ޚަބަރު

ޓެލެގްރާމްގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކުރީ އެ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް: ފުލުހުން

ފުލުހުން ބުނި ގޮތުގައި، ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް އެމީހުން ހިންގި. އެ މަންޒަރުތައް ނަގަން އެދުމުން ފައިސާ ދިނުމަށާއި ޖިންސީ ގުޅުން ހިންގަން ވިކްޓިމުންނަށް ޑިމާންޑް ކޮށްފައިވޭ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައްސަލައިގެ ތަފުސީލް ޕްރެޒެންޓޭޝަނަކުން ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

12 ސެޕްޓެމްބަރ 2024 - 16:29

24 comments

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކުރީ އޭގެ ތެރެއިން ބައެއް ކުދިންގެ ވަނަވަރު ވެސް އެނގޭ ގޮތަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ އެ ޗެނަލްތަކުގައި ކުޑަކުދިން ފޮޓޯ އާއި ވީޑިއޯ އާންމުކުރީ އެ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް ކަމަށެވެ.

"އެންމެ ހިތާމަވެރި ކަމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ސީސޭމް ކޮންޓެންޓް ޕޯސްޓް ކޮށްފައިވާކަން. އަދި މީގެ އެންމެ ބޮޑު ގެއްލުމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެ ކުދިން ވަނަވަރު އެނގޭ ގޮތަށް ފޮޓޯތައް ޕޯސްޓް ކޮށްފައިވާކަން،" އަޒީފް ވިދާޅުވި އެވެ.

އަޒީފް ވިދާޅުވި ގޮތުގައި، ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ޓެލެގްރާމްގައި ޕޯސްޓުކޮށްފައި ވަނީ ވިކްޓިމްސްއަށް ބިރު ދައްކައި، އިންޒާރު ވެސް ދިނުމަށް ފަހު އެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުން މިއަދު ބުނި ގޮތުގައި، ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް އެމީހުން ހިންގި އެވެ. އަދި އެޑިޓްކޮށްގެން "އޮރިޔާން މަންޒަރު" ހަދައި، ކުދިންގެ ފޭކް ފޮޓޯތައް ވެސް އެ ޗެނަލްތަކުގައި އާންމުކޮށްފައިވެ އެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އެ ޓެލެގްރާމް ޗެނަލްތައް ހިންގައި، އެއިން މާލީ މަންފާ ހޯދި ތިން މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށް، ބަންދުކޮށްފަ އެވެ. އެއީ އދ. މަހިބަދޫ، ބަހާރުގޭ ޒުބައިރު އަލީ އާއި މާލެ، ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީ އާއި ކ. ކާށިދޫ، ސިލިންކޯ އިސްމާއިލް ރަބީހު އެވެ. އެ ތިން މީހުން ބަންދަށް ކޯޓުން އެންމެ ފަހުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

އަޒީފް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ޒަބީހްގެ ފޯނު ބެލިއިރު، މި ނޫން އިތުރު ބައިވަރު ކުށްތަކަށް ވެސް އޭނާ އަރައިގަނެފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި "ރޮމޭސް ސްކޭމް"ގެ މައްސަލަތައް ވަރަށް ގިނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލަތަކުގައި ފައިސާގެ މުއާމަލާތްތައް ހިންގާފައި ވަނީ ނާސިފް އަލީ މެދުވެރިވެގެން ކަމަށް ފުލުހުން ބުންޏެވެ.

"ނާސިފް އަލީ މި ޗެނަލްތައް ހިންގައި އެހެން ފަރާތްތަކާ ބައިވެރިވެ، ގިނަ އަދަދެއްގެ ފައިސާ އޭގެ އަސްލު ގެއްލުވާލުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކުރެވުނު،" އަޒީފް ވިދާޅުވި އެވެ.

މި މައްސަލާގައި ޝާމިލުވާ ޒުބައިރުގެ ފޯނުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޓެލެގްރާމް ޗެނަލްތަކުގައި ޕޯސްޓުކޮށްފައިވާކަން އެނގުނު ކަމަށް އަޒީފް ވިދާޅުވި އެވެ.

"މި ނޫނަސް އަދި މި މައްސަލައާ ގުޅިގެން އަދި މި ހިނގާ މައްސަލަ، އެހެން މީހުންނަށް މި ކަންތައްތައް ކިޔައިދިނުމަށްޓަކައި ވެސް ޒުބައިރު އަލީ މަސައްކަތް ކޮށްފައިވާކަން އޭނާގެ ފޯނުން ފާހަގަކުރެވުނު،" އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް އެއީ ޒުބައިރު އަލީގެ އިންޓްރެސްޓް ހުރެ ހޯދުމަށް މަސައްކަތްކުރާ އެއްޗެއްކަން ވެސް، މި ޗެނަލްތައް މެދުވެރިކޮށް އެކިއެކި މީހުންނާ ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވުނު: ޕޮލިސް

"ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް އެއީ ޒުބައިރު އަލީގެ އިންޓްރެސްޓް ހުރެ ހޯދުމަށް މަސައްކަތްކުރާ އެއްޗެއްކަން ވެސް، މި ޗެނަލްތައް މެދުވެރިކޮށް އެކިއެކި މީހުންނާ ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވުނު."

އަޒީފް ވިދާޅުވި ގޮތުގައި، އެ މަންޒަރުތައް ޗެނަލްތަކުން ނަގަން ވިކްޓިމުން އެދުމުން، ޒުބައިރު ވަނީ ފައިސާ ދިނުމަށާއި އޭނާއާ އެކު ޖިންސީ ގުޅުން ހިންގަން ވިކްޓިމުންނަށް ޑިމާންޑްކޮށްފަ އެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުން ކުރިން ބުނެފައި ވަނީ އެ ތިން މީހުން ހައްޔަރުކޮށް، އެ މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމްގެ ނުވަ އެކައުންޓެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ވެސް، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

24 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 28%
icon angry icon angry 59%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

14 September 2024

މިފަދަ ކަންކަން ހިނގާ ކުރިލާ ފޯދޭއިރު ވެސް ކަމާބެހޭ ފަރާތްތަކަށް ރޭކާނުލަނީ ކީއްވެ؟

The name is already taken The name is available. Register?

ޝަރުފީޒް

13 September 2024

އެ ފޮޓޯތައް އޮންލައިން ކޮލައުޑްސްގައި ރައްކާކުރެވިފައި އެބަހުރި! ކަމުގެ އަސްލު ހުޓުވަބަލަ! ތި ފޮޓޯ ނަގާ އަންހެނުންގެ ފޯން އިންވެސްޓިގޭޓް ކޮށްބަލަ!

The name is already taken The name is available. Register?

ސަމާހަތު

13 September 2024

މި ފޮޓޯތަކުގައި ތިބި އަންހެނުންނަށް ދަޢުވާ ކުރޭ! އެއްވެސް ފަރާތަކަށް ފޮނުވަން އަމިއްލަ ފޯނުން ފޮޓޯ ނަގައި ފޮނުވުމަކީ ކުށެއް! މި މީސް މީހުން އަދި ތިބުނާ ކުޑަކުދިންގެ މައިންބަފައިނަށް ދަޢުވާކޮށްބަލަ! އެބައި މީހުންގެ ފޯންތައް އަތުލާ ތަހުޤީގު ކުރޭ! ތޮއްޔިބުގެ ފޯން އެކަނި ތަ ބެލެނީ!

The name is already taken The name is available. Register?

ކޯޑި

13 September 2024

އޮރިޔާންކާޑު އަމިލައަނަގާފަ ފަހުން ވިކްޓިމްއަވާނީ އަމިލައަ އިސްލާހުވުމެނޯވެ ހަތަހާބެސްއެހެންމީހުންގެކު "މަ އޮރިޔާންވިޔަސް ކަލޭނުޖެހޭނު ބަލަން"

The name is already taken The name is available. Register?

raajje

12 September 2024

ހުރިހާއެއްޗެއްއިންޕޯޓުކުރާ ގައުމަކަށްވާތީ އެންމެފަހުގެ ޑިވައިސްތައް ދިވެހިންގެންގުޅުނަސް މިތަކެތި ރައްކާތެރިކަމާއެކު ބޭނުންކުރާކަށް ގިނަދިވެހިން ފަރިތައެއްނުވޭ! ކުދިންނަށް އިންޓަރނެޓުގުޅާފަ 24 ގަޑިއިރު ޑިވައިސްއެއްދީފައޮންނައިރު ޕޭރަންޓަލްކޮންޓުރޯލްވެސް ސެޓުކޮށްލާފަނުހުރޭ، ޕޭރެންޓަށްއެނގިގެންތާ ކުދިންރައްކާތެރިކުރެވޭނީ، މިދެންނެވިސަބަބުތައްމިހެންހުރުމުން ކުރިޔަށްއޮތްތާންގަ ކުޑަކުދިންނަށް އިންޓަރނެޓުންދިމާވާނުރައްކާ ރާއްޖޭގައި އިތުރުވާނެކަމަށްފެނޭ

The name is already taken The name is available. Register?

އިހްސާސް

12 September 2024

ތިޔަ 3 މީހުން އެކަންޏެއްނޫން ތިއަށް ސަބްސްކުރައިބް ކޮށް ބެލި މީހުންވެސް ހައްޔަރުކުރޭ.

The name is already taken The name is available. Register?

އަހަރެ

13 September 2024

އެ ފޮޓޯތައް ނެގި މީހުންވެސް

The name is already taken The name is available. Register?

ރާވެރިބެ

12 September 2024

މީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބިޔަބޮޑު ކުށެއް. މި މައްސަލަ ތަހުގީގު ކޮށް މިކަމުގައި ބައިވެރިވެފައިވާ ހުރިހާ މީހުން ހޯދާ ޢަދަބު ދިނުމަށްޓަކާ އެމެރިކާގެ އެފްބީއައި އާއި އިންޓަރޕޯލްގެ އެހީ ހޯދަން ދިވެހި ފުލުހުންނަށް ގޮވާލަން. މި ޗެނަލްތަކަށް ވަދެފަތިބި އެންމެންނަށް ހަރުކަށި އަދަބު ދޭން ޖެހޭނެ. ދިވެއްސެކޭ ބުނަން ލަދު ގަންނަ ވަރު ވެއްޖެ!

The name is already taken The name is available. Register?

ޙަޒް

12 September 2024

ގިނައިން ހުރީ އަމިއްލައަށް ނަގާފައިހުރި ވީޑިއޯ.ސެންޕްޗެޓް އިން. ލީކް ކުރާނީ އެ ލިބޭ ބޯއިފުރެންޑް.

The name is already taken The name is available. Register?

ޟފހ5

12 September 2024

އަހަރެމެންނަށް ނޭނގޭ ކަމަކީ، އޮރިޔާން ފޮޓޯ ވީޑިއޯ ގެންގުޅުމަކީ އަދި އެ ހޯދައި އެއްކުރުމަކީ ގާނޫނޫލްއުގޫބާތުގައި ކުޑަކުޑަ ކުށެެއްކަން... ކުޑަކުދިންގެ އޮރިޔާން ފޮޓޯ ވާހަކަ ނުވެސް ނެތް...ދެވޭނީ ކުޑަކުޑަ ލުއި އަދަބެއް... ކީއްކުރާނީ.. ރިއަލައިޒް ވާ ގާނުނީ މަޖިލިސް މެންބަރަކު މިދިޔަ 15 އަހަރު ވެސް ނެތް އަދި އައިސްފައެއް

The name is already taken The name is available. Register?

މުގޮށި

13 September 2024

ތިޔަކަހަލަ ކަމެއް ރިއަލައިޒްވާ ވަރަށް ވުރެ ގަމާރު މެމްބަރުން ގިނައީ. އެކަމަކު އަމިއްލަ .މަސްލަހަތާއި ޖެހުނީމައި ގަމާރެއް ނުވާނެ.

The name is already taken The name is available. Register?

ނެނގޭބެ

13 September 2024

ހާދަ ކަމެއް ނޭނގެއޭ. ކުޑަކުދިންގެ އޮރިޔާން ގެންގުޅުމަކީ އުމުރު ދުވަހު ޖަލު ހުކުމް އަންނަ ކުށެއް. ގާނޫނު ކިޔާލަ ބަލަ.

The name is already taken The name is available. Register?

އަބުޅޮ

12 September 2024

މިފަދަ ކުށް ކުރާ މީހުން ދުވަހަކުވެސް މުޖުތަމަޢަށް ދޫކޮށްލާނެ ކަމެއް ނެތް. ދާއިމަށް ޖަލުގައި ބައިތިއްބާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454