ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ޑރ. އާމިނަތު ޒާހިރާ އިއްޔެ ބޭއްވި ދަސްވެނިވުމުގައި.-- ފޮޓޯ: އެމްއެންޔޫ
31 އޮކްޓޯބަރ 2025 - 12:09
ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ބޭފުޅަކަށް، ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.
ގައުމީ ޔުނިވަސިޓީން 2019 ވަނަ އަހަރު ފެށި ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރެއްވި އައިމިނަތު ޒާހިރަށް އެ ސަނަދު އެރުވީ އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.
އެހެންވެ، ދިވެހި ބަހުގެ ދާއިރާއިން ރާއްޖޭގައި އެންމެ މަތީ ފާހެއް އޮތް ބޭފުޅަކީ މިހާރު އެއީ އެވެ.
ޑރ. އާމިނަތު ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައި ވަނީ ވެސް ދިވެހި ބަހުންނެވެ. "ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ"ގެ ނަމުގައި އޭނާ ތީސީސް ބިނާކުރެއްވީ ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރިކަމުގެ މައްޗަށެވެ.
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ޑރ. އާމިނަތު ޒާހިރު، އޭނާގެ ތީސިސް އެމްއެންޔޫގެ ލައިބްރަރީއާ ހަވާލުކުރައްވަނީ.-- ފޮޓޯ: އެމްއެންޔޫ
އާމިނަތު ވަނީ އޭނާގެ ތީސިސް އެމްއެންޔޫގެ ލައިބްރަރީއަށް ހަދިޔާ ކުރައްވައިފަ އެވެ.
އާމިނަތު ދިވެހި ބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރެއްވީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ފުރިހަމަކުރެއްވި އެވެ.
އޭނާ އަކީ މިހާރު ވެސް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާއެކެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އާމިނަތު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވުމަކީ ދިވެހި ބަހާއި ގައުމީ ސަގާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ދިވެހިބަހުގެ މުހިންމުކަމާއި އެފަދަ ކާމިޔާބީތަކުގެ ސަބަބުން ބަހަށް ދިރުމާއި ކުރިއެރުމުގެ ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ޑރ. އާމިނަތު ޒާހިރު އިއްޔެ ބޭއްވި ދަސްވެނިވުމުގައި. ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ އާމިނަތުގެ ޕީއެޗްޑީ ހާސިލްކުރެއްވުން ވެފައިވަނީ ދިވެހި ބަހާއި ޔުނިވާސިޓީއަށާއި މުޅި ގައުމަށް ވެސް ފަހުރަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިމް
02 November 2025
ކިޔަވަދިނީ ކޮންބޭފުޅެއް؟ ޢެފަރާތަށް ޕީއެޗްޑީ ހައްގެއްނޫން؟
އަބްޑޫޅް +
01 November 2025
1965 ހާ ތަނުގަ، ސިރީލަނަކާގެ ޔުނިވަރުސިޓީ އަކުން ދިވެހިބަހުގެ ޕީއެޗުޑީ ފާސްކުރެއްވި ބުޑިސްޓު ދީނުގެ ހާމުދުރަކު، ރިސާޗު ހައްދަވަން ދުވަސްކޮޅަކު މާލޭގައި އުޅުއްވި. އޭނާގެ ނަންފުޅަކީ، އާނަންދާ ތޭރޯ. ކަލޭމެންނަށޤ ވަރެއް ނުވިތާ ދޯ؟
ޑރ ބޭކާރު
01 November 2025
ދިވެހި ބަހުން ވާހަކަދައްޖެހޭ މީހަކަށްވާތީ ހިތާމަ ކުރަން ދިރިއުޅުމުގެ 99.99 % ބަރޯސާވާންޖެހެނީ އެހެން ބަސްތަކުން ވާހަދައްކާ މީހުންގެ މަސައްކަތަށް އިންގެރޭސި ފަދަ ބަސްތައް ނޭނގުމުން ދިރިއުޅުމުގެ އެކިކަންކަމުގަ ވަރަށް ދަތިވޭ ބަހެއްގެ ބާރުއޮންނާނީ އެބަހެއް ނިސްބަތްވާ ބައެއްގެ އުފެއްދުންތެރިކަމުގެ މައްޗަށް މިސާލަކަށް ސޯމާލިޔާ ބަސްއެނގޭ މީހަކު މިގައުމުގަ ހުންނަާނެހެން ހީއެއްނުވޭ އެކަމު އިނގެރޭސިބަސް އެނގޭ ބަޔަކު މިތަނުގަ ނެތިއްޔާ އުޅޭނީ ކޮންހާލަކުބާ؟
ގައުމިއްޔަތޯ
01 November 2025
މުހިންމު ފޯމެއް އެއްޗެއް އަމިއްލަ ބަހުން ފުރަން ނުލިބޭއިރުވެސް ގަދަވެފަ ގައުމިއްޔަތޭ ބުނަނީ. އަބަދުވެސް އިސްވާނީ ފަރަންޖީއެއް.
ސަލީމު އިދުރީސް
01 November 2025
ގައުމުން ބޭރުވެގެން އިގެރޭސިބަސް ފިއަވާ އެހެން ބަހަކުން ވާހާކަ ދެއްކެނީ ސުފޭން ނުވަތަ ޕޯޗުކީޒު ބަހުން މިހެންވީއިރު ދިވެހި ބަހާމެދު ފަހުވެރި ނުވާންވީ ކީއްވެތޯ
ދިވެހި ސަރ
01 November 2025
- ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް - އެޑިއުކޭޝަނަލް ސާވިސް - ހެލްތު ސާވިސް - އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް - ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް - ޕްރޮޓެކްޓިވް ސާވިސް - ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް - ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް... މިއީ ސަރުކާރުން އިހައްދުވަހު ނެރުނު ލިއުމަކުން ކޮޕީކުރެވިފަ. ތި ދިވެހި މިނިސްޓްރީއަށް 60 ސިޔާސީ މުވައްޒަފުން ލައިގެން ކީއް ތިކުރަނީ؟
ޙުސައިނ
01 November 2025
ފެންވަރުނެތް ޕީއެޗްޑީ މީހުން ގިނަ ޤައުމެށް
ފެކްޓް
31 October 2025
"ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ" މި ބުނެފައިވާ ޖުމްލަ ފަހުމުވާނީ ދިވެހި ރަދީފަށް އެކަނި. ވީމާ ތީސިސް ކިޔާ ބޭފުޅުން. ފުރަތަމަ ދިވެހި ރަދީފު "ގިރައިގެން ބުއިން" އެދެން. ވައްސަލާމް. ...... އަދި އެ ޖުމްލައިގައި، "ދިވެހި ބަސް" ދެފަހަރަށް ބޭނުން ކޮށްފައިވުމުން ޕީއެޗްޑީގެ ފެންވަރު ވަޒަންކުރެވޭ. އެކަމަކު ކުރި ހިއްވަރާ ހޯދި ކާމިޔާބަށް ޝުކުރު ޙައްޤު.
އަޅެ
01 November 2025
ތަންދޮރު ނޭންގޭ މީހުން ތިކަހަލަ ކޮމެންޓް ޖަހާނެ ވަރަށް ގިނައިން.
މީކާފަގެބޯވަ
03 November 2025
އަސްލުވެސް. ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. މިހާރުގެ މިއުޅޭ " އަދީބުންގެ ބައި " މީ މާމަތީގައި އުޅޭ ބައެއް. ދިވެހި ބަހުގެ ޤަވާއިދުގައި ލަފުޒުތައް އޮންނަ ހަމައަކަށް ބެލުމެއް ނޯވޭ، އެ މީހުން ބޭނުންވާ ގޮތަކަށް އަމަލު ކުރަމުންދަނީ. ހުސް ރޯނު އެދުރުން. ފަސްބައި ބަލާލާއިރު އެސްއެސްސީ އިމްތިޙާނުން ސީ ފާހަށް ވުރެ ދަށުން ލިބިފައި ތިބި މީހުން މާ ބޮޑު އަދީބުންނަށް ވެގެން މި އުޅެނީ.
ޟމމމމ
31 October 2025
މަރުޙަބާ! ޑރ. އައިންތު ޒާހިރު.
އެދުރު1
31 October 2025
ދިވެހި ބަސް މަރާލަނީ ސިވިލްސާވިސްއިންނާއި އެސްއޯއީ ތަކުން . 100% ދިވެހިން އުޅޭ އޮފީސްތަކުން ވެސް އިންޓާނަލް މެމޯއެއް ނެރުނަސް ނެރޭނި އިނގެރޭސި ބަހުން
އެތެރޭގެ އެންގުން
31 October 2025
އިންޓާރނަލް މެމޯ ވީމާ ވާނީ އިންގުލިޝް
ޙަސޭ
31 October 2025
އިންޓާނަލް މެމޯ އެއީ ކޯއްޗެއް.
ސައިމާ
31 October 2025
ފުރަތަމަ ކަމަކަށް ޕީއެޗްޑީ ސެޓްފިކެޓް ލިބިގަންނަނީ ޕީއެޗްޑީ އެއް ނެތް ބޭފުޅެއްގެ އަތްޕުޅުން. މިހިރީ ފެންވަރު
މުރާސިލް
01 November 2025
ތިޔަ ހުންނެވީ ހަމަ ހޭގައި ހެއްޔެވެ؟ ދުނިޔޭގެ އެހެން ހުރިޙާ ޤައުމެއްގައިވެސް، ޕީއެޗްޑީ ސެޓްފިކެޓް ހަވާލުކުރަން ތިބެނީ ޕީއެޗްޑީ ހޯލްޑަރުންނެއް ނޫނެވެ. 2018 އިން 2023 އަށް މިޤައުމުގައި ޕީއެޗްޑީ ހޯލަޑަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައި އެ ދިޔައީ ގުރޭޑް 7 ނިންމާފައި ހުރި ބޭފުޅެކެވެ.