ޚަބަރު / އިގިރޭސިވިލާތް

އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތް ހަދައިފި

19 ސެޕްޓެމްބަރ 2024 - 11:32

27 comments

އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދައިގެން ނޫނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން، ދިވެހިން ހިމެނޭހެން އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހަދައިފި އެވެ.

އެ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތައް ގެންނަން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ.

އޭގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި އެ ގައުމަށް ވަނުމުގެ ކުރިން ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުން ކަމަށް، އިނގިރޭސި ސަރުކާރުން ހިއްސާކުރި މައުލޫމާތާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުންޏެވެ.

އިމިގްރޭޝަންގެ އާ ގަވައިދުގެ ދަށުން އަންނަ ނޮވެމްބަރު 27، 2024 އިން ފެށިގެން ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ މީހުންނަށް އީޓީއޭއަށް ރިކުއެސްޓްކުރެވޭނެ އެވެ. އޭގެ އިތުރުން، ޖެނުއަރީ 8، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށް ފަހުގަ އެވެ.

އީޓީއޭއެއްގެ އަގަކީ 10 ޕައުންޑެވެ. އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަ ވެގެން ހަ މަސް ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ނުވަތަ ޕާސްޕޯޓު މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް ގިނަ ދަތުރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށް އިނގިރޭސި ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އޭޕްރީލް 2، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައިވެ އެވެ." ބަޔާނުގައި ވެ އެވެ.

ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން އެ ގައުމުގެ އިމިގްރޭޝަން ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަން އެދިފަ އެވެ.

27 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 57%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރަގަނޑު

19 September 2024

އެތަނަށް އެތެރެ ވުމަށް ފަހު ތާކު ހަމަ ހުއްޓަކާ އެއްވެސް މީހަކު ނާހާނެ ކާކުތޯ ކޮބައިތޯ ވިސާޔާ ވޯކްޕާމިޓާ ފަޅޮލަކާ. މި ގައުމުގައި ވާގޮތަކީ އެތެރެވާންވީ. ދެން މަގުމަތީ ފުލުހުންނާ ތަންތާގެ ސޭޓުންނާ ބޯޓު ކައްޕިންނާ ވިއްޔޯ ބިދޭސީއަކު ފެންނަހާ ތާކުން ހުއްޓުވައިގެން ވިސާޔާ ހުއްދަޔާ އެއްޗެހި ހުރޭތޯ ބަލަން. ކިހާ ބޮޑު އިހާނާތެއް. މިޔޯ ގަވައިދާ ޚިލާފަށް އުޅޭ މީހުން ކޮންޓްރޯލުކުރާ ގޮތަކީ.

The name is already taken The name is available. Register?

ނޭހީމައި

19 September 2024

ނޭހީމަ އެމައްސަލަ އެތަނުގައި ނެތީކަމަށް ބަލަންވީތޯ؟

The name is already taken The name is available. Register?

ފާލަންދަށުފުރޭތަ

20 September 2024

މި ކީކޭ މި އޮތީ؟ https://www.gov.uk/government/news/hundreds-of-rogue-employers-targeted-in-illegal-working-crackdown https://www.indiatoday.in/world/indians-abroad/story/indian-firms-restaurant-uk-fined-thousand-of-pounds-employing-illegal-migrants-staff-working-civil-penalties-midlands-east-england-london-2592753-2024-09-03 މާ ބޮޑަށް އިނގެނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 September 2024

އިމިޤްރޭޝަން ޤާނޫނަށް މިފަދަ ބަދަލުތައްގެނެސްގެންނޫނީ ޤާނޫނާއި ޙިލާފަށް ރާއްޖޭގައިއުޅޭ ބިދޭސިންގެމައްސަލަ ހައްލުނުކުރެވޭނެ. އަދި ދެމެހެއްޓެނިވިގޮތަކަށް ރާއްޖޭގެ ބޯޑަރ ވެސް ނުބެލެހެއްޓޭނެ. # މިދަންނަވާ ބަދަލު ގެނައުމަށާއި އަދި ކިކަމަށް ބޭނުންވާ އިދާރީމަސައްކަތާއި ވަސީލަތް ޤާއިމް ކުރުމަށްޓަކާ ޓަފް އޮސްޓަރިޓީ މެޝާސް ތިޔަ ވިދާޅުވާ ބަދަލުތައްގެނެސް ރާއްޖެއަންނަ ޑިޕްލޯމަޓިކް ޕާސްޕޯޓް ހޯލްޑަރުން ފިޔަވާ ރާއްޖެއަންނަ އެހެންމީހުންގެއަތުން ވީސާ ފީ ނެގިދާނެ.

The name is already taken The name is available. Register?

ކުރުންބާ

19 September 2024

އަދިވެސް ވެރީ ވެރީ އިމްޕޯރޓަންނޓް PNC ބޮޓޫން ސަރުކާރު އިސްމަގާމުތަކަށް ލާ.

The name is already taken The name is available. Register?

ދަގަތްފާނު

19 September 2024

އިނގިރޭސިވިލާތުގައި ކޯނޗެއް އޮވެގެންތޯ ދިވެހިން ތިވަރަށް ތަކުލީފު އުފުލައިގެން އެތަނަށް ދާންވީ. 80 ގެ ކުރީކޮޅާ ހިލާފަށް ތައުލީމާއި އީޖާދުކުރުން އޮތީ ޗައިނާ އެމެރިކާ ހިސާބުގަ، އުފެއްދުންތެރިކަމާއި ވިޔަފާރި އޮތީ ޗައިނާގަ. ކާބޯތަކެތި ހުރީ އިންޑިއާގަ. ތެޔޮހުރީ އަރަބިކަރައިގަ. ޓޫރިޒަމް އޮތީ އޭސިއާއާއި ތުރުކީގަ. އިނގިރޭސި ވިޔަފާރި ގުރޫޕަކަށް މިލިއަނުން ފައިސާދައްކައިގެން އެމީހުންގެ އިމްތިހާނުތައް ރާއްޖޭގައި ކޮންމެހެން ހަދަންޖެހޭތޯ މިގަރުނުގައި.

The name is already taken The name is available. Register?

ޓަފް އޮސްޓަރިޓީ މެޝާސް

19 September 2024

ދިވެހިރާއްޖެއަށް އެތެރެވާ ކޮންމެ ފަތުރުވެރިއެއް އަތުން 75 ޑޮލަރުގެ ވިސާ ފީއެއް ނަގަން ގޮވާލަން. މިއީ އެތައް ޤައުމަކުން ކުރާކަމެއް. މިކަމުގެ ސަބަބުން ރާއްޖެ އަންނަ ކްލާސްގެ ފަތުރުވެރިންނަށް ބުރަ ކަމެއް ނެތް. އޮންލައިންކޮށް އޮން ވިސާއަށް ޕޭކޮށްލާފަ އައިމަ ނިމުނީ. އަހަރަކު 2 މިލިއަން މީހުން އަންނަންޏާ އެއީ ވިސާ ފީގެ ގޮތުގައި އަހަރަކަށް 150 މިލިއަން ޑޮލަރު. 2 އަހަރުން 300 މިލިއަން. 2026 ގައި ދައްކަން ޖެހޭ ދަރަނީގެ %30 އެ ލިބުނީ. ޓަފް ޑިޒިޝަން ނަގާ!

The name is already taken The name is available. Register?

ކިއިރާ

19 September 2024

ތިބުނިހެން ވަރަށް ގިނަ ޤައުމުތަކުގައި ނަގާ. މިސާލަކަށް ބޫޓަން ގައި ދުވާލަކަށް 100 ޑޮލަރު ޓޫރިސްޓެއްގެ އަތުން ނަގާ. ޓޫރިސްޓުން އަންނަ ވަރު މަދެއް ނޫން. މިއީ އަސްލު ސަސްޓެއިނަބަލް ޓޫރިޒަމް ހިންގަންޖެހޭ ގޮތަކީ.

The name is already taken The name is available. Register?

ހަފީޒާ

19 September 2024

ރާއްޖެ އަންނަ މީހުންގެ ދެބައިކުޅައެއްބައިވެސް އޭރުން ނާންނާނެ. މިހާރުވެސް ގިނަ މީހުން އަންނަނީ ކޮންވީނިއަންޓްވީމައި. ފްލައިޓްއަދި އިތުރު އެޢާޕޯޓް ޓެކްސްތަށް މިހާރުވެސް އެހާމަތި.

The name is already taken The name is available. Register?

މަހީނު

19 September 2024

ތިޔައުޅެނީ މިގައުމުގެ އިގްތިސޯދު ފުންޑާލަން. ވިސާފީނަގަން ފަށައިފިއްޔާ މެދުމިނުގެ ފަތުރުވެރިންގެ މާކެޓް އެއްކޮށް ގެއްލޭނެ

The name is already taken The name is available. Register?

ރޮށި

19 September 2024

ހާޖިރީ ގުޅުންތައް ދޯހަޅިވާ ވަރަކަށް މިކަހަލަ ތަކުލީފުތަކާ ކުރިމަތިވާނެ. ދިވެހިރާއްޖެ ދޫކޮށް ދިވެހީއްގެރާއްޖެއައުމުން މިކަހަލަ ކިތައްމެ ކަމެއް ކުރިމަތިވާނެކަން އެނގެއެވެ.

The name is already taken The name is available. Register?

ވައްލާޓި

19 September 2024

އިނގިރޭސިންގެ ހަގީގީ ކުލަ އަނެއްކާވެސް މި ފެންނަނީ!!!!!

The name is already taken The name is available. Register?

ރޮށިފިހެގެން

19 September 2024

ބުރޯ، މިއީ ހާރިޖީ ގުޅުން ދޯހަޅިވެގެން ވީ ކަމެއްނޫން، މިހާރު ހުރިހާ ގައުތަކުންވެސް އެގައުމުތަކަށް އެތެރެވުމާ ދެކޮޅު ރައްޔިތުންތަކެއްދަނީ އުފެދެމުން. އެކަމަށް ތާއީދުކުރާ ސަރުކާރުތަކަށް ވޯޓްދީ އެސަރުކާރުތައް ވެރިކަމަށް ގެންނަމުން.

The name is already taken The name is available. Register?

ޔޫކޭ

19 September 2024

"އޭޕްރީލް 2، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައިވެއެވެ." ކަމުގެ ހަޤީޤަތް ބަލާނުލާތި ކޮމެންޓު ކުރުމުގެ ކުރިން.

The name is already taken The name is available. Register?

ކުޅި

19 September 2024

އެކޮއި ޚަބަރުގެ އެންމެ ފަހު ޖުމުލަ ނަމަވެސް ކިޔާލެވޭތޯ ބަލާލަބަލަ ހިތްވަރުކޮށްލާފަ...

The name is already taken The name is available. Register?

ޏާއްކޮ

19 September 2024

ދިވެހިން އެކަނި ކުރަން ޖެހޭ ކަމެއް ނޫނޭ. ޔޫކޭ ނޫން ހުރިހާ ގައުމަކުން. ހަބަރު ނުކިޔާ ކޮމެންޓު ކުރާތި

The name is already taken The name is available. Register?

ކުނި ރޮށިބެ

19 September 2024

27 ނޮވެމްބަރުން ފެށިގެން އެމެރިކާ ރައްޔަތުންވެސް ހިމެނޭ ހެން 46 ގައުމެއް ހިމެނޭ އެ ލިސްޓުގަ. އެހެން ވީމަ އިނގިރޭސިންނާ އެކު ޙާރިޖީ ގުޅުން ހިންގަން އިނގޭ އެއްވެސް ގައުމެއް ނެތް. ކަލޭ ފިޔަވާ. ކަލޭ އިނގޭ މީހާ ދުނިޔޭގެ ހުރިހާ ގައުމަކާ ހަވާލުވާންވީނު؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 September 2024

އިޤިރޭސިވިލާތުގެ މި ނިންމުމާއިއެކު ދެން ފެންނާނީ ސިންގަޕޯރަށް ދަތުރުވކުރުމުގައިވެސް ދިވެހިންނަށް މިފަދަ ހުރަސްތަކެއް ކުރިމަތިވާތަން. އަދި އާންމުކޮށް ދިވެހި ދަރިވަރުން ކިޔަވަންދާ ޤައުމުތަކުގެ ތެރެއިން އޮސްޓްރޭލިއާ ނިއުޒީލަންޑަށް ދަތުރު ކުރުމުގައިވެސް އިތުރު ތުރާތަކެއް ކުރިމަތިވާނެކަމާއިމެދު ޝައްކެއްނެތް. # އިބްރާހިމް ސަރުކާރުން ކ.މާލޭ މީހުނަށް އެތައް ބިލިޔަން ރުފިޔާގެ ގޯތި ބަހާލިއިރު ޝަރުތު ހަމަވެެގެން ތަމަޅައިންނަށްވެސް ތިރަށުން ވަނީ ގޯތި ދީފައި.

The name is already taken The name is available. Register?

ފަހުދު.

19 September 2024

މުޅިންވެސް ވާހަކަ ނިމެނީ މުގައްދަސް މައުޅޫއު އޮޅިގެން

The name is already taken The name is available. Register?

ބަހީލުދީދީ

19 September 2024

ހެޑިން އެކަނި ކިޔާފައި ތެޅިގަންނަ މީހެއް ދޯ؟ “އޭޕްރީލް 2، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައިވެ އެވެ." އެހެންވީމަ ދިވެހީންނާ ޖައްސާލަން ހުރިހާ ގައުމަކަށް ފިޔަވަޅު އަޅާފަ މިއޮތީ މިފަހަރު

The name is already taken The name is available. Register?

އަފީފު ދީދީ ޖެހޭނީ ތިހެން ތެޅިތެޅި ހުންނަން

19 September 2024

އޮނަރަބަލް އަފީފު ދީދީ ތިހުރީ މާލޭ މީހުންނަށް ޙަސަދަވެރި ވީވީނުން މޮޔަ ބޮލަށް އަރާފަ އެވެ. ޝާއިރު ވިދާޅުވަނީ: "އަދަބުވެރިކަން ނެތީވިއްޔާ ޤަދަރު ނެތިގެން ހިނގައިދާނޭ" އެވެ.

The name is already taken The name is available. Register?

އައްޑޫބޮނޑަމީހާ

19 September 2024

މިއަފީފު އަށް ހާދަ އަސަރެއްކޮއްފިއޭދޯ މާލޭގެ ރައްޔިތުންނަށް ފުލެޓާއި ގޯތިދީގެން! ބަލަ އައްޑޫގަވެސް ހަމަ ފުލެޓާއި ގޯތި ދެޔޭ! މާލޭ މީހުންނަކަށް އަސްރުކޮށްގެން ނޫޅެޔޭ!!! ކޮންމެ ކަމެއްގަ ސުރުހީ އޮތަސް ނިންމަނީ ގޯތިން!

The name is already taken The name is available. Register?

އޮނަރަބުލް

19 September 2024

ސާބަހޭ އަޕީޕި ދީދީ! ނަސްލިއްޔާތު މެކުހައު ޖަހަފައި ހިފަހައްޓާ!

The name is already taken The name is available. Register?

ޠ‫ޯތޯ

19 September 2024

ސ‫ިންގަޕޫރަށް މިހާރުވެސް އޮންލައިން އެރައިވަލްކާޑު ފުރަންޖެހޭ.

The name is already taken The name is available. Register?

އެ ބޭޅާ

19 September 2024

ދަތިކުރުމުގެ ފިޔަވަޅު.

The name is already taken The name is available. Register?

ބަގީލު

19 September 2024

49 ގައުމަށް؟ އަދި 2025ގައި ހުރިހާ ގައުމަކަށް؟ ލާރި ހޯދަން އެޅި ފިޔަވަޅެެއް

The name is already taken The name is available. Register?

ދިށްއޮނަރަބުލްއަޕީޕުޑީޑީ

19 September 2024

މާލޭ މީހުންގެ ލޯބިވާ އަފީފު ހަދާހެން ހަދަންތަ؟ މަ މިބުނަނިއްޔޭ ޓޫރިޒަމް ފުޑަލާން ދައްކާ ވާހަކާކޭ މީ. އެހެން ވީމާ ޓެކްުސް ނުނަގާން ވިއްޔޭ. މާލޭ މީހުންނަށް ފަޅުތަކުން ދިން ގޯތި ރަޖިސްޓަރީ ކުރަން ވިއްޔޭ. ބަންކަރިން ހިދުމައް އައްޑުއަށް ބަދަލުކުރަންވިއްޔޭ ތަރައްގީ މެކުހައު ޖަހަލަން ބޭނުމިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454