ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުގައި ލަންކާގެ ރައީސްއާ ބައްދަލުކުރައްވަނީ. --
26 ޖޫން 2025 - 07:45
ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ލަންކާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ، މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި، ޑިސަނަޔަކެ ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާތައް ކުރައްވާނެ އެވެ.
މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މިދިޔަ އަހަރު ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު، ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ފުރަމާނަ ދަތުރުފުޅެވެ.
ޑިސަނަޔަކެގެ މި ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނައިރު، މިހާރު ހުށަހަޅާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ނުވަތަ ޖުލައި 26 ގެ ދުވަހުގެ ހަރަކާތްތަކަށް ފަހު ވަޑައިގެންނެވުމަށް ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ޑިސަނެޔަކަ ރާއްޖެ އަށް ވަޑައިގެންނެވުމަށް ވިސްނަވާފައިވަނީ ޖުލައި 29 ގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޖުލައި 29 އަކީ ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް 60 އަހަރު ފުރޭ ދުވަހެވެ.
ނަމަވެސް، މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެކަމަކު، އެ ދަތުރުފުޅާ ގުޅޭ މައުލޫމާތެއް އިންޑިއާ އަދި ދިވެހި ސަރުކާރުން ވެސް ރަސްމީކޮށް ޔަގީން ކޮށްދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންކަހަލަ
26 June 2025
މިގައުމުގެ އެންމެ ފަޚުރުވެރި އެއް ދުވަސް ފާހަގަކުރާއިރު އަދި އެދުވަހަށް ދައުވަތު ދީފަ ވާނެއިރު އެކަން ނިމޭތަނަށް އަންނަން ނިންމުމަކީ ތަންކޮޅެއް ހަޑިކަމެއްނޫންތަ. ހަފްލާގެ ހުރިހާ ހެދިކާކޮޅުވެސް ހުންނާނީ ހުސްވެފަ އަންނައިރު. ދެން އެކަމު މިގައުމު މީހުންނަށް ކުރެވޭނެ ކަމެއް ނެތް ތިކަމުގައި
އެލައަންސް
26 June 2025
މޯދީއާއި، ޑިސަނަޔަކެއާއި މުއިއްޒު ގުޅިގެން ދިފާއީ އެލައަންސެއް އުފައްދަން އުޅޭވައްތަރު އެބަޖަހާ، މޯދީ ބޭދުނިޔެއަށް ބޭޒާރުވެ ބާކީވީމަ، ލަންކާާއާއި ރާއްޖެއޮތީ އަދިވެސް މޯދީގެ އަތްދަށުގައިކަން ދައްލާން އުޅެނީކަމަށްވެސް ވެދާނެ. ޖުލައިން 26ށް ތިމީހުން އަންނާނެ. އަދި ރާއްޖޭގެ އެހެންތަނަކަށްވެސް ޒިޔާރަތް ކޮށްފާނެ. ބަލަންތިބެމާ ދޯ.!
ސަމާ (ޓިކްޓޮކް)
26 June 2025
ދިވެހިންނަށް ވިސާ ދިނުމުގައި 15000 ޑޮލަރަށް ވާވަރަށް އެކައުންޓް ގައި ހުންނަން ޖެހޭ ޖެހުމަކީ ވަރަށް ބޮޑަށް ވެސް އުނދަގޫ ކަމެއް! ލަންކާ މީހުން ރާއްޖޭ ގައި ވިސާ ހޯދަން މިފަދަ އުނދަގުލެއް ހޭދަ ކުރާކަށް ނުޖެހޭ!
މޫޗީމޫޗީ
26 June 2025
ލަންކާ ރައީސް ރާއްޖެއަށް ކުރާ ދަތުރުގައި ވާހަކަ ދައްކައިގެން ރާއްޖޭގެ ކަންޑު ސަރަހައްދަށް ލަންކާ ބޯޓްފަހަރު ގަވާއިދާއި ހިލާފަށް ވަދެނިކުތުން ހުއްޓުވަންޖެހޭ އަދި ލަންކާ މީހުން ރާއްޖޭގައި ވަޒީފާ އަދާކުރުމާއި އެމީހުން އުޅޭފަސޭހަގޮތަށް ދިވެހިންނަށް ލަންކާގައި އުޅެވޭނެ ގޮތްތައް ހަދަން ޖެހޭ މިކަންކަމަށް ވިސްނައިގެން ގައުމުގެ މަސްލަހަތު ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލަން.
ަސދފގ
26 June 2025
ގިނަ ދިވެހިން ކިޔަވަން ނޫނީ ބޭސް ފަރުވާ ކުރަން ލަންކާގަ ދިރިއުޅޭ އަދި އާމްދަނީ ބޮޑު ބަޔެއް ލަންކާގަ ހަރަދުކުރޭ ލަންކާ މީހުން ދިވެހިންގެ އަތުން ވިޔަފާރި ކޮށްގެންނާއި ވަޒީފާ އަދާ ކޮށްގެން އެތައް މިލިޔަން ރުފިޔާއެއް ހޯދައި، އޭގެ ބޮޑު ބައެއް އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާ. ގުޅުން އޮންނަން ވާނީ ދެ ގައުމަށް ވެސް އިގްތިސާދީ ގޮތުން ފައިދާ ވާ ގޮތަށް.
އަބްޑޫޅް +
26 June 2025
އެހެންނެއް ނޫން. އެއް އިރެއްގައި، އަހުރެމެން ބަލިވީމަ ލިބެނީ، އެންބީ ގުޅަޔަކާއި ރުއްގަލުބޭސްކޮޅެއް. ދެން ކޮންމެވެސް ސިހުރުވެރިޔަކު ލައްވާ ފަންޑިތައެއް ހައްދައި ވަހުތާނެއް ލިޔުވަނީ. އޮޕުރިސަނެއް ކޮށްލަންވިއަސް، ދަތެއް އުފުރަންވިޔަސް ދާންޖެހެނީ ސިރީލަންކާ އަށް. އެމީހުން ނުލާހިކު ހެއުކޮށް ހިތާ އުޅުނު. މިހާރު އަހުރެމެން ދިވެހީން މިއުޅެނީ މިލިޔަނުން ބިލިޔަނުން މަހުޖަނުންނަށް ވެގެން ފުއްޕާފަ. ކަމަކުނުދޭ، ލަންކާގެ އަޚުން ކަންތަކު ކީމަ ކޮށްދޭންޖެހޭނެ.