށް ބަދަލުކޮށް އިމާރާތްކުރުމުގެ މަސައްކަތް 2025 ގައި ފަށައި ގަތުމަށްޓަކާ މިދެންނެވިބިންތައް އެޗްޑީސީއާއި ޙަވާލުކޮށް ހުޅުމާލެކޮޅުން ލިބެންޖެހޭ ބިން ވަކިކުރުމުގެކަންކަން ކުރަންޖެހޭ.

The name is already taken The name is available. Register?

ދެކުނު ބަޢާވާތް

07 September 2024

ވަރަށް ރަނގަޅު ޕްއިންޓް ތަކެއް ތިޔަ ފާހަގަ ކުރީ. އެކަމަކު ތިޔައިން އެއްވެސް ކަމެއް އެޗްޑީސީ އާއި ހަވާލުކޮށްގެން ނުކުރެވޭނެ. މަ ހީކުރީ އިބުރާހީމު ބޭލުނީމަ އެތަން ފުކެއް ރަނަގަޅުވާނެކަމަށް. އިތުރަށް ގޯސްވީ. މީގެ ހެއްކެއް އިބުރާހިމު މަގުމެދުން ދީފަ ހުރި ގޯތިތަކަށް ޖާގަދޭންވެގެން މާސްޓަރޕްލޭން ނަގާ އެއްލާލައި މަގު ބަދަލުކޮށް މުޅިތަން ހަރާބުކޮށްފި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454