ޚަބަރު / ޕޯނޮގްރަފީ

ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކައިގެން ހައްޔަރުކުރި ތިން މީހުން.

09 ސެޕްޓެމްބަރ 2024 - 09:14

33 comments

ޓެލެގްރާމްގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކައިގެން އާމްދަނީ ހޯދާ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލްތައް ހަދައިގެން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އެ ޗެނަލްތަކުގައި ޕޯސްޓުކޮށް، ވިޔަފާރިގެ އުސޫލުން މާލީ މަންފާ ހޯދަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަކީ؛

- ޒުބައިރު އަލީ، 45، އދ. މަހިބަދޫ، ބަހާރުގެ

- ނާސިފް އަލީ، 46، މާލެ، ދަފްތަރު ނަންބަރު ރސ14751

- އިސްމާއީލް ރަބީހް، 29، ކ. ކާށިދޫ، ސިލިންކޯ

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން، އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ޒުބައިރު އަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެ އެވެެ. މިދިޔަ މަހު 30 ގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

ނާސިފް އަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކުރި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. އަދި އިސްމާއިލް ރަބީހް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވެސް 15 ދުވަސް ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމްގެ ނުވަ އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ވެސް، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ،" ފުލުހުން ބުންޏެވެ.

ކުޑަކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

33 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 27%
icon angry icon angry 38%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުބުޅިބޭ

09 September 2024

ކޮބާ މިހަފުތާ މިއީ ކ މާލޭ މީހުންގެ ހަފުތާދޯ.

The name is already taken The name is available. Register?

ހަސަންބެއްޔާ

09 September 2024

ތިރީސް ހަތަރުހާސް ސަބްސްކްރައިބަރސް. ތިޔަ ހުރިހާ އެންމެންވެސް ކުއްވެރިވޭ. ކިހިނެއް ތިހުރިހާ އެންމެނަށް ތަހުގީގުކޮށް ދައުވާ އުފުލާނީ؟ތިކަމުގެ ހައްލަކީ ރާއްޖޭގައި ޕޯން އިންޑަސްޓްރީއެއް އުފައްދަން ގާނުނުތަކުން ހުއްދަ ދިނުން. އޭރުން ވަގަށް އަދި މީހުން އަތުން ފޭރިގެން ތިގޮތަށް ބަރަހަނާ ކޮންޓެންޓް ފެތުރުން މަދުކުރެވޭނެ. މިހާރު ތި ހަދާ ގޮތުން މިއަދު ދެ ޗެނަލް ބަންދު ކޮށްފިއްޔާމުން މާދަމާ އަނެއް ތިން ޗެނަލް ހުޅުވާނެ.

The name is already taken The name is available. Register?

ގެދާނޯމޮސް

09 September 2024

ބަންދުގަ ތިބެލީމާ ތީ ބޮޑުކަމަކަށް ނުހަދާ އިސާހިތަކު މިނިވަން ކޮށްފާނެއެވެ!

The name is already taken The name is available. Register?

އަހުމަދު އަތީގު

09 September 2024

އޭއީ ރަށް ކޮޅު މީހަކު ހިމެނުނު ބާ. މަ ހީކުރީ ދެކުނު މީހުން ކަމަށް ހުސް

The name is already taken The name is available. Register?

ނޮން

09 September 2024

މިކަހަލަ މަންޒަރު މިހާރުވެސް ލާރި ދީގެން ބަލާ މީހުން ވެސް އުޅޭތަ. އިންޓަރނެޓުން އަމިއްލަ ރުހުމުން ލާފަ ހުންނަ ހިލޭ މަންޒަރު ބަލަންވީނު. މިމީހުން ބޭނުންވަނީ ނޭންގި ނަގާ ފޮޓޯތަ؟ ޑިސްގަސްޓިންގް. ކުޑަ ކުދިންގެ މަންޒަރު ހިއްސާ ކުރާ ގުރޫޕުތަކުގައި ތިބި އެންމެން ޖަލަށް.

The name is already taken The name is available. Register?

ސާބަސް1

09 September 2024

ނެތްދޯ އައްޑޫ މީހެއް. އައްޑޫ މީހަކު ނެތިއްޔާ ވަކި ރަށެކޭ ކިޔާފަ ނުކިޔާނެ. އައްޑޫ ވެއްޖިއްޔާ ވަރަށް ފޯރީ ހުންނާނެ

The name is already taken The name is available. Register?

ސިލްމާ ޒާހިރު

09 September 2024

34،680 މީހުން ސަބްސްކްރައިބްކޮށްފަ! ސުބްޙާނަﷲ. މިއީ ރާއްޖޭގައި އުޅޭ ބޮޑެތި ފިރިހެނުންގެ އާބާދީގެ %27 އަށްވުރެ ބޮޑު ޢަދަދެއް. ކޮންމެ 100 މީހަކުން 27 މީހުން މިއުޅެނީ ހަށި ގަންނަން އެކްޓިވްކޮށް. އަދި ކޮބާ ތިތަންތަނަށް ނުވަންނަ މީހުންތައް!

The name is already taken The name is available. Register?

ބިރު

09 September 2024

ބިރުވެރި. އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ ހިސާބަށް ގޮއްސި. މިރާއްޖެ އަޑިއަށް ގޮސަްދާނެއޭ ވަރަށް ކިޔައެއްނުއް. އަވަހަށް އަޑިއަށް ދުއްވާލާ!

The name is already taken The name is available. Register?

އަލީމް މުހައްމަދު

09 September 2024

ބަރާބަރު ކަމެއް. މިހެން ވާން ޖެހޭނެ. މިކަހަލަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ

The name is already taken The name is available. Register?

ޒާފިލް

09 September 2024

ފުލުހުން ތިކުރާ މަސައްކަތް ރަނގަޅު، ކުރިޔަށް ގެންގޮސް މިކަހަލަ ހުރިހާއެންމެން ފުރޮޅާލަންވީ. އޭރުން ބިރުވެސް ގަންނާނެ. ކުރަން ޖެހިލުންވާނެ

The name is already taken The name is available. Register?

ޒުހުދާގާސިމް

09 September 2024

މި މީހުންގެ ފަހަތުން ގާނޫނު އަންނަކަން ޔަގީންވުމުން މިފަދަ މީހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454