މިދިޔަ އަހަރު ބޭއްވި އޭލެވެލް ހައި އެޗީވާސް އެވޯޑުގެ ތެރެއިން --
09 ސެޕްޓެމްބަރ 2024 - 14:40
އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ހަފުލާ އަންނަ ބުރާސްފަތު ދުވަހު ބާއްވަން ނިންމައިފި އެވެ.
ދަރުބާރުގޭގައި ބާއްވާ "މަތީ އަރުތަވެރިންގެ އިނާމު" ހަފުލާގައި އިނާމު ދޭނީ 2022-2023ގެ މެއި/ޖޫން އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ގަދަ 10 ގައި 400 އަށް ވުރެ ގިނަ ދަރިވަރުން ހިމެނެ އެވެ.
މިފަހަރު ގަދަ 10 އިން އެއް ވަނައިގައި 17 ދަރިވަރަކު ހިމެނޭ ކަމަށް ވަނީ އެނގިފަ އެވެ.
އެއްވަނައިގައި ހިމެނުނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ހަ ދަރިވަރަކާއި ވިލާ އިންޓަނޭޝަނަލް ހައިގެ ހަ ދަރިވަރަކާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރަކާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
އޯލެވެލްއިން ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ހަފްލާގައި އޯލެވެލްގައި އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ކާމިޔާބީ ވެސް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ފާހަގަކުރަން ވަނީ ނިންމައިފަ އެވެ.
އެ ހަފްލާގައި އޭލެވެލް އާއި އޯލެވެލްއިން ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް އިނާމް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯލިފަތި
10 September 2024
ރިވެތި އަޚްލާޤާއި ސުލޫކުންވެސް ޓޮޕްގައި ތިބޭނެކަމަށް އުއްމީދުކުރަން.
ސަފަރި
09 September 2024
ބުރަ މަސައްކަތާއެކު ކުދިބަޔަކު ހޯދާ ރަންވަނަތައް ފާހަގަކުރާތީ ބަޔަކު ހާދަ މޭކަރައިގެން އެބަ އުޅެއޭ.މިރާއްޖޭގަ މިވަނަތައް ފާހަގަ ކުރަން ބާއްވާ ހަފްލާ ނޫނީ ބޭކާރު ހަރަދެއް ހަމަ ނުކުރަނީބާ.މުޅިރާއްޖެ ސިޔާސާވެ ނުކިޔަވާ ތިބޭ މީހުންނަށް ބޮޑު މުސާރަލިބޭ ވަޒީފާ ތައް ،ޕޯޑިއަމް ތަކުގަ މީހުނަށް އެއްޗިހި ގޮވިގޮވިހެން މަތީ ވަޒީފާ ތައް ވަރަށް ސަޅި
ތަންކޮޅެއް ގިނަ ދޯ
09 September 2024
400 ވީމަ ތަންކޮޅެއް ގިނަ ދޯ. މާކްސް ތަކުން މިނެ ކިރޭ ގޮތެއް ހަދހަން އެބަޖެހޭ.
ޢަލީ ކުރުސީ
09 September 2024
ކުރިން ބުނީ މުހިންމު ކަމެއް ނޫނޭ މިއީ! މިހާރު އެކަންވެސް ބަދަލުވީ!
މިހާލު
09 September 2024
މިކަން އެބަޖެހޭ ހުއްޓުވަން .މީބަޔަކު ހިންގާ އެތަންމިލިޔަން ރުފިޔާއެއްގެ ވިޔަފާރިއެއް .މާ ރަނގަޅުދޯ ތިކުދިންނަށް ތި ހަރަދުވާ ފައިސާ ބަހާލިއްޔާ
މިކުކުޅު
09 September 2024
ޔޫގެ ދަރިއަކު ޓޮޕް 10 އަށް އެރިނަަމަ ތިހެން ނުބުނާނެ؟ މަގޭ ދަތި އޯލެވެލް ހަދައިގެ ން ޓޮޕް 10 އަށް އަރަންދެން ދޭން ޖެހޭނެ.