އަމީން ކޮންސްޓްރަކްޝަންސް އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އަމީން އެވެނިއު އެޕާޓްމަންޓް ކޮމްޕްލެކްސް: މި ތަނުން ދެ އެޕާޓްމަންޓް ގަތުމުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އެފްއޭއެމްގެ ފައިސާ އަށް ހިޔާނަތްތެރިވީ މައްސަލައިގައި ދައުވާކޮށްދޭން އެދި ވަނީ ފޮނުވާފައި.
18 ސެޕްޓެމްބަރ 2024 - 19:10
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބައެއް އިސްވެރިން ހިންގި ކޮރަޕްޝަންގައި، ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނިގޮތުގައި އަމިން ކޮންސްޓްރަކްޝަނުން އިމާރާތް ކޮށްފައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލަން މަސައްކަތް ކުރި ކަމަށެވެ.
ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް މާލީ ދަތިކަން ކުރިމަތިވުމުން އެހީތެރިވުމަށްޓަކައި ފީފާ އިން އެފްއޭއެމަށް ދޫކުރި 1.9 މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ބައްސާމް ދެއްކި ކަމަށެވެ.
އެއީ އެޕާޓްމަންޓް ގަތުމަށް ދިން ޑޮލަރު ކަމަށް ވިޔަސް، މަސައްކަތް ކޮށްފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމުގައި ހެދުމަށް ކަމަށާއި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަމިން ކޮންސްޓްރަކްޝަނުން ދިން ކަން ދެއްކުމަށް ލިޔުންތައް ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެފްއޭއެމުން ވެސް އެ ފައިސާ ލިބުނު ކަމަށް ދައްކަން ވެގެން އެހެން ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ލޯނުގެ އަދަދާއި އަމިން އިން އެފްއޭއެމަށް ފައިސާ ދެއްކި ކަމަށް ބުނެ ތައްޔާރު ކޮށްފައިވާ ލިޔުންތަކުގެ އަދަދާ ދިމާވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ދައުވާ ކޮށްދޭން ފުލުހުން ހުށަހަޅާފައިވާ ފަރާތްތައް.
މި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ އިތުރުން ބައްސާމާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ. އެ ހުރިހާ އެންމެންގެ މައްޗަށް ކުރަނީ ހިޔާނާތާއި އޮޅުވާލުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތެވެ.
އަމިން ކޮންސްޓްރަކްޝަނަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ އެއް ކުންފުންޏެވެ. ވެލާނާ ބިލްޑިންގް ހިމެނޭހެން ސަރުކާރުގެ ވަރަށް ގިނަ އިމާރާތްތައް އެ ކުންފުނިން ވަނީ އިމާރާތްކޮށްފަ އެވެ.
އަމިން ކޮންސްޓްރަކްޝަން ހިމެނޭ މި މައްސަލަ ފުލުހުންނަށް ފާހަގަ ކުރެވުނީ އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ދޭ ޑޮލަރު އެ އެސޯސިއޭޝަނުގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގުމުގެ މައްސަލަތަކެއް މިދިޔަ އަހަރުގެ އޮކްޓޫބަރު ތަހުގީގު ކުރަން ފެށުމުންނެވެ. އެ މައްސަލާގައި އެފްއޭއެމަށް މިދިޔަ އަހަރު ފުލުހުން ވަދެ، ލިޔުންތަކެއް ވެސް ގެންދިޔަ އެވެ.
މި މައްސަލާގައި ހިމެނޭ އެހެން ބައެއް މުއާމަލާތްތަކާ ގުޅިގެން ބައްސާމްގެ މައްޗަށް ދައުލަތުން މިހާރު ވެސް އޮތީ ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްރަފަ
19 September 2024
ތީ ދެން މިހާރު މިރާއްޖޭގެ ޓްރެންޑަކަށް ވެއްޖެ. ސަޅިކަމެއް ތި. ރަށުތެރޭ އެބަކިޔާ އަދުރޭވެސް އަމިން އެވެނުއިން 2 ޕެންޓްހައުސް ގަތްވާހަކަ. ޔަގީންވާ ކަަމަކީ މިފަސް އަހަރަކު އެކަމެއް ނުބަލާނެކަން. އެއީ ނޫންތޯ މިރާއްޖޭގަ ކަން ހިނގަމުން މިއަންނަ ގޮތަކީ
ހައްހައް
19 September 2024
އަމީން ކޮންސްޓްރަކްޝަން! ތަންކޮޅަކަށް ވުރެވެސް ބޮޑަށް މާ ބޮޑަށް ފެންމަތިވެގެން އުޅޭ ބައެއް. މިފަހަރު އިރާދަކުރެއްވިއްޔާ ސައިޒަށް ތިރިވާނެ!
އަންނޯން
19 September 2024
ސަރުކާރުން ފުޅާ ކޮށްދިނީމަ އެންމެން ވެސް ފުޅާ ވާނެ.
ކަތްދައްތަ
19 September 2024
ފަހިވާގެ ކިޔަނީ ކިޔަންވެގެންކަން މިއެގުނީ. އުޅޭނެހާ ގޮތަކަށް އުޅުނުސް ހުރިހާކަމެއް ފަހިވެގެން މިދަނީ.
ވޯލް
19 September 2024
ތީގެން އެއްވެސް ދައެުވާއެއް ސާބިތު ނުވާތާ، ދައުވާކޮށްފާނެ ކަމާމެދުވެސް ސުވާލު އުފެދޭ. ކުއްލިއަކަށް ނުކިއްސަރުގޮތަކަށް އޭރުހުރި ޕީޖީ ވަކިކޮށް ވަކި، ރައީސްއޮފީހުގައި ސިޔާސީ ބޮޑު މަޤާމެއް ދީފައި ހުރި ވަކި ސިޔާސީ ފިކުރެއްގެ މީހަކު ގެންގޮސް ޕީޖީ ފަދަ މުސްތަގިއްލު މަޤާމަކަށް ލުމަކީ ބޮޑު ސުވާލެއް އުފެދޭ ކަމެއް. މި ރާއްޖޭގައި އޮންނަ އުސޫލަކީ ވައްކަން ކުރަންޔާ ބައި އަޅައިގެން ސަލާމަތް ވެވޭވަރަށް މިލިއަނުން ވައްކަން ކުރުން.
އެޑްމުންޑޯ
19 September 2024
މިފަދަ ކޮންމެ ޚިޔާނާތެއްގެ ފަހަތުގައި މުއްސަދި މަހުޖަނަކު ހުރެގެން ވައްކަން ކޮށް ލޫޓްވާލަނީ ،
ކޮމެންޓޭ1
19 September 2024
ކޯޓާ ހިސާބުން ކޮންމެސް އަކުރަކާ ފިއްޔަކާ ދޭތެރެއިން ތިކަން ނިމޭނެ. ދުވަސްކޮޅެއް ކޮއްލާފަ މަޖިލިހަށް ކުރިމަތިލާންވީ ދެން. ލައްކަ ފައިސާވެސް އޮންނާނެ.
ސަހަލު އެކަކުވެސްނެތް
19 September 2024
އާއިލީ ކަމެއްދޯ މި ހަމަ
މަވާސަލާމް
18 September 2024
ތި ބައްސާމް އަމީނުން ގަނެފައިވާ އެޕާޓްމަންޓްގެ މެއިންޓަނަންސް ފީ ނުދައްކާތާ އެތައް ދުވަހެއްވެއްޖެ. މިހާރު އެތައްހާސް ރުފިޔާއެއް ނުދައްކާ އެތާގެ ހުރިހާ ޚިދުމަތެއް ހޯދަމުން އެ ގެންދަނީ. ލަދެއްވެސް ނުގަނޭ
މައުރީނު
19 September 2024
ލަދު އެއީ ކޯންޗެއްކަން ވެސް ނޭނގޭ ބ މީ ބޯހަލާކު ލަދުން ދެފައި ކައިރިކޮށްލަން ނުކުރޭ މިހާރު
ޢާސާދީ
18 September 2024
ޢަދިވެސް މަސީ އާ ތަންތަނުގެ ވެރިޔަކަށް ލާފައި ބަހައްޓާ! މުޅިން އެއުޅެނީ އެގޮތަކަށްނު! ޢަހަރުމެން މުސްކުޅިން ތިބޭނަން ބަހެއްނުބުނެ! ޢާންދޮގޭ ތަޅޭ!