އެމްކިޔުއޭސެ ސީއީއޯ، ފިޒާނާ އަދި ބައެއް މުވައްޒަފުން.-- ފޮޓޯ: އެމްކިޔުއޭ
26 ޑިސެމްބަރ 2025 - 00:21
ވަޒީފާ އަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިއްޔެ ބުނެފި އެވެ،
ސަރުކާރުގެ ގެޒެޓްގައި އެމްކިއުއޭ އިން އާއްމުކުރި ދެންނެވުމެއްގައި ބުނީ، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމެއް ކަމަށާއި އެއީ ގިނަ އަދަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއް ކަމަށެވެ. އެހެންވީމާ އެ ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް، ތިން އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަކުރަންޖެހޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
"...މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ،" އެމްކިއުއޭގެ ދެންނެވުމުގައި ވެ އެވެ.
އެ އޮތީރިޓީން ބުނި ގޮތުގައި، ވަޒީފާ އަދާކުރާ ނަމަ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވާން ޖެހޭނީ ޕާޓްޓައިމް ކޮށެވެ. ނަމަވެސް ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ހާއްސަވެގެން ތިބޭ މީހުންނަށް ފުލްޓައިމްކޮށް ކިޔެވިދާނެކަމަށް ގަބޫލުކުރެވޭ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ، ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާ ކުރާ ގޮތާ ގުޅޭގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް އަދި ނެތެވެ. އެކަމަކު، ޑޮކްޓޯރަލް ޑިގްރީ ގަބޫލު ކުރުމާ ގުޅޭ މިންގަނޑެއް އެ އޮތޯރިޓީގެ "ރާއްޖެ އިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޕްރޮގްރާމްތަކަށް ވެސް އެ އުސޫލު ފައްތަން ނިންމާފައިވާ ކަމަށް ވެސް އެމްކިއުއޭ އިން ބުންޏެވެ.
އެގޮތުން އަމަލުކުރަން ޖެހޭނެ ދެ ކަމަކީ:
1- ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތެވެ.
2- ޕާޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތެވެ. ނުވަތަ އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާޓް ޓާއިމް މުއްދަތަކަށް ވާން ވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށް ވުރެ މަދު ނޫން މުއްދަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
27 December 2025
ކޮން ޕީއެޗްޑީއެއްނަގާކަށް "ޕޮލިޓިކަލް ދަމާކަނޑާކޯސް ވިތް ވޮއިސްޓްރޭނިންގް" ހެދީމަ މަތީމަގާމުތައްލިބޭނީ އެންމެފަހުން ހެދިމީހާވެސްވީ ޖަޕާނުގަ.
ށަމީރު
27 December 2025
... ބޮޑުސަރުކާރެއް ކިޔެވިޔަސް ވަޒީފާދޭނީ ގަމާރުންނައް
މޮނީޓަރ
27 December 2025
އަހަރެއްގައި އޮންނަނީ 365 ދުވަސް... ދުވަހެއްގައި އޮންނަނީ 24 ގަޑިއިރު ... 365 ސައްވީހާ ގުނަކޮށްފައި ތިނަކާ ގުނަކުރީމާ ނުކުންނަ ނަތީޖާއަކީ 26280 ގަޑިއިރު... އެމްކިއު އޭއިން 36000 ގަޑިއިރު ހަމަކުރާ ގޮތަކީ އަރަތެއް...
ކުރަފި
27 December 2025
ކޮއްކޯ އަދި އެއްފަހަރު ރަނގަޅަށް ކިޔާލަބަލަ! 36000 ގަަޑިއިރެއް ނެތޭ ލިޔެފައެއް. 3،600 ގަޑިއިރު ލިޔެފައި އޮތީ! މޮނިޓަރއަށް 36000 ފެނުން އެއީ މާބޮޑު އަރަތެއް؟
ޙަނސ
27 December 2025
ވަޒީފާއަށް ދަމުން ހަދާ ޕާރޓ ޓައިމް ޑިގްރީއާ މާސްޓަރސް އޯކޭ؟
މަހްފޫޒު
26 December 2025
ދެންރާއްޖޭގަ މިހާރު ކިޔަވާ ވަރަށްވެސް ކިޔަވާނެ މީހެއްނުވާނެ. ވަޒީފާއަށް ދިޔަސް ކިޔެވޭނެ. އެކިޔެވެނީ ވަޒީފާތަކުން ލުއިދީފަ ހުންނާތީ…. މިހާރުވެސް ރާއްޖެކުދިން ބޭރުގައުމުތަކުން ޕީއެޗްޑީ ހަދާ. ރާއްޖޭގަ ވަޒީފާއަދާކުރަމުން ބޭރަށް ވަކި މަހެއްވަންދެން ލެކްޗަރާއާއެކު ކިޔަވާ ރިސަރޗްކުރަމުން އެހަދަނީ. އެގައުމުތަކުގަ އޯކޭ ވާނަމަ ކީއްވެ ރާއްޖޭގަ ނުވާންވީ؟ ބުރަވިޔަސްވާނީ ކިޔަވާ ކުއްޖާއަށް. ތިއީ އެހެން އެޖެންޑާއެއް…
ދ×ދދ
26 December 2025
ހިތާމަޔާއެކު ބުނަންޖެހެނީ މާސްޓާރސް ހަދައިގެން ނިކުންނަ މީހާއަށް އަމިއްލައަށް ޑޭޓާ ސެޓެއް އެނަލައިޒްކޮށްލަން ނޭނގޭ ޕްރޮޖެކްޓެއްގެ ޕްރޮޕޯޒަލް އެއް ލިޔެލަން ނޭނގޭ! ރިސާރޗްގެ މެއިން ކޮންސެޕްޓް ނޫނީ ބޭސިކްސް ވެސް ނޭނގޭ! މިހެންވުމުގެ ބައިވަރު ފެކްޓަރ ހުރޭ! މިސާލަކަށް ބައެއް ޔުނި ކޮލެޖްތަކުން މާސްޓަރސް އިންނނަި ކޯސް ވޯކް ހަދާގޮތަށް މިހެން އޮތީމާ ކުދިންނަށް ނޭނގޭ އަމަލީ ގޮތުން ރިސާރޗެއް ކޮންޑަކްޓް ކުރަން ރަނގަޅަށް!
އަކްމެޑް
26 December 2025
އިހައްދުވަހު ޔޫކޭގެ 15 އަހަރު ކުއްޖަކުވެސް ޕީއެޗްޑީ ހަދައިގެން ނޫހުގަ އެވާހަކަ އޮތް.
މާލިއްޔަތު
26 December 2025
ތިތާގައި ތިބި މީހުންގެ ވަނަވަރު ހާމަކޮށްލުން އެދެން. އެއަށްފަހު ތިވާހަކަ ދައްކާނީ.
އެނދިމަރިޔަނބު
26 December 2025
މިހާރު ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ދަރިވަރުން ޓިއުޝަންދެނީ ޗެޓް ޖީޕީޓިއަށް. ކިޔަންޖެހޭ ފޮތްތަކާ އާޓިކްލް އޭ.އައި ލައްވާ ކިޔުއްވާފަ. ސަމަރީ ލިޔެލާފަ ނިންމާލަނީ. އޭގެން މީހަކު އާޓިކަލްގަނޑެއްވެސް ކިޔާނުލާ. ސަނަދު ލިބޭނެ މީހާޔަށް، ކިޔަވައިދެނީ ޗެޓްޖީޕީޓީއަށް.
ސޮބީހާ
26 December 2025
ދޫނި ރާއްޖޭގަ ނަމެއްގަ ކިޔަވައިގެން ސެޓްފިކެޓް އޮވެ މަގާމު ކުރިއަރާ މިހެން މިހެންގޮސް އުޑެއްބުޑެއްނޭނގެ މުޅިނިޒާމް ވާނުވާގަ ހުރިހާގެއްލުމެއް މުއައްސަސާތަކައް,
އިސްމާލު20
26 December 2025
ފުލްޓައިމް ވަޒީފާއަށް ދަމުން 3 އަހަރުން ބެޗްލަރަސް ޑިގްރީ ހެދުމަކީވެސް ވަރަށް މަދު ބަޔަކަށް ނޫނީ ނުވާނެކަމެއް. އެކަމަކު، މިރާއްޖޭގައި ހުރިހާ އެންމެންވެސް ޑިގްރީ ހަދަނީ އެހެން. އެކަމަކު، ހަގީގަތުގައި އެ ހޯދަންޖެހޭ ކްރެޑިޓް އަވަރސް ހަމަވާނެތަ؟ ހާއްސަކޮށް ސެލްފް ލަނިންގ ބައި. ފުލްޓައިމް ވަޒީފާއަށް ދަމުން ކޮލެޖަށް ދިޔުމަކީ އަހަރުމެން ގެނައި ގޯސް ޕްރިސިޑެންޓެއް. މިކަމަށް ހައްލު ބޭނުންވޭ.