މަޖިލީޙުގެ ނައިބު ރައީސް ނާޒިމް: ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހިން އައްޔަން ކުރަން އޭނާ ވަނީ ގޮވާލައްވާފައި --- ފޮޓޯ/މަޖިލިސް
16 ސެޕްޓެމްބަރ 2024 - 14:57
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މަގާމުތަކަށް ދިވެހިން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި، ކުންފުންޏާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް މިދިޔަ މަހު ބޭންކުން ނިންމުމެއް ނިންމިއިރު، އެ ކުންފުނީގެ ގިނަ އިސްވެރިން ރާއްޖޭގައި ނެތް ކަމަށެވެ.
ނާޒިމް ވިދާޅުވީ އެކަން ހިނގިއިރު ބޭންކުގެ އޮޕަރޭޝަންސް ޑިރެކްޓަރާއި ކްރެޑިޓް ކޮންޓްރޯލް މެނޭޖަރު އަދި ރިސްކް މެނޭޖަރުގެ ގޮތުގައި ތިިބި ބިދޭސީން ރާއްޖޭގައި ނެތް ކަމަށާއި ނަމަވެސް އެ ތިން ބޭފުޅުން 15،000 ޑޮލަރުގެ މުސާރައެއް ނަންގަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"15،000 ޑޮލަރުގެ މުސާރައަކީ ކުޑަ މުސާރައެއް ނޫން. އަޅުގަނޑުމެން މި މަގާމުތަކަށް ދިވެހިން ލެވޭތޯ އެބަޖެހޭ ބަލަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ "ދިވެހީންގެ ބޭންކް" ގައި ދިވެހިންގެ ކޮންޓްރޯލް ނެތި މިގޮތަށް ހިނގާ ކަމަށް ވާނަމަ، އެއަށް ވުރެ ސީރިއަސް ކަންކަން ކުރިއަށް އޮތް ތަނުގައި ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންވެ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގޭނެ ގޮތަކާ މެދު ވިސްނަން ޖެހޭ ކަމަށާއި އަދި މިކަމާ މެދު ފިނޭންސް މިނިސްޓްރީ އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވިސްނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަލިބޯ
16 September 2024
ކިހިނެއް ދިވެހިން އެމަގާމުތަކަށް ދިވެހިން ހަމަ ޖައްސަނީ،60 ޕަސެންޓް ވަގުން އުޅެނީ،މީހަކަށް ދޫކުރާ މީހަކު މިހާރަކު ނޫޅޭ،
ޓޫވެލް
16 September 2024
ކޮލިޓީ މީޙުން މަޖްލީހުގެ ނައިބް ރައީސް ކަން ކުރުމުގެ ބޭނުން މިހާރު މިދަނީ ފެންނަމުންނޭ ދިވެހިންނަށް ހެޔޮ ގޮތް ދިވެހިރާއްޖެ އަށް ހެޔޮގޮތް ތައް ވަޒީރުންނަށް ވުރެން ބޮޑަށް ބަހުން އެކަން އެބަދޭހަ ކޮށްދެއޭ މިހާރު މަޖްލީހުގެ ނައިބް ރައީސް ނިޔަނދުރޭ އެކަން އެގޮތަށް ދަމަހައްޓައިފިނަަމަ އޭގެ ސަބަބުން އެދެވޭ ރަނގަޅު އަސަރުކުރާނެއޭ ދިވެހިރާއްޖެ އަށް އޯއް ޔުއަރ އެފަރޓް މޭކްސް އަަވަރ ފިއުޗަރ އިޒް މީން ޓު އަސް އޯއް އައި ރިމެމްބަރ އިޓް އޯލް ޓޫވެލް ޓޫވެލް ޓޫވެލް
ސާފުހުސު
17 September 2024
ހުދު ފޮތިކޮޅަކަށް ވެގެން ކޮރަޕްޝަން ނުހުންނާނެ މީހެއްކަން ދައްކަން އުޅެނީ
ބްރޯސް
17 September 2024
ކޮލިޓީ ގެ މާނައަކީ ހެސް ކިޔާފަ ކޮރަޕްޝަންގެ ދައުވާ ކުރެވި ހުކުމް ކުރެވިފައި ވުން ބާ؟
ދިސްވޭއިން
16 September 2024
ރާއްޖޭގެ ސަރުކާރު ހިންގަން އެއްގޮތަކަށްވެސް ރާއްޖެތެރޭ މައިންޑް ސެޓްއަޕް ގެންގުޅެގެން ނުވާނެއޭ މިކަމޭ މިހާ ދުވަހު ރާއްޖެ ކުރަމުން އައީ އޭގެ ސަބަބުން މިގައުމުގެ އިގްތިސާދުގެ ކްރީމް ކޮޅު ބޭނުންކޮށްލަނީ ރާއްޖޭން ބޭރު މީހުންނޭ އޭގެ ތެރޭގައި ދޮން މީހުންނާއި އަދި ލަންކާ އިންޑިއާ މީހުންނޭ މީގެ ލީޑް ރޯލް ކުޅެނީ ރިސޯރޓެއްގެ ފައިސާ އަދި ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް ކޮންޓްރޯލް ކުރަނީ މުޅިން ވެސް ލަންކާ އިންޑިއާ މީހުންނޭ ދެން ދިވެހިން ކިޔަވަނީ ކިއެއްކުރަންތޭ
ދިވެހިންގެ ރާއްޖެ
16 September 2024
ދިވެހިން ބޭރު ގައުމު ތަކުގެ މީހުންނަށް ސިފަ ވެފަ އޮންނަނީ ކަންނެއް މަަސައްކަތް ކުރަން ނޭނގޭ އެއްޗެއް ނޭނގޭ ބަޔެއް ގޮތުގަ. މި ކަންތައް ބަދަލު ކުރަމާ.
ޔުއަރމައިންޑް
16 September 2024
ރާއްޖޭގައި ހުރި ލޯކަލް ކޮލެޖްސް ތައް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާށޭ އަދި އެކަމަށް މަގުޗާރޓެއް އެކުލަވާލާ އެމަގު ޗާރޓް ގައި އެންމެ އިސްކަން ދޭންވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހުރި ޕްރޮޖެކްޓްސް މަސައްކަތް ތަކާއި އަދި އޮޕަރޭޝަން ގައި ދިވެހިންގެ ހިއްސާ ބޮޑުކުރެވޭނެ ގޮތަށޭ މިހާރު ދުބާއީން މާލެ އަތޮޅުގައި ހަދަމުންދާ ދަމަކްގެ ހުރިހާ ޑިޒައިން މަސައްކަތް ތައް ލަންކާ ކުންފުނި ތަކަށް ލިބެންވީ އެއީ ރައީސް އޮފީސް ދޯދިޔާ ވުމުންނޭ ބެޓަރ މޭކް އަޕް
ދޮންބޭބެ
16 September 2024
އޭރުން ކަލޭމެން ބޭނުންވާގޮތް, ވަޒީފާ އައްޓަކާ ކުރަނީ, ކަލޭމެން ނުދައްނަ ބަޔަކު އުޅޭހެން ހީވަނީ ކަންނޭގެ.
ކްލޯސްޑް
16 September 2024
ދިވެހިންގެ ރާއްޖެ ދިވެހިންނަށް ގެނެސްދެނީ އެއީ ވަކި ބައެއްގެ އާއިލާ އަށް ސަރުކާރުގެ %80 ވަޒީފާ ދިނުމުންވާ ކަމެއް ނޫނޭ އެކަމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ރާއްޖޭގައި ހުރި ވަޒީފާ ތައް ލިބޭނެ މަގުފަހި ކުރުމޭ މިކަމަކީ އިކޮނޮމިކް މިނިސްޓްރީ އަށް ވާނެ ކަމެއް ނޫން ކަން ހިސްޓްރީ ބުކް ތަކުގެ ޕޭޖްސް ތައް އަންފޯލްޑް ކުރުމުން ފެނެއޭ ރިސޯރޓް ތަކުގެ ހުރިހާ ޑިޕާރޓްމެންޓް ހެޑުން އަދި ޖީއެމް ތިބެން ޖެހޭނީ ދިވެހިން ނޯ މޯރ ޗޮއިސް ނޯމޯރ އެކްސްކިއުޒް ޗެޕްޓަރ
ކުރެވޭނެއޭދޯ
16 September 2024
ހެޔޮނުވާނެއޭ ރިސޯރޓް ތަކުގެ ޖީއެމްގެ މަގާމަށް ދިވެހިން ހަމަޖައްސަން ޖެހޭނެ ކަމަށް ރައީސްގެ ގަރާރަކުން ހަމަޖައްސަބަލަ މިހާރު ރާއްޖެ އަށް ދިމާވެފައި މިވާ ޑޮލަރުގެ ތާށިކަން ފިލުވަން އެއިން ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއޭ އަދި ދިވެހި ޖީއެމްމެން ދިވެހިންނަށް ވަޒީފާ ދޭވަރު ސަރުކާރުން ޖެހޭނެއޭ ބަލާ މޮނިޓަރ ކުރަން ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފްތާ އަކު އެއް ފަހަރު މިހާރު މިކަން ކުރެވޭނެއޭ އައިއޯޓީ ބޭސްޑް ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަންސް
ތަމެންދޯ
16 September 2024
ނާޒިމް ބުނަނީ ރަނގަޅަށް ބީއެމްއެލް އަދި ޑީބީއެމްގައި ވެސް ބޮޑުންނަށް ތިބެން ޖެހޭނީ ރަތްލާ ޖެހި ދިވެހިންނޭ ބަލަގަ ދިވެހިން ދިވެހި ސަރުކާރުންނާއި ރިސޯރޓް ތަކުގެ ބޮޑުންތައް ބާކީ ކުރުމުންނޭ އެމެން އައި ޔޫ ކިޔާ ބްރޯކެން އިންގްލިޝް އިން ވެސް ވާހަކަ ދައްކާ ގައުމީ އެއްވެސް ކަމެއް އެމެން ގައިގައި ނުހުންނަނީ ދިވެހިންނޭ ރާއްޖޭގެ ރިސޯރޓް ތައް މިއަދު މިދެކޭ ތަރައްގީ ގެނެސްދިނީ ދެން ދިވެހި ޖީއެމް މެން ރިސޯރޓް ތަކަށް ނުލަނީ ޓެކްސް އަށް މަކަރާއި ހީލަތް ހަދާށޭ
ފާތުމާމަނިކެ
16 September 2024
ތާހިރެއްނު ދައްކާ ވާހަކަ. އިހަށްދުވަހު މޯލްޑިވްސް ޑިވޮލޮޕްމަންޓް ބޭންކް ކިޔާފައި ބޭންކެއް ހަދާފަ އެ ބޭންކްގެ ސީއީއޯ ކަމަށާއި އެމްޑީ ކަމަށް ބޭރު މީހަކު މުއިއްޒު އައްޔަން ކުރީ. ބޯޑު މެމްބަރުންގެ ގޮތުގައި ތިން މީހުން އައްޔަން ކުރިއިރު ދެމީހުންނަކީ ބޭރު މީހުން. އެންމެ ދިވެއްސަކުލީ. އިހްލާސްތެރިކަމެއް ނެތް. ތިޔަހެން ނުކިޔައިވެސް ބީއެމްއެލަށް ކަލޭމެން ލާން ބޭނުން ބަޔަކު ލައިގެން އަހަރެމެންގެ ރުފިޔާކޮޅު ޕަކަޅާ ކޮށްލެވިދާނެ.