ފުލުހުންގެ ރަސްމިއްޔާތެއްގައި މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.
17 ސެޕްޓެމްބަރ 2024 - 13:32
ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީއާ އެމްއެންޑީއެފުން ހަވާލުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު ފިޔަވައި އެހެން މިނިސްޓަރުންގެ ސެކިއުރިޓީ އާންމުކޮށް ބަލަހައްޓަނީ ފުލުހުންނެވެ. ހޯމް މިނިސްޓަރުގެ ސެކިއުރިޓީ ވެސް ބަލަހައްޓަމުން އައީ އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ފުލުހުންނެވެ.
މިނިސްޓަރު އިހުސާން "މިހާރު" އަށް މިއަދު ވިދާޅުވީ، އޭނާގެ ސެކިއުރިޓީއާ އެމްއެންޑީއެފުން މި ދުވަސްވަކޮޅު ހަވާލުވީ ހެދި "ތްރެޓް އެސެސްމަންޓް" އަކަށް ފަހު ކަމަށެވެ. އެކަމަކު ވިދާޅުވީ އެއީ "ބޮޑު ކަންތައްގަނޑެއް" ކުރިމަތިވެގެން ގެނައި ބަދަލެއް ނޫން ކަމަށެވެ.
"ވަޒީރުންގެ ތްރެޓް އެސެސްމަންޓް ދޭތެރެދޭތެރެއިން ހަދާނެ. އެ އެސެސްމަންޓް ހަދާފައި އެމްއެންޑީއެފުން ބަލަހައްޓަން ޖެހޭ ވަޒީރުން ފާހަގަވެއްޖިއްޔާ މި ބަދަލު އަބަދުވެސް ގެންނާނެ. އަބަދުވެސް ކުރާ ކަމެއް މިއީ. އެ އުސޫލުން އަޅުގަނޑުގެ ސެކިއުރިޓީ ވެސް އެމްއެންޑީއެފުން މިހާރު ބަލަހައްޓަނީ،" ސިފައިންގެ އޮފިސަރެއްގެ ގޮތުގައި 10 އަހަރު ހޭދަކުރައްވައި އަދި އެމެރިކާ އިން އަސްކަރީ ތަމްރީން ހައްދަވާފައިވާ އިހުސާން ވިދާޅުވި އެވެ.
އިހުސާން ބަލަހައްޓަވާ ހޯމް މިނިސްޓްރީއަކީ މި ސަރުކާރުގެ "މެގަ" މިނިސްޓްރީ ކަމަށް ވާއިރު މި ވަގުތު އެންމެ ބޮޑު އަމާޒެއް ހިފާފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީންގެ ނެޓްވޯކްތައް ހުއްޓުވައި އެ މީހުން އަތްގަދަކޮށްގެން ތިބި ވިޔަފާރިތައް ހުއްޓުވައި ތަޅު އޭނާ ގެންދަވަނީ ތަޅު އަޅުވަމުންނެވެ. އެއާ އެކު، ގޭންގް ކުށްތަކާއި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ދާދި ފަހުން ވަނީ އިހުސާން އިސްވެ ބިލެއް ވެސް ޑްރާފްޓް ކޮށްފަ އެވެ.
މިލިއަނުން، ދައުލަތަށް ދައްކަން ޖެހޭ ބިދޭސީންގެ ފީތައް ނުދައްކައި ވިޔަފާރިކުރަމުންދާ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ލިސްޓް ވެސް މި ފަހުން ހޯމް މިނިސްޓްރީން އާއްމުކޮށްފައިވެ އެވެ. އެ ލިސްޓުގައި ރާއްޖޭގެ ވަރަށް މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތައް ހިމެނޭއިރު، ނުފޫޒާއި ބާރުން ސަރުކާރަށް ޕްރެޝަރު ކުރެވޭނެ ވަރުގެ ކުންފުނިތައް ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެހެހެ
19 September 2024
ފުލުހުންނަށް އިތުބާރު ނެތީ މިނިސްޓަރަށްވެސް ބިރުގަތީ
raajje
18 September 2024
ރާއްޖޭގައި މިވަގުތުކަންކަންހުރިގޮތަށާ އަލީއިހުސާންގެ ބެލުމުގެދަށުން ކުރެވެމުންދާ މަސައްކަތްތަކަށްބަލާއިރު، ސަރުކާރުގެ އެތެރޭންނާ ބޭރުންނާ ބޯމަތިންނާ ބިމުއަޑިންވެސް ހީނުކުރާވަރުގެތުރެޓް މިހާރުވެސްދާނީ އަންނަމުންކަމާމެދު ޝައްކެއްނެތް، އެހެންނުވާންވީސަބަބެއްނެތް، ފައިސާއަށްޓަކާ އަނބިދަރިންނާ ގާތްތިމާގެމީހުންވެސް ނަށްތާލާޒަމާންމީ، ދަންނަވާލަންއޮތީ ސިފައިންނާފުލުހުން ސެކިއުރިޓީކަންކަމުގައި ފަރުވާކުޑަނުކުރައްޗޭ، މިނިސްޓަރަށް ރައްކާތެރިކަންއެދެން!
ހައިދަރު ނަގާފަ ދެން އިހްސާން
18 September 2024
މަސައްކަތުގަ ަހއިދަރު ނަގައިފަ އެހެން މިހަކު ނެގޭނީ، ލޔޕ ހަދާވަރުން ސުވާލަކަށް ޖަވާބެއް ދޭންވެސް ނުދެވޭ. ގޯތިތަކުގަ މިން އެޅުމާ އިންފާރުވަކި ކުރުމާ ރަޖިސްޓްރީ ކަންތަކާ، ހައިދަރު ނިދި ނުކުރައްވަ އުޅޭކަމަށް ވަނީ.
ނަށީދު
18 September 2024
ގޭންގް ތްރެޓް އައީކަން ޔަގީން. ޖެހިލުމެއްނެތި ކުރިޔަށް ދާނެކަމަށް ހީކުރަން!
ހޮޓްކިންގ
18 September 2024
ސިކިއުރިޓޭ ލިބެންޖެހޭ މީހުނަށް ސިކިއުރިޓީ ލިބެންވާނެ. އެކަމަކު ޢަމަލަށްވުރެން ދެއްކުންތެރި މީހެކޭ މީހުން ކިޔަނީ.
އިސްމާލި
18 September 2024
ބޮޑެތި ވިޔަފާރިވެރިން ރުޅިއެރުވީމައި އެމީހުން އެކްޓިވޭޓް ކުރާނީ މަގުމަތީ ގޭންގުތައް. ދެން އެމީހުން ރަށުތެރޭ ހަމަނުޖެހުން އުފައްދައި މީހުން މަރާ މިފަދަ ކަންކަން ކުރުމުން، މަހުޖަނުގެ ޖީބުގައި އޮންނަ މަޖިލިސް މެންބަރު މެދުވެރިކޮށް މަޖިލީހަށް ވައްދާނީ އިތުބާރުނެތް ކަމުގެ މައްސަލައެއް. ނުވަތަ ރައީސް ގެ ނަގުލަށް ފިތާނީ. މިއީ ކަންހިނގާ ގޮތް.
އިހުސާން2028
18 September 2024
އިހުސާނު އަކީ މިހާތަނަށް ވަޒީރުކަން ކުރި އެންމެންގެތެރެއިން ފާހަގަ ކޮށްލެވޭ މިސާލެއް.
ޝޮކްތެރަޕީ
18 September 2024
މިހާތަނަ ވަޒީރުކަން ކުރި އެމްމެ ހިންގުންތެރި ވަޒީރު.
ފްރައިޑޭ
17 September 2024
ހޯމް މިނިސްޓްރީ އަކީ މިސަރުކަރުގައި ހަމައެކަނި ފަންކްޝަންކުރާ މިނިސްޓްރީ. ދެން ހުރި މިނިސްޓްރީތައް ހުރީ ޕެރަލައިޒްވެފައި. ޚާއްސަކޮށް އަސްވާޑުގެ މިނިސްޓްރީ އާއި އާދަމް ނަސީރުގެ މިނިސްޓްރީ.
ޕަކާސް
18 September 2024
އާދަމް ނަސީރު ގެ މިނިސްޓްރީ އަށް ޅެމުން ފަރުވާ ކުރަން ޖެހިފައި އޮތީ.
އޯލްސޯ
18 September 2024
އެޑިއުކޭޝަނާ، އެގްރިކަލްޗާރ ވެސް ރަނގަޅު. އެބޭފުޅުން މަޑުން ތިއްބެވިއެއްކަމަކު ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުން.
އައްޒުވީ
18 September 2024
އަސްވާޑުގެ މިނިސްޓަރީގެ ހަރަކާތް މަދުހެން ހީވޭ. އެކަމަކު ބަޖެޓްގެ ދަތިކަމާ އެކުވެސް ހެރިޓޭޖް މިނިސްޓަރީން މިވީ ހިސާބަށް ގިނަ މަސައްކަތް ތަކެއްޗކޮށްފި. އެ މިނިސްޓަރީ އިބޫ ސަރުކާރުގައި ނަމެއްގައި އުފެއްދީއެވެ. އަލަށް މިނިސްޓަރީ އެއް ހަދާއިރު ކެޕޭސިޓީ ބިލްޑްކުރަން ކުރަން ވަރަށް ގިނަ މަސައްކަތްކުރާންޖެހެއެވެ. ނަމެއްގައި ޔުމްނާ އަށް މިނިސްޓަރުކަން ދީގެން ގޮނޑީގައި ބައިންދައިގެން ތިބީއެވެ.
އޯލްސޯ އަށް
18 September 2024
އެޑިއުކޭޝަނޭ.. މާތް ކަލާކޯ.. ތިބޭފުޅާހަމަތަ؟ މުޅި އެޑިއުކޭޝަން މިއޮތީ ބޮއްސުންލައިފަ. ތި ޝަފީއު ދެއްކުންތެިރކަން ނޫންކަމެއް އަދި ނުކުރޭ.
މަގުބޫލު
17 September 2024
ރަނގަޅު ކަމެއް.