ބިދޭސީންތަކެއް މާލޭގެ މައިޒާނެއްގައި މަޑުކޮށްލައިގެން: ބަންގްލަދޭޝް ފިރިހެނުން ދިވެހިންނާ ކައިވެނިކުރަން ހުށަހަޅާ މިންވަރު އާދަޔާހިލާފަށް ގިނަވެފައިވާ ކަން ފެމެލީ ކޯޓުން ވަނީ ބުނެފައި - ފޮޓޯ: މިހާރު
11 ސެޕްޓެމްބަރ 2024 - 13:09
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރަން ފެށުމާ އެކު، ބިދޭސީ ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނި ކުރަން ފެމިލީ ކޯޓަށް ހުށަހަޅާ ވަރު ކުއްލިއަކަށް އިތުރުވެއްޖެ އެވެ.
މި ދުވަސްވަރު ބަންގްލާދޭޝް ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނިކުރަން ހުށަހަޅާ ވަރު އިތުރުވެފައި ވޭތޯ ސުވާލުކުރުމުން ފެމިލީ ކޯޓުގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ، އެފަދަ ކައިވެންޏަށް އެދި ހުށަހެޅުން އިތުރު ކަމަށެވެ.
އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ބަންގްލަދޭޝް ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނި ކުރަން ހުށަހަޅާ ވަރު ކުއްލިއަކަށް އިތުރުވެ، އެކަން ފާހަގަވެފައިވާ ކަމަށާއި އެހެންވެ ބައެއް ކަންކަން އިތުރަށް ބަލަން ވެސް ފަށާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ކައިވެންޏަށް އެދޭ ބިދޭސީމީހާއަކީ ސައްހަ ވިސާއެއް އޮތް މީހެއްތޯ ޔަގީންކުރާ ކަމަށެވެ.
އެހެންވެ، މިހާރު ބިދޭސީން ކައިވެންޏަށް ހުށަހަޅާއިރު ވިސާ ވެސް ހުށަހަޅަން ޖެހެ އެވެ.
އެނގިފައިވާ ގޮތުގައި ފެމިލީ ކޯޓަށް ހުށަހަޅާ މިފަދަ ކައިވެނިތަކުގައި ހިމެނޭ މީހުންގެ އުމުރުގެ ފަރަގު ވެސް ވަރަށް ބޮޑެވެ. އުމުރުގައި 30 އަހަރުގެ ފަރަގު ހުރި ދެ މީހަކު ވެސް ކައިވެނިކުރަން ހުށަހެޅިކަން ވަނީ އެނގިފަ އެވެ.
"...ކައިވެނިކޮށް ދިރިއުޅުމެއް އުޅުމުގެ ބޭނުމަށް ވުރެ ވިސާގެ ކަންކަން ފަސޭހަ ކުރަން ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަންކަން ހުންނާތީ ކޯޓުން ވެސް މިކަމުގައި އިތުރަށް ސަމާލުކަން ދީގެން ކުރިއަށް ދާން ފޯމަށް ބަދަލު ގެންނަން ވެސް ނިންމާފައިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފެމެލީ ކޯޓުގެ ކައިވެނި ސެކްޝަން ހުންނަ އިމާރާތަށް މީހަކު ވަންނަނީ: މި ދުވަސްވަރު ބިދޭސީން ދިވެހިންނާ ކައިވެނިކުރަން ހުށަހަޅާވަރު ވަނީ އިތުރުވެފައި. -- ފޮޓޯ: މިހާރު
އާއިލާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި ބިދޭސީއަކާއި ދިވެއްސަކާ ކައިވެނި ކުރެވޭނީ، ކައިވެނި ކުރަން އެދޭ ފިރިހެނާ އާއި އަންހެނާގެ ކިބައިގައި، ޝަރުއީ ގޮތުން ކައިވެނި ސައްހަވުމަށްޓަކައި ހުރުން ލާޒިމުވާ ސިފަތައް ފުރިހަމަވާ ނަމަ އެވެ. ބިދޭސީ ފިރިހެނަކު، ދިވެހި އަންހެނަކާ ކައިވެނިކުރާ ނަމަ، އެ ބިދޭސީ ފިރިހެނަކީ، ރާއްޖޭގެ ކަމާބެހޭ ކޯޓުން ބަލާ ހަމަތަކުގެ މަތިން، އާއިލާގެ ހަރަދު ބެލެހެއްޓޭ ވަރުގެ މީހަކަށް ވާން ޖެހެ އެވެ.
އިމިގްރޭޝަންގެ ގާނޫނުގައި އޮންނަ ގޮތުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމަށް ރެސިޑެންޓް ވިސާ ލިބޭނެ އެވެ. އެ މީހެއްގެ އަތުގައި ވޯކް ވިސާ އޮންނާކަށް ނުޖެހެ އެވެ. މިހާރު އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި އެންމެ ގިނައިން ރާއްޖޭން ޑީޕޯޓް ކުރަން ޖެހެނީ ވޯކް ވިސާގެ މައްސަލަ އޮންނަ މީހުންނެެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންނަކީ ވެސް ވޯކް ވިސާ ނެތް މީހުންނެވެ.
ގާނޫނުގައިވާ ގޮތުން ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭނެ އެވެ. ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ ކައިވެނި ކޮށްގެން އުޅުނު މީހާ މަރުވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާ އެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ވެސް މި ވިސާ ލިބޭނެ އެވެ. މިއީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އާކުރަން ޖެހޭ ވިސާ އެކެވެ.
އިމިގްރޭޝަނުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ރާއްޖޭން ފޮނުވާލަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު ބައެއް ބިދޭސީން ވަނީ އޮޕަރޭޝަނަށް ފިލަން ބައެއް ރަށްރަށަށް ވެސް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޓަކީ އިމިގްރޭޝަން އެއް ނޫން
13 September 2024
ވީސާ ދޭއިރު ވީސާ މިދެވެނީ ކޮންބޭނުމަކު ކާކަށްތޯ ބެލުމަކީ އިމިގްރޭޝަން ގެ މަސައްކަތް. ކައިވެނި ކުރަނީ ކޮންބޭނުމަކުތޯ ބެލުމުގެ ބާރު ކޯޓަށް ލިބިގެން ނުވޭ. ކޯޓުން ކައިވެނި ނުކޮށްދެވޭނެ ހާލަތުތައް ޤާނުގައި ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ކައިވެނި ކުރާފަރާތުގެ ވިސާ ސްޓޭޓަސް ހިމަނަފައި ނެތްކަން ފާހަގަކުރެވޭ.
އަޖާއިބާ
12 September 2024
"ބިދޭސީ ފިރިހެނަކު، ދިވެހި އަންހެނަކާ ކައިވެނިކުރާ ނަމަ، އެ ބިދޭސީ ފިރިހެނަކީ، ރާއްޖޭގެ ކަމާބެހޭ ކޯޓުން ބަލާ ހަމަތަކުގެ މަތިން، އާއިލާގެ ހަރަދު ބެލެހެއްޓޭ ވަރުގެ މީހަކަށް ވާން ޖެހެ އެވެ." ދިވެހި ފިރިހެނަކު ވިއްޔާ އަންހެން މީހާ އޭނާއަށް ކާންބޯންދީގެން ގެންގުޅޭ އުސޫލުވެސް ހެޔޮ؟ އާމްދަނީއެއް ލިބޭތޯ ބަލާލާ އެންމެ މިންގަޑެއްވެސް ނޯވޭ.
ދިވެހި ފިިރިހެނުން
13 September 2024
މިއީ ނަސްލީ ތަފާތުކުރުން. މި އުޞޫލު އަހަރަމެންގެ ޤާނޫނު އަސާސީއާ ތަޢާރަޒު ވޭ
ޙަކީމު.
12 September 2024
އިންނަން ބޭނުންނަމަ އިންނަންވީ. އެކަމަކު ތަޖުރިބާއާއި އެކު މިބުނަނީ ތިމީހުންނަނީ އެއްވެސްގޮތަކުން ދިވެހިންނަށްވުރެން އެއްވެސްކަމަކަށް މޮޅުބައެއްނޫން. އަދި އެމީހުންނަކީ ވަރަށް އިންސާނިއްޔަތުކަމެއްނެތް ބައެއް. ކައިވެނި ކުރުމުގެ ކުރިން މިކަންކަން ނުފެނިދާނެ. އަހަރެންގެ ވަރަށް ގާޓް ރައްޓެހި އަންހެން ކުއްޖެއް ތަންކޮޅެއް ކުރިން އޭނަ އުޅުނު ފިހާރައިގަ އުލުނު ބަންގާޅީއަކާއި އިދެގެން އުޅެންޖެހުނު ހާލު އިގޭތީ މިވާޙަކަ މިދައްކަނީ. ހެޔޮނުވާނެ ތިކަން ކުރަން.
އަޙްތަރުގެ ހިޔާލް
13 September 2024
އެންމެ މީހަކަށް ދިމާވި ހާދިސާއެއްގެ މައްޗައް ބިނާ ކޮށް ހުރިހާ ބިދޭސީންނަކީ އަނިޔާވެރި ބަޔެއްކަމަށް ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫން.
ވެންގަބޯ
12 September 2024
އަންހެންމީހާގެ ފައިސާގައި 2 ހޮޓަލާ 1 ޢެއް ފިހާރަ ހުޅުވި ހުޅުލުމާލޭގައި އަންހެންމީހާގެ ނަމުން ހޮޓަލަށް ނަން ދީފައިވަނީ މީ ވަރަށް ދިގު ހާދިސާއެއް ފިރިހެން މީހާބޭނުވާވަރަ ފައިސާ ލިބުމުން 2 މީހުން ބަނގުލަދޭޝް ދިޔަތާ 3 ދުވަހު އަތް ބިންދައިގެންދިޔަ ތަޅުންގަނޑު މައްޗަށް ހުރީތެލާ ފެން އަޅާފައި ކަސްސާލާގެން ވެއްޓުނީމާ ދުރުގައި ހޭންތިބީ މާލެއައި ފަހުން ބަލިވާން ފެށިއެވެ އުމުރާއަށް ހައްޖަށް ވެސް ނުގެން ދިޔަ އަންހެން މީހާ ޑާކާއިން ފިރިހެންމީހާ ބިމެއް ގަތް
ޖޮސްކީ
12 September 2024
ބަންގާޅީންނާ އިންނަ ދިވެހި އަންހެނުން ގެ ދިވެހި ރައްޔިތުކަން އަތުލާ.
ގައިޑްލައިންއަށް
12 September 2024
މިހާރުން މިހާރަށް ބަންގާޅީ ފިރިހެނުން ރާއްޖެ އައުން މަނާ ކުރަން ގޮވާލަން.
ދައުލަތް
12 September 2024
ކުރީ ސަރުކާރު ކަމެއް.
ފަރީދާ ޖަލާލްގެ ހާސަރުގަނޑު
12 September 2024
ބަންގާޅީިންނާއި އިނދެގެން އެމީހުންގެ ރަށަށް ދިއުން އޯކޭ އޭރުން އެނގޭނެ އެމީހުން ދިރިއުޅެންކަން މިއުޅެނީ , ވިސާހޯދުމުގެ ނަމުގައި ކޮންމެހެން ދިވެހި އަނހެނުން ގުރުބާން ކުރާނެ ކަމެއް ނެތް
ވެންގަބޯ
11 September 2024
ބަންގާޅީންނާ އިންނަ ދިވެހި އަންހެނުނަނަށް ބުނެލަންބޭނުން ތީ އަމިއްލައަށް މަރުވުން ކަހަލަކަމެއް ބަންގާޅީންގެ ހަގީގަތް އެނގޭތީ މިބުނީ ބަންގާޅި ފިރިހެނުން ދިވެހި އަންހެނަކާ ނުއިންނާނެ ލޯތްބަކުން ބަންގާޅީންގެ އަމިއްލަ އެދުމެއް އޮވެގެން ދިވެހި އަންހެނަކާ އިންނާނީ އެހެންނޫނީ ނުއިންނާނެ ބަންގާޅީން ބޭނުންވާ ވަރަށް ފައިސާ ލިބުނިމާ އަންހެން މީހާ މަރަންވެސް ފަސްނުޖެހޭނެ ބަންގާޅީން އަންހެންމީހާ ރާއްޖޭން ބޭރަށް ވެސް ނުގެންދިޔަ ބަލިވެއޮވެ ނިޔާވެ ދިޔައީ،!
ނިކަމެތި ލިޓްލްޖެމް
11 September 2024
ސުބުހާނަﷲ މަ ދިވެއްސަކަށްވެ ހުރެ އިންނާނެ މީހަކު ނުވިތާ ރައްޓެހިވާނެ މީހަކުވެސް ނުވި