އެމްކިއުއޭގައި ބޭއްވި ބައްދަލުވުމެއްގައި ފިޒާނާ (މ).--
20 ސެޕްޓެމްބަރ 2024 - 11:57
ބޭރުގެ ޔުނިވާސިޓީއަކަށް މީހަކު ހުށަހެޅި ރާއްޖޭގެ ސެޓްފިކެޓަކާ މެދު ޝައްކު އުފެދިގެން ބެލި އިރު އެއީ ފޯޖުކޮށްފައިވާ އެއްޗެއްކަން ފަޅާއަރައިފި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ ރާއްޖޭގެ ސެޓްފިކެޓުތަކުގެ ޔަގީންކަން ހޯދަން ބޭރުގެ ކޮލެޖު/ޔުނިވާސިޓީތަކުން އާއްމުކޮށް ހުށަނާޅާ ކަމަށެވެ. މިއީ، އެގޮތަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
އޭނާ ވިދާޅުވީ މާސްޓާސް ސެޓްފިކެޓަކާ މެދު ސުވާލު އުފެދިގެން އެކަން ޔަގީންކުރަން އެ ޔުނިވާސިޓީން ހުށަހެޅީ، ސެޓްފިކެޓު ދިން ކަމަށް ބުނާ ކޮލެޖު/ޔުނިވާސިޓީއަށް ކަމަށެވެ.
ނަމަވެސް، އެ ތަނުން ބެލިއިރު އެއީ ފޯޖުކޮށްފައިވާ ސެޓްފިކެޓެއް ކަން އެނގުމުން އެ ފަރާތުން ވަނީ އެމްކިއުއޭއަށް އަންގައިފަ އެވެ. ފިޒާނާ ވިދާޅުވީ އަންނަ ހަފުތާގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
ފޭކް މާސްޓާސް ސެޓްފިކެޓެއްގެ މައްސަލަ ފެންމަތިވިއިރު، މިދިޔަ މަހުގެ ފަހުކޮޅު ވެސް ދެ މީހަކު ފޭކް ލިޔުން ހުށަހެޅިކަން ކަށަވަރުކުރެވުމުން އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.
އޭގެ ތެރެއިން އެކަކީ ޓީޗިން ދާއިރާއިން ކިޔަވާފައިވާ ކަން އަންގަން ފޭކު ސެޓްފިކެޓެއް ހެދި އަންހެނެކެވެ. އޭނާގެ އޯލެވެލް އަދި ދެ ތަނަކުން ހެދި ޑިޕްލޮމާގެ ދެ ސެޓްފިކެޓް ވެސް އޮތީ ފޯޖުކޮށްފަ އެވެ. އެކަން ސަމާލުކަމަށް އައީ އެކަން ކުރި މީހާ މާލޭގެ ބައެއް ސްކޫލުތަކުގެ ވަޒީފާއަށް ހުށަހަޅަމުން ދާތީ ކަމަށް ފިޒާނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެޓެސްޓު ކުރާ ލޯޔަރުންގެ ތައްގަނޑުގައި ވެސް ފޭކް ސޮއި ހުރޭ،" ފިޒާނާ ވިދާޅުވި އެވެ.
ފިޒާނާ ވިދާޅުވީ ފޯޖު ސެޓްފިކެޓުތަކުގެ މައްސަލަ ބޮޑުވަމުން ދަނީ ލޯކަލް ވެލިޑޭޝަން 2016 ވަނަ އަހަރު ހުއްޓާލާފައި ވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީއެސްސީ
20 September 2024
އެމްއެންޔޫގެ ސެޓްފިކެޓެއް ފޯޖްކޮށް ވަޒީފާއަށް ހުށަހެޅުމުން, އެކަން ފަޅާއަރައިގެން ސީއެސްސީއިން އެމްއެންޔޫއަށް އެންގި. މިޢި ލޯ ސެޓްފިކެޓެއް. ޢެމްއެންޔޫއިން ފިޔަވަޅު އެޅިކަމެއްނޭނގެ. މުސްތަގްބަލުގެ ލޯޔަރަކު ސެޓްފިކެޓް ފޯޖް ކުރީމައި އެއީ ވަރަށް ދެރަވަރު. ޢަދި އަޅާނުލާ އެކަން ދޫކޮށްލާފައިވާނަމަ އަދި މާ ދެެރަ
ދެރަވަރު
21 September 2024
މުސްތަގުބަލްގެ އެފަދަ ލޯޔަރުންނަކީ ދޮގު ހެދުމުގައި އަރާ ތިބި ބަޔަކަށްވާނެއިރު އެފަދަ ކަމެއް ކުރުމަކީ މިޒާޖާ ގުޅުން ހުންނާނެ ކަމެއް. ކުށްވެރިން ސަލާމަތްކުރަން ދޮގުހަދައި ކޯޓުގައި ވަކާލާތުކުރުމަކީ ދީނުގައި ހުއްދަވާނެކަމެއްތޯ ނޫންތޯ ބަލާލުމެއް ނެތި ކުށްވެރިން ހިމާޔަތްކުރުމުގައި އެއްބަޔަކު އަވަދިވަނީ ގާނޫނު އެފަދަ ކަންކަމަށް ތަންދޭތީ. ކޭސް ކާމިޔާބުކުރަން ކޮންމެފަދަ ހައްދަކަށް ދާއިރު ދީނަކީ ބަލަންވާ އެއްޗެއް ނޫން ފަދަ.
ތައްހާނު..
20 September 2024
ފޯޖު ނުކުރިއަސް، ރާއްޖޭގެ ގިނަ ކޮލެޖް ތަކުން ދޫކުރާ ސެޓްފިކެޓް ތަކަކީ ކިހާ އަގެއް ހުރި އެއްޗެއް ބާއޭ ހިތައްއަރާ. ކިޔަވާ ބައެއް ދަރިވަރުން ދައްކާފަ ހުރި ވާހަކައިން މިހެން މިއަހަނީ. ކިޔަވާދިނުމުގެ ފެންވަރު ދައްކަމާ، އޮންލައިން ޓެސްޓް ތަކުގަ ކޮޕީ ކުރުމާ، އެހެންމީހުން ލައްވާ ކޯސްވޯކް ހެދުމާ، އަދި މިކަންކަން ކޮލެޖަށް އެގުނަސް އަޅާނުލުމާ މީ އަޑުއިވިފަ ހުރި ވާހަކަތައް.
ރަންނަ
20 September 2024
ގައުމުގެ އަގުވެއްޓި އެހެން ގައުމުތަކުން ރާއްޖޭގެ ސެޓްފިކެޓްތައް ބަލައިގަތުން ހުއްޓި ބުރަމަސައްކަތުން ކިޔެވި ކުދިންނަށް ކިހާބޮޑު ގެއްލުމެއްމީ؟ އެހެންވިޔަސް ތި ކުއްވެރިޔާގެ ހައްގު މާބޮޑުވާނެ މިގައުމުގަ
ކުށް
20 September 2024
ކުށްވެރިންގެ ހައްގު ބޮޑުވާނެތާ ލޯޔަރުންނަށް ވާންތިބި މީހުންވެސް ފޯޖްވިއްޔަ ކުރަނީ
ޝައުގު
21 September 2024
ކުށްވެރިން ހިމާޔަތްކުރަން ދޮގުހަދާ އޮޅުވާލަންޖެހޭއިރު އޭނައަށް އެއީ މާބޮޑު ކަމަކަށްނުވާނެތާ
އަހުމަދުއަލޯ
20 September 2024
ރާއްޖޭގައި އެމްކިއުއޭއިން ފަސޭހަގޮތަކަށް ސެޓިފިކެޓު ވެރިފައިކުރެވޭ ކަހަލަ ޕޯޓަލްއެއް ހަދަލީމަ ތިކަން ނިމުނީ.
ޖުއްބާ
20 September 2024
ދެން ދިވެހިން ހެސްކިޔާފަ ފޯޖުކުރާނެދޯ. ކިތަންމެ ވަރަކައް ޑިގުރީ އަކާ މާސްޓާއެއް ހަދައިގެން ހުއްޓަސް، ސަހަލު ވަޒީފާއެއް މިތަނަކު ނުލިބޭ. ވަޒީފާއެއް ލިބުނަސް، އުޅެން މިޖެހެނީ ކޮންމެސް ނުކިޔަވާހުރި ސިޔާސީ ސޭކަކައް ގުލާނުތަޅައިދޭން.
މަހުނޭ
20 September 2024
ތިޔަ ދެއްކީ ހައްތަހާވެސް ކިޔެވިކަން ދައްކަން ނުޖެހޭ ވާހަކަ ދޯ؟
ބަލާވެރިކަން
20 September 2024
"މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެޓެސްޓު ކުރާ ލޯޔަރުންގެ ތައްގަނޑުގައި ވެސް ފޭކް ސޮއި ހުރޭ،" ފިޒާނާ ވިދާޅުވި އެވެ." މިވަރުވެ ބޮޑު ކަންބޮޑުވުންތަކުގައި ވައްކަން ކުރިމީހެއްގެ ނަން ހާމަނުކޮށް ކީއްކުރަންތޯ ނޫސްތަކަށް ޚަބަރަށް މިވާހަކަތައް މިހާމަކުރަނީ. ވައްކަން ކުރާ މީހުން ސިއްރުކުރާނަމަ މިވައްކަންވެސް ސިއްރުކޮށްފައި ބާއްވަވާ. ކަންބޮޑުވުން މިނިސްޓްރީގައި ސިއްރުކޮށްފައި ބައްވަވާ.
ކަހެރުވައް
20 September 2024
ތިއީ އަދި ބޭރުގެ ތަންތަނަށް ހުށަހަޅާ ސެޓްފިކެޓްތަކުގެ ވާހަކަ. ރާއްޖޭގެ އެތެރޭގެ ހާލަތު އޮންނާނެގޮތް ވިސްނާލާ.. ގާނޫނެއް ގަވާއިދެއް ހަމައެއް ލަމައެއް އުޅުމެއް އަޚްލާގެއް ދީނެއް މިއްލަތެއް ދުނިޔެއެއް އާޚިރަތެއް އަމައެއް ބަފައެއް ހަލާލެއް ހަރާމެއް ބެލުމެއް ނެތި ދުނިޔޭގެ އެދުންތަކުގެ ތެރެއަށް ގެނބި ޣަރަގުވެފަ...
ވަގުކަލޭގެ
20 September 2024
ވަގައް ކަމެއް ކޮއްލުން ހިތުނިޔަތް ގަތުން ނޫންކަމެއް މިހަަރު ދިވެހިންގެ ނެތީބާއޭ ހިތައް އަރާ
ވަކީލު
20 September 2024
އެޓެސްޓްކުރާ ލޯޔަރުންނަށް 100% ކަށަވަރުކޮށް ނުދެވޭނެ އެޓެސްޓްކުރާން ހުށަހަޅާ ސެޓްފިކެޓަކީ އަސްލެއްކަމެއް ނުވަތަ ފޯޖު ކޮށްފައި އޮތް އެއްޗެއްކަމެއް. ސަބަބަކީ އަސްލު ސެޓްފިކެޓްގައި ހުންނާނެ ސިފަތަކެއް ލޯޔަރަށް ނޭނގޭނެތީ.އަދި ކުރިއަރާފާމިވާ ޒަމާނުގައި އަސްލުސެޓްފިކެޓާ ހަމަ އެއްގޮތަށް އެ ފެންވަރަށް ފޯޖުކޮށް ސެޓްފިކެޓް ހަދާލެވިދާނެ. ހަގީގަތުގައި ލޯޔަރުގެ ޒިންމާއެއްނޫން އެޓެސްޓްކުރަން ހުށަހަޅާ އޮރިޖިނަލ2 ސެޓްފިކެޓަކީ އަސްލު އެއްޗެއްތޯ ޔަގީންކުރުމަކީ.
ހަސަންދީ
20 September 2024
މާލޭގަ އެޓެސްޓް ކޮށްދޭ ފޮޓޯކޮޕީ ނަގާތަންތަނުން އެޓެސްޓް ކޮށްދެނީ ސީދާ ލޯޔަރެއް ނޫން.ލޯޔަރު ނެތަސް އެލޯޔަރުގެ ތައްގަނޑު ޖަހާދީފަ ސޮއި ކޮށްލަނީ ފޮޓޯކޮޕީ ނަގާތަންތަނުގަ ތިބޭ އެހެންމީހުން.
ހާކާ
21 September 2024
ތަންތަނުން ސެޓްފިކެޓް ދޭއިރު ނަމްބަރެއް އެއްޗެއް، ސެޓްފިކެޓް ދެވުނު މީހުންގެ ޑޭޓާބޭސްއެއް އެއްޗެއްވެސް ނޯންނަނީތަ އެކަން ކުރަން މިހާ ފަސޭހަ ޒަމާނުގަ. ތަނަކަށް ސެޓްފިކެޓެއް މީހަކު ހުށަހެޅީމަ ސެޓްފިކެޓް ދިން ތަނާ ގުޅައިގެން ނޫނީ އޮންލައިންކޮށްވެސް ޗެކްކޮށްލެވެން ނޯންނަނީބާ ފަސޭހައިން އެއީ އެ ބުނާ މީހަކަށް ދިން އެއްޗެއްތޯ ނޫންތޯ. އެޓެސްޓް ކުރުމަކީ ފޯޖުކުރަން ފަސޭހަ ގޮތެއް.
ޝާރޑް
20 September 2024
ހުރި ހިތާަމައެއްގެ ބޮޑުކަމާއެވެ. މިޤައުމުގައި ކުށްކުރުން ނޫން ކަމެއް ނެތް!