28 ޖުލައި 2025 - 20:20
ސްރީ ލަންކާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް އެއް ބައިވެރިޔާގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ދައުވަތަތަކަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެ އަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު ކުރެއްވު ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލަންކާއަކީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ލަންކާގެ ރައީސް އަނޫރާއަށް ރަސްމީކޮށް ރާއްޖެއިން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވީ ލަންކާގެ ރައީސް ޑިސަނަޔަކައާ އެކު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"މި އިހުލާސްތެރި މަސައްކަތުގެ ސަބަބުން ދެ ގައުމުގެ ދެމެދު އަދި މީހުންގެ މެދުގައި އޮންނަ ބަދަހިވެގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޑިސަނަޔަކައާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެއާ އެކު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އިން ތަމްރީނު ދިނުން ހިމެނެ އެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު ވަނީ ލަންކާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ. އެއީ، ރާއްޖެއިން ހާރިޖީ ގުޅުން ގާއމްކުރި ދެވަނަ ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުހާދު މުހައްމަދު
29 July 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރައީސް މުއިއްޒްގެ ވިސްނުން ފުޅު. ނަތީޖާ ނެރުމަށް ކުރާ މަސައްކަތް. އަދަވަޅަކުން ގައުމު ނަގާ ކޮޅަށް ޖަހަން ކުރާ މަސައްކަތް
އަބުދުބެއްޔާ
29 July 2025
ބަލާލި ކޮންމެ ދިމާލަކުން މަށަށް ފެންނަނީ ނާއުންމީދު، ގައުމުގެ ރައްޔިތުން ނިކަމެތިވެ ބިކަވަމުން ދާތަން، ކޮވިޑް ވަބާގަ ގައުމު އޮތް ހާލަތަށް ވުރެ ދަށައް ދާތަން، ވީ އެއްވެސް ވައުދެއް ފުއްދާ ނުދެވި ގާތް މީހުންގެ އަންބޮޑި ބޮޑުވާގޮތަށް ކަންތައް ފަހި ކޮށް ދޭތަން، ދަރަނި ބޮޑުވަމުން ދާތަން.
މުމްތަސިން
29 July 2025
މިގައުމު ގައުމުތަކާ ގުޅިގެން ތަރައްގީ ކުރަން އަދުގެ ރައީސް ތިކުރަނީ ނަމޫނާ މަސައްކަތެއް.
ތަރައްޤީ
28 July 2025
ކީކޭތަ މިކިޔަނީ.... ތިއީ ރެކޯރޑު ކުރެވިފައިވާ ޢިބާރާތެއް ތޯ!!!
މުހައްމަދު ސަނީހް
29 July 2025
މީ ރާއްޖޭގެ ރައީސް ދިން ވަރުގަދަ މެސެޖެއް. މިކަން އޮންނަންވާނީވެސް މިހެން. އަޅެ އަހަރުމެންގެ ގައުމުގެ ހައިބަތެއް ނޫންތަ ރައީސް އެ މަތިކުރަނީ. ބޯ ހަލާކު
ތަމެންދޯ
28 July 2025
ލަންކާގެ ރައީސް ގެ ފަރާތުން މުއިއްޒު އެބަޖެހޭ ފިލާވަޅު ދަސް ކުރަން އެމެން ނޫޅޭ ކޯޓް ފަޓްލޫނު ލައިގެން ޔޫރަޕް ފަރަންޖިން އުޅޭ ގޮތަށް އުޅެން މުންޑު ލާބަލަ މުއިއްޒު އެއީ ދިވެހި ވަންތަ ގޮތަކީ ތަމެން ނުދަނޭ ދޯ ދިވެހި ތާރީޚް ވެސް
ސައްމާހް.
29 July 2025
ޒިލެންސްކީވެސް އުޅެނީ ޓީޝާޓް ލައިގެން. ކޮން ކަމެއް ވީ؟ ނިކަން ބުނެބަލަ. ފަރަންޖީން އުޅޭހެން އަދި އަހަރުމެން އުޅޭކަށް ނުޖެހޭ
ވަސީންތެ
28 July 2025
ބަލަ ލަންކާ ރައީސެއްނޫންތަ އެހެން ބުނަން ވާނީ. ރާއްޖެ ރައީސް ވާހަކަ ދައްކާނީ ރާއްޖޭގެ ނަންމަތީގައެއް ނޫންތަ؟
ތޫބާ ނާޒިމް
29 July 2025
ބަލަގަ އަހަރުމެންނަކީވެސް ކަންކަން ވާ ބަޔެއް. ވާނެ ބަޔެއް. އެކަން އަހަރުމެން ދައްކަން ޖެހޭ. ބަޔެއްގެ ފޫބުޑަށް ނުވެއްޓޭނެ. ދިވެއްސަކަށް ވެ ހުރެ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ