02 ޖޫން 2025 - 09:31
ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުން ބުނީ، މިދިޔަ ހަފްތާ ބަންދުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، މިނިވަން ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް މޯދީއަށް ދެއްވި ރަސްމީ ދައުވަތު އަރުވާފައިވާ ކަމަށެވެ.
މޯދީގެ އެ ދަތުރުފުޅުގެ ސީދާ ތާރީހެއް އަދި މުޅިން ފައިނަލް ނުވިޔަސް، އިންޑިއާ ސަރުކާރުން ވިސްނަމުންދަނީ، ޖުލައި 26 ގައި ބާއްވާ ރަސްމީ ޖަލްސާގައި މޯދީ ބައިވެރިވެވަޑައިގެންނެވުމަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ނަމަވެސް، އެކަމާ ގުޅޭގޮތުން ރާއްޖޭގެ އިތުރުން އިންޑިއާ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެ އެވެ.
ކުރީގެ ސަރުކާރުގައި ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެތިބިކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރި ވަރުގަދަ ކެމްޕޭނެއްގެ މަތީގައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، އިންޑިއާ އާއެކު އޮތީ ވަރަށް ނުތަނަވަސް ގުޅުމެކެވެ.
އޭގެފަހުން، އިންޑިއާގެ ޖަޒީރާ ރަށްތައް، ލަކްޝަދީބް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަން މޯދީ އިސްވެ ފެއްޓެވި ކެމްޕޭނެއްގެ ތެރެއިން، ދިވެހި ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުންތަކެއް މޯދީއަށް ބަދު ބަސްތައް ރައްދުކުރި މައްސަލަ ވަރަށް ހޫނުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވި އެވެ. އަދި ރާއްޖެ ބޮއިކޮޓް ކުރުމުގެ ވަރުގަދަ ސޯޝަލް މީޑިޔާ ކެމްޕޭނެއް ފަށައި، ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވި އެވެ.
ނަމަވެސް، އޭގެފަހުން ހާއްސަކޮށް ދެ ގައުމުގެ ހާރިޖީ އިސް ބޭފުޅުން ކުރެއްވި މަސައްކަތުން ދެ ގައުމުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.
މިގޮތުން، ދެ ގައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ރަސްމީ ދަތުރުތަކާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ބައްދަވުންތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ބޭއްވިފަ އެވެ.
އަދި ރައީސް މުއިއްޒު ވެސް ވަނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެސް ކުރައްވައިފަ އެވެ.
ރަނގަޅުވަމުން އައި ގުޅުމުގެ ތެރެއިން، އިންޑިއާއިން ވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިކަމުގެ އިތުރުން ޑޮލާރުގެ ތާށިކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ކުރީގެ ސަރުކާރުން ވިއްކާފައިވާ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް ދެއްކުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރުން ވަނީ ފަސްކޮށްދީފަ އެވެ.
އަދި ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި ދިނުމުގެ އިތުރުން، އިންޑިއާއިން އެތެރެކުރާ އަސާސީ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ވެސް ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
02 June 2025
މޯދީއަށް ސޯޟަލްމީޑިއާގަ ފުރައްސާރަކުރި މީހުން މޯދީއަށް މަރުހަބާ ކިޔަން ނުކުންނާނެ ކަމަށް އުއްމީދު ކުރަން.
ހަސަން
02 June 2025
މީ އިޒުރޭލް އަށް މިސައިލް ހަތިޔާރު އެއްމެ ގިނައިން ވިއްކާ, އަދި ހިލޭދޭ ގައުމު.
ކޮސް
02 June 2025
ޓްރަމްޕް ސަޢުދީއަށް ގެންގޮސްގެން އެރުވިފަދަ މަޒީ ޢިއްޒަތެއް އަރުވަންވާނެ ތިޔަ "ޢިއްޒަތްތެރިޔާ'' އަށް
އޮނަރަބްލް އަފީފު ދީދީ
02 June 2025
ބޮޑުވަޒީރުގެ މިދަތުރު ފުޅުގައިވެސް އައްޑޫސިޓީއަށް ރަނގަޅު އެހީތަކެއް ދެއްވާނެކަމަށް އަހަރުމެން އުއްމީދު ކުރަން. އެގޮތުން "އިންޑިޔާގެ ހިލޭ އެހީގެދަށުން" ހަދާފައިވާ National College of Policing and Law Enforcement އަށާއި އައްޑޫގައި ޤާއިމްވެފައިވާ ދިވެހި ޑިފެންސް ފޯހުގެ ބޭނުމަށްޓަކާ އައްޑޫގައި ފެންވަރަު ރަނގަޅު މިލިޓަރީ ހޮސްޕިޓަލެއް އަޅާދެއްވުމަކީ މުހިންމު ކަމެއް. އައްޑޫ ރައްޔިތުނަށް ބޭސްފަރުވާއަށް މިހާރު ދާންޖެހެނީ ނުކުޅަދާނަ އަގު ދީފައި މާލެއަށް.
އޮނަރަބްލް އަފީފު ދީދީ
02 June 2025
މަތީގައިދެންނެވި ހޮސްޕިޓަލް އަޅާނިމެންދެންވެސް އައްޑޫރައްޔިތުނަށް ފަސޭހައިން ހެޔޮއަގެއްގައި ބޭސްކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށާއި އިންޑިޔާގެ އެހީތެރިކަމުގައި ތަރައްޤީކުރާ GAN International Airport ފުލްފުލޭޖް ގައި އޮޕަރޭޝަނަށް ގެނައުމަށް އެހީތެރިވުމުގެގޮތުން އިންޑިޔާ ސަރުކާރު އެހީތެރިކަމާއިއެކު Kochi - Gan ޝެޑިއުން ދަތުރުތަކެއް ހަމަޖެއްސުމަށް IndiGo އާއިއެކުގައި އިންތިޒާމްތަކެއް ހަމަޖެހޭތޯ މަސައްކަތް ކޮށްދެއްވުމަކީވެސް އައްޑޫމީހުން އެދޭކަމެއް.
ހުންނެތަާ ޔާމިން އަދި މިސަރުކާތ
02 June 2025
އިންޑިޔާއިން ކިބައިން އަދި ބުލީ ކުރި މީހުން, މިފެންނަނީ މިނިވަންނުވެ މިނިވަންކަން އޮތްކަން ދައްކަން, ޕާކިސްތާނަށް ބަވަން އެ އަންނަނީ.
ކިނާރީ
02 June 2025
އިޒްލޭރު މީހުން މިގައުމަށް އެތެރެނުކުރަނީ މުސްލިމުން ނަށް އަނިޔާ ވެރިވާތި. މުސްލިމުންގެ ގެދޮރަށް ބޮންއަޅަ މުސްލިމުނަސްލެއް ނައްދާލަން މަސައްކަތް ކުރާތީ . މޯދީ އަކީ ވެސް ހަމަ އެފަދަ މީހެއް. އަހަރުމެންނަށް މޯދީ އަހުލުންނާގުޅުން ބަދަހި ކުރުމަށް ވުރެ ރަގަޅި ޕާކިސްތާނާ ގުޅުން ބަދަހިކުރެއްވީމަ . ސަބުސޭއާގޭ ބެލީމަ އެނގޭނެ ޕާކިސްތާނު ގަ ކަންކަމުގަ ކުރިއަރާފަ ހުރިމިން ވަރު .
ޢެހެމެދު
02 June 2025
ޢޮޅުމަކުން ލައިކް އަށް ފިތުނީ... ޕާކިސްތާނު އުފެދުނީ ވެސް އިންޑިޔާ އިން.. އިންޑިޔާ ގާތީ.. އިންޑިޔާ ވަރެއް ނުވާނެ...! ޕާކިސްތާނުގަ އޮތީ ރާއްޖޭގަ މިހާރު އޮންނަ ބުރުގާ ސަގާފަތެއް ނުން.. ހަމަ އިންޑިޔާ ޕަންޖާބު ގެ މީހުން ހެން ދޮޕައްޓާ ސަލްވާރު ހެދުމުގެ ސަގާފަތް..
ސައިޒު ދައްކާލަނީ
02 June 2025
ޕީޕީއެމް ޕީއެންސީ ކުދިން ލަދެއް ނިގަނޭތ؟ މޯދީއަކާ ނުކުޅެވޭނެ! ކުރިން ބޭނުންކުރި މޯދީގެ މާސްކްތައް ހިފައިގެން އަތްޖަހަން ނުކުންނާތި!
ޕްރަކާޝްް
02 June 2025
އަޅެ އެމްޑީޕީ ކުދިން ވަރަށް މޭކަރާނެދޯ. އެމީހުންގެ އައިޑޮލް ވިއްޔާ އެއަންނަނީ މާލެ.
އަޅި އަލި
02 June 2025
ރުޕޭ ބޭނުން ކުރެވޭ ގޮތް ހަދާދެއްވާނެ ކަމަށް އުއްމިދު ކުރަނ! މިބުނީ ދިވެހި ބެންކުން އެކައުންޓް ވެރިންނަށް ރުޕޭ އެކައުޏްތ ހުޅުވޭގޮތައް!