ސްރީ ލަންކާގެ ރައީސްކަމަށް އިންތިހާބުވި އަނޫރާ ކުމާރަ ޑިސެނަޔަކަ. -- ފޮޓޯ: އޭއެފްޕީ
22 ސެޕްޓެމްބަރ 2024 - 19:47
އަވައްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އަނޫރާ ވަނީ ރައީސްކަން ކަށަވަރުކުރައްވައިފަ އެވެ.
އެ ގައުމުގެ އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވެ، ރައީސް "އެކްސް" ގައި ވިދާޅުވީ ލަންކާގެ އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ، 55، ވަނީ ވޯޓުގެ 55.89 ޕަސެންޓަށް ވުރެ ގިނައިން ހޯއްދަވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ އާއިލާތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް މީގެ ކުރިން މަގުބޫލުކަން ވަރަށް ކުޑަ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިފަހަރު ކުއްލި މަގުބޫލުމެއް ލިބިވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާ އެކުގަ އެވެ.
އޭނާ އަކީ ލަންކާ ބަނގުރޫޓުވުމުން އައިއެމްއެފްގެ އެހީ ހޯދުމަށް ގެނައި ބޮޑެތި ބަދަލުތަކާ ދެކޮޅު ބޭފުޅެކެވެ. އޭނާ ވިދާޅުވެފައިވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ޓެކްސްތައް ކުޑަކުރައްވައި އާންމުންގެ ދިރިއުޅުން ފަސޭހަކޮށްދެއްވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ..
23 September 2024
ތިހެން ފޮނިކަޑާފަ އަންނަމީހުންގެ ކަންތައް ކުރިއަށްވުރެ ގޯސްވަނީ!
ބޭބެ 3
23 September 2024
އިންޝާﷲ މި ރާއްޖޭގައި ވެސް މިކަން މިމަގުން ހިނގާނެ. ހަމަ ޔަގީނުންވެސް އަޅުގަނޑު ދެން ވޯޓު ނުލާނަން މައިގަނޑު 2 ފިކުރަކަށް ދެން އޮތީ އުމަރު ޓެސްޓުކޮށްލުން ހައްލަކީ އުމަރު
ހިލަބެ
23 September 2024
ސިޔާސީގޮތުންބާރުގަދަވިވަރަކަށް ކޮރަޕްސަންބޮޑުވާނެކަން ވަރަށްސާފު ދެންއަހަރެމެން ދިވެހިންވެސް ސިޔާސީޕާޓީތައްދޫކޮށްލާ މިނިވަން ޖިތްވަރުގަދަ އިސްލާމްދީނަށް ހުރުމަތްތެރިކޮން ހިތާނެފަރާތެއް ރައީސްކަމަށްހޮވަންވީ އެފަދަ ބޭފުޅެއް އުމަރުނަޞީރަކީ ....
ހުސެންބޭބެ
23 September 2024
ދިވެހިން ވެސް އާ މީހަކަށް ވޯޓު ދޭންވީ. ސިޔާސީ ޕާޓީ ތަކާ ދުރު، ބަލަދު އަރާނެ މީހަކު ނެތް، ކޮރަޕްޓްޝަން ނައްތާލާނެ، އިސްލާމްދީނަށް ލޯބިކުރާ މީހަކަށް.
ބޭބެ 3
23 September 2024
އެމީހަކީ އުމަރު
ޖޮނީ
22 September 2024
ހުރިހާ ދެރައެއް ޔާމީނަަށް. ދިވެހިންވެސް ދެންވޯޓްލާނީ ތިބެތިބެ ބާވެފައި ތިބި ޕޮލޮޓިޝަނުންގެ ބަދަލުގައި މުޅިމް މީހަކަށްކަންނޭގެ.
ލަންކާ
22 September 2024
މުޢިއްޒު ގޮތަށް ކުއްލިއަކަށް އައި ކަމެއް ދޯ! ކިހާވަރަކުންދާނެބާ؟