ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 ސެޕްޓެމްބަރ 2024 - 12:02
ކުރީގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ރަނގަޅު މަޝްރޫއެއް ކަމަށާއި އެކަމަކު މި ޒަމާނަށް ފެތޭ ގޮތަށް އެކަން މިހާތަށް ވުރެ ރަނގަޅުކުރަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ހިލޭ ކިޔެވޭ ޕްރޮގްރާމް ރަނގަޅު ކަމަށެވެ. ނަމަވެސް، އެ ޕޮލިސީ މިހާރު އޮތްގޮތް ރިވައިސްކޮށް، 21 ވަނަ ގަރުނަށް ފެތޭ ގޮތަށް ހުނަރަށް ވިސްނާލައި ބަދަލުތައް ގެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިޔާގެ ސުވާލު އަމާޒުކުރީ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންތަކެއް ހިލޭ ޑިގްރީ ޕްރޮގްރާމާ ގުޅޭ ގޮތުން ސުވާލު އުފައްދައި ދެއްކެވި ވާހަކަތަކަށެވެ.
މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ ޖުލައި މަހު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓު ކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮން ޖަރީމާއެއްތޯ ބަލަން ޖެހޭ ކަމަށެވެ.
"މަތީ ތައުލީމް އުނގެނޭ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ބޮޑު ސްކޭމެއް ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަށް ބަދަލުތައް ގެންނައިރު، މިހާރަށް ވުރެ ރަނގަޅަށް އެކަން ގެންދެވޭނީ ކިހިނެއްތޯ ބަލާނެ ކަމަށެވެ. އެކަމަށް ހުރަސްއަޅަން ބޭނުން ނުވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"ފަސްޓް ޑިގްރީ ޕްރޮގްރާމަށް އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މި ދެންނެވީ، ބަލަމުން މި ގެންދަނީ ނުކުތާތައް ބަލަމުން ހަމަ އެންމެ ރަނގަޅު ގޮތަކަށް އެ ކުދިންނަށް ފަސްޓް ޑިގްރީ ގެންދެވޭނީ ކިހިނެއްތޯ، އެ ޕްރޮގްރާމް އަޅުގަނޑުމެން ފައިސާ ހަރަދުކޮށްގެން އެ ކުދިންނަށް ކިޔަވައިދެނީ. މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެކޭ ކުރިން ވެސް ދެންނެވިން،" މާރިޔާ ވިދާޅުވި އެވެ.
"މިގޮތުގެ މަތިން ރާއްޖޭގައި ކިޔެވެން ހުންނަ ދާއިރާތަކުން ކުދިންނަށް ލިބޭ ފުރުސަތެއް މިއީ އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެންޏާ އެ ކުދިންނަށް. އެހެންވީމަ މިއަށް އެއްގޮތަކަށް ވެސް ހުރަސް އަޅާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް އެ ޕޮލިސީގައި ހުރި ނުކުތާތައް ކުޑަކުޑަ ބަދަލެއް ގެނެސް އަދި އެއަށްވުރެ ރަނގަޅުކުރަން އަޅުގަނޑުމެން ގަސްތުކުރަނީ."
މާރިޔާ ވިދާޅުވީ ރާއްޖޭގައި ޑިގްރީ ހަދާ 11،000 އަށްވުރެ ގިނަ ދަރިވަރުންނަށް މި އަހަރު 115 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ އުސޫލު މިހާރު އޮންނަ ގޮތުން ޑިގްރީ އެއްކޮށް ހިލޭ ވަނީ ސަރުކާރުގެ ދެ ޔުނިވާސިޓީގައި އެކަންޏެވެ. އެއީ އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވާސިޓީ އެވެ. އަމިއްލަ ކޮލެޖުތަކުން ހިންގާ ޑިގްރީ ކޯސްތަކުން ވެސް ވަކި ޕަސެންޓެއް ކަވަރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބޭ
20 September 2024
65 އަހަރުގެ މީހާވެސް ޑީގްރީ ކިޔަވަންޏާ މިހާރު ހިލޭ، ދެން ޤައުމަށް އެއިން ކޮން ފައިދާއެއް ލިބޭނީ؟؟ ތި ޕްރޮގާރަމުން ހިލޭދެވެންޖެހޭނީ ހަމައެކަނި ދައުކަތުގެ ޔުނިވަރސިޓީ ތަކުން.
ހަސަންދ
20 September 2024
މަގޭ ނަޒަރުގަ ފްރީ ޑިގްރީ ލިބެން ޖެހޭނީ ޑިގްރީއަށް ކިޔެވޭނެފަދަ މާލީ ތަނަވަސްކަން ނެތް މީހުންނާއި އެފަދަ މީހުންގެ ދަރިންނަށް. މިހާރު އޮތްގޮތުން މުއްސަނދި މަހުޖަނުންގެ ދަރިންނަށްވެސް ފްރީ ޑިގްރީ ލިބޭ. ފްރީކޮށް ކިޔެވެން އޮއްވާ އެމީހުންވެސް އެނޫންގޮތެއް ނުހޯދާނެދޯ. މާލޭގެ އިންޓަނޭޝަނަލް ސްކޫލްތަކުގައި ކިޔަވާ ކުދިންނަށްވެސް އެކުދިންގެ ބެލެނިވެރިން ބޭނުންވޭ ސަރުކާރުންދޭ ހިލޭ ފޮތްލިސްޓް ލިބެން.އެހެންވީމަ އަދި ހިލޭ ޑިގްރީ ބޭނުންނުވާނީ ކާކު
ތަމީމު
20 September 2024
ސަރުކާރުގެ ކޮލެޖު / ޔުނިވާސިޓީއަކުން ނުކިޔަވާ ދަރިވަރަކަށް، ޑިގުރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު (ޑިސްކައުންޓު) ނުދިނުން، އެންމެ މުހިންމު ބަދަލަކަށް ހަދަންޖެހޭ. މީގެ އިތުރުން، ހިލޭ ޑިގުރީއަށް ކިޔެވޭނެ އެންމެ ދޮށީ އުމުރަކީ، އުމުރުން 40 އަހަރު ކަމުގައި ހަދަންޖެހޭ.
ޛުލްފިގާރު
20 September 2024
ކިޔަވަން ވަކި އުމުރެއް ކަނޑައަޅާކައްނުޖެހޭ. ކިޔަވަންބޭނުން ވާ ފަރާތްތަކައް ކިޔެވުމައް ފުރުސަތު އަދިވެސް ހުޅުވާލަންވީ ވަކި އުމުރު ފުރަ އަކައްބެލުމެއްނެތި... ދުނިޔޭގެ ބައެއްގައުމު ތަކުގަހަދާހެން ، އޭލލަވަލް އަދި އޯލެވެލް ނެތަސް ވަކި އުމުރަކުން މަތި ވީމަ މަސައްކަތުގެ ތަޖުރިބާ ވަކި ވަރަކައް ހުރިނަމަ ކިޔަވަން ފުރުސަތު ހުޅުވާލަންވީ...
ތަމީމު
20 September 2024
ރާއްޖޭގައި މިހާރު ވެސް ހިލޭ ޑިގްރީއަށް ކިޔަވަން ފުރުސަތު ލިބެނީ، 50 އަހަރު ނުވާ މީހުންނަށް. 40 އަހަރަށް ވުރެ ދަށްކޮށްފިއްޔާ، ޒުވާނުންގެ ވަރަށް ބޮޑު ބައެއް ތައުލީމު ހާސިލު ކުރަން އުޅޭނެ. މީގައި މުހިންމީ، ޒުވާން ތައުލީމީ ޖީލުތަކެއް އުފަންކުރުވުން. އަނެއްކާ، ރާއްޖޭގައި ރިޓަޔާ ކުރެވޭ އުމުރު 55 ގައި ހުއްޓާ، 50 އަހަރާ ހަމައަށް ހިލޭ ކިޔަވަން ފުރުސަތު ދިނުމަކީ ބޭކާރު ކަމެއް.
ތުނޑުހަސަނު
20 September 2024
ހިލޭ ޑިގްރީއާ ޕީއެޗްޑީއާ އެއްޗެހި ދޭންވާނީ އެއިން ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާނެ ގޮތަކަށް. މިހާތަނަށް ތިކަން ހިނގާފައި އޮތީ އެގޮތަކަށް ނޫން. ދައުލަތުގެ ތިޔަ ހޭދައިން އުފެއްދުންތެރިކަން އިތުރެއްނުވޭ. ހަމައެކަނި ދައުލަތުގެ ޚަރަދު އިތުރުވީ. %90 ހޭދަކޮށްފައި އޮތީ ގާނޫނީ ވަކީލުކަން ކިޔެވި މީހުންނަށް. އެެމީހުންނަގަނީ ރައްޔިތުންގެ ޖީބުގައި ހުރިއެއްޗެއް. އިގްތިސާދަށް ފައިސާ އިތުރުކުރެވޭ ކަންކަމަަށް ހޭދަކުރީމަ އިންވެސްޓަކަށް ވަނީ.
މިއައު
20 September 2024
ދައުލަތުގެ ބަޖެޓަށް ބުރަވާ ހަމައެކަނި ކަންކަމީ ކިޔެވުމަށް ކުރާ ހޭދައާއި އާސަންދަ. މިސަރުކާރުގެ ސިޔާސީ މަގާމުތަކަކީ ހަމަ ވަރަށް މުހިއްމު ކަންކަން
ސްޓޭޓް މިނިސްޓަރުން މަދުކޮށްބަލަ
20 September 2024
ސްޓޭޓް މިނިސްޓަރުންނާއި، ޕޮލިޓިކަލް ޑިރެކްޓަރުން ފަދަ ސިޔާސީ މަޤާމުތައް މަދުކޮށްލައިފި ނަމަ، މިލިއަނުން ފައިސާ ސަލާމަތް ކުރެވޭބެ އެވެ.
މަބުނީ
20 September 2024
ހިލޭޑިގްރީގައި ކިޔަވާކުދިން ބޮންޑްކުރަންޖެހޭ.
ޕުރާނާ ދަރިވަރެއް
20 September 2024
ބަދަލު ގެނައުން މިހާރުވެސް ލަސްވެއްޖެ. ޑިގްރީ ޕްރޮގްރާމުގަ ބައިވެރި ވެފަ ނުނިއްމާ ދަރިވަރުން ނުވަތަ ޑުރޮޕް ކޮށްލާ ދަރިވަރުން ކޯހައް ހޭދަވި ހަރަދު އަނބުރާދޭން ޖޭހޭ ގޮތަށް ފުތަރަމަ. ކޯސް ފުރިހަމަ ކުރުމުން ދައުލަތަށް ކޯހުގެ މުއްދަތައްވުރެ މަދު ނުވާނެހެން ޙިދުމަތް ކުރުން ދެވަނަ ކަމަށް. އަދި ކޯހުގެ އެޓެންޑެންސް ކޮންމެ ސެމިސްޓެއްގަ ހުށައަޅަށް ޖެހޭގޮތަށް ވެސް ހިމެނުން މުހިންމު. ތަޖުރިބާ ކުރެވުނު ކަންކަމަށް ބަލާފަ މިހެން ފާޅުކޮށްލީ އިނގޭތޯ!!
ނެހާ
20 September 2024
ރަނގަޅެއްނު.. ކޮލެޖް ކުދިންނަށް ބަސް ހިލޭކޮށްދީފައި އިނދެގެންވެސް ހަޖަމްނުވާ ބަޔަކު އެބައުޅޭ ވިއްޔަ.. ރައްޔިތު މީހާއަށް ދީފައި އޮންނަ ބަނޑު ހަނޑޫވެސް ވާނީ ނަގަން ކޮންމެވެސް އެއްޗެކޭ ކިޔައިފައި.. އިއްޒަތްތެރި މެންބަރުން ބައިތިއްބަވާ އެލެވެންސްތައް މަތީގައި…
ކަމަކު
20 September 2024
އެއްވެސް މަޖިލިސް މެންބަރެއް ނޫޅޭ ކޮލެޖް ކުދިންނައް ބަސް ހަމަޖައްސައިދީގެން. ބަޔަކު ވައްކަންކޮއްފަ ގޮސް ފިލާތިބެ ޖެއްސުންކުރީމަ ކަމަކު ނުދަނީ
ނާހް
20 September 2024
ކޮލެޖް ކުދިން ދަންވަރުވެސް ބަހުގަ ހިލޭ ކޮލެޖަށްދޭ
ގާކޮށި
20 September 2024
ބޮޑެތި މަގާމުތަކާއި އެހެން ވަޒީފާތައްދީފައިތިބި ނުކިޔަވާ މުވައްޒަފުންނަށް ކިޔެވޭނެ އިންތިޒާމުހަމަޖެއްސިއްޔާކީއްތޭވާނީ އަޅުގަނޑުމެންލަދުންމަރޭ