ހުޅުމާލޭގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު މިރޭ ހަރަކާތްތެރިވަނީ: އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި --- ފޮޓޯ/ޕޮލިސް
08 ސެޕްޓެމްބަރ 2024 - 22:03
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް ނިކުމެ، ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓްތައް ހަދައި ވެހިކަލްތައް ފާސްކުރަމުން އަންނަ ކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
"އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރައްވާ." ސޯޝަލް މީޑިއާ ޕޯސްޓުގައި އެދިފައިވެ އެވެ.
ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށިއިރު، މި ދުވަސްވަރު މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު މަރުވެފައިވެ އެވެ. އަދި މިރޭ ވެސް ދެ ސައިކަލެއް ޖެހި، ތިން މީހަކަށް އަނިޔާވެފައިވެ އެވެ.
ހަމައެއާއެކު، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ފުލުހުން ގެންދަނީ ކުރަމުން.
— Maldives Police (@PoliceMv) September 8, 2024
2/3 pic.twitter.com/5EGMKMSrN3
ފުލުހުންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 1،900 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ރާއްޖޭގައި ހިނގާފައިވަނީ 1،476 އެކްސިޑެންޓެވެ. އޭގެ ތެރެއިން ގިނަ އެކްސިޑެންޓު މާލެ ސަރަހައްދުގައި ހިނގިއިރު 125 މީހަކަށް އަނިޔާވެ، ފަސް މީހަކު މަރުވި އެވެ.
މި އަހަރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 300 އަށް ވުރެ ގިނަ އެކްސިޑެންޓެއް ރާއްޖޭގައި ހިނގި އެވެ. އެހެން މަސްތަކުގައި އެވްރެޖްކޮށް 200 އަށް ވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޔޮޅުބެ
09 September 2024
ވެހިކަލްތައް ފާސްކޮށްގެން އެކްސިޑެންޓް މަދުކުރެވިދާނެ ގޮތެއް އުޅެއުޅެވެސް ނުވިސްނިގެން މިއުޅެނީ. ތިޔަ ޗެކް ޕޮއިންޓްތަކުންވެސް ފާސްކޮށް ބަލަނީ ތަންކޮޅެއް ރަަގަޅުހެން ހީވާ، ވެހިކަލްގަ ހުރިހާ އެއްޗެއް ހަމަވާނެހެން ހީވާ މީހުން، ތީގެ އަސްލު ބަލަންޖެހޭ މީހުން، ބާރަށް ދުއްވާ މީހުން ހުއްޓުވާކަށް ނުކެރޭ. ރައްޔިތުންގެ ލޮލުގައި އަދުންއަޅުވަން ކޮންމެވެސް ހެޑްލައިނެއް ހަދާލަނީ އަބަދުވެސް
ވެންގަބޯ
09 September 2024
އަދިކިރިޔާ ދިވެހި ފުލުހުންނަށް ހާ ގޮވާ އަޑަށް ތިހޭލެވުނީ މީ އަހަރެން ވަރަށް ބޭނުންވިކަމެއް މި ބުނީ ފުލުހުން 24 ފުލުހުން ޓްރެފިކް ބަލަހައްޓަން މަގުތަކަށް ނެރުން މިމީހުން ފެންނަނީވެސް އެކްސިޑެންޓް ވެގެން ގުޅާފައި ބުނީމާ ކިހާދުވަހެއްގެ ކަމެއްބާމީ ދާއިމީކޮށް މިކަން ކޮއްފިނަމަ މިކަމުގެ ސަބަބުން ހެޔޮނަތީޖާ ފެނިގެން ދާނެއެވެ މިކަން ދާއިމީކޮށް ކުރިއަށް ގެންދިއުން އެދެން މިހާރުވެސް މަގުތައް އަމާން ކަމައްފެނޭ މިކަން ހިފަހައްލާ އޭރުން މުޑިއެރުން މަދުވާނެ
ތުއްތީދިހަސަން
09 September 2024
ފުލުހުންނަށް މިކަން ވާނެ. ތިކުރާމަސައްކަތް ބުރަވާނެ. އަވީގަ ކޮޅަށް ތިބެ ކުރަނީ އުނދަގޫ ކަމެއްކަން ރައްޔިތުންނަށް އެނގޭ. ހުއްޓާނުލާ ކުރިޔަށް ގެންދަވާ. ކޮންމެ ގައުމެއްގަވެސް އުޅޭނެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ މީހުން.
ސްޓިންސަން
09 September 2024
ވަރަށް ރަނގަޅު. ހުއްޓާނުލާ ކުރިއަށް ގެންދިއުން އެދެން
އަހައްމަދޫ
09 September 2024
އަބަދުވެސް ދުލުހުން ތިއްބަވާބަލަ މަގުތަކުގައި މޫސުމީ ކަމަކަށް ނަހަދާ. އޭރުން މިހާރުމިއުޅޭ ގޮތަށް ހޭބަލިވެގެން ބޭނުންހާގޮތަކަށް އުޅޭކަށް ނުކެރޭނެ
މާޒީގެ ހަގީގަރް
09 September 2024
މިކަން ވާނީ ހަމަ ޖަމަލު ފޮޑިއަކަށް
ނަނާ241
09 September 2024
ކަސްޓަމް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާހަމައަށް 3 ބަރިއަށް އުޅަދު ބާއްވައިގެން ކޮންމެ ދުވަހަކު ހެދުނުން ފެށިގެން ހަވީރަށް ތިބޭއިރު ފުލުހުންގެ މީހަކު ނުފެނޭ . އަދި ކިއުބޮޑުވެގެން ބަރުގޮނު އަޅާއަޅާ އެތިބެނީ ޕޮލިސް ޢިމާރާތުން ފެށިގެން ނަސަންދުރާހަމައަށްވެސް ޕޮލިހުންނުފެނޭ. އަދި ފެނުނަސް ނުފެނޭ
ތަމެންއެމެންދޯ
09 September 2024
ރާއްޖޭގެ ޒުވާނުންނަކީ ކުޑަ ސްކިލް އެއް އެނގުނަސް އެމެންނަށް ވުރެން ބޮޑަށް ފުއްޕާފައި އުޅޭ ބަޔެކޭ މިސާލަކަށް ވޯޓަރ ޖެޓް ފްލައިންގް ކުަލިވަރު އިނގޭ ދިވެއްސެއް ނަމަ ބޮލުގެ އިސްތަށި ގަނޑު ކަކުލާއި ހަމައަށް ދިގު ކޮށްގެން ރެޑް ބުލް ފެންބޯގޮތަށް ބޮއި ނަގާނެއޭ މިފަދަ ގަމާރު ޒުވާނުން ގިނަ މުޖުތަމައު އެއްގައި ވެހިކަލް ދުއްވަން ޖެހޭނީ އައިއޯޓީ ބޭސްޑް ސްޕީޑް ކޮންޓްރޯލް ސިސްޓަމް ހަރުކޮށްގެންނޭ އެއިރުން މިގަމާރުންނަށް އެއްޗެއް ވިސްނޭނީ ސަރުކާރުވެސް ގަމާރީއޭދޯ
1676
09 September 2024
މައްސަލައަކީ ދިވެހިން ރަގަޅަށް "ސްކޫލް" ކުރެވިފައި ނެތުން! ރަގަޅު ބިންގަލެއް ކުޑައިރު އެޅިފައި ނުވުން.!!! މޮޅު ފާސްތައް ނެގިއަސް މުޖްތަމަޢުއެއް ހިންގާނެ ގޮތް ތައް ވިސްނި ދަސްވެފައި ނެތުން!! ގައުމުގެ 95% އަންހެނުންގެ ހެދުން ބަދަލުވިރު ބުއްދިޔާއި އުޅުން ދިޔައީ އެހެން މިސްރާބަކަށް!! މިއަދުގެ ދިވެހި ރައްޔިތުންނަށް އެހެން ކަމުން ދިވެހިންގެ ވެރިންނަށް މުޖްތަމަޢުއެއްގައި ލޯ އެންޑް އޯޑަރ މޭންޓޭންކޮށް އަމާނާތްތެެރިކޮށް ކަންކަން ކުރާކަށް ނުދަނޭ!!
އަތްޖަހާ
09 September 2024
ފުލުހުންނަކީ އަބަދުވެސް މަގުމަތީ ތިބެން ޖެހޭ ބައެއް. އެމީހުންނަކީ އެއްވެސް އިރަކު ކޮމްޕިއުޓަރ ކުރިމަތީ ތިބެންޖެހޭ ބައެއްނޫން