ރާއްޖޭގެ ރިސޯޓެއް. ރިސޯޓެއް ރީ-ޑިވަލޮޕް ކުރަން ދެވޭ މުއްދަތުތަކަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައި
24 ސެޕްޓެމްބަރ 2024 - 16:03
ރިސޯޓްތައް ރީ ޑިވެލޮޕްކުރަން ދޭ މުއްދަތުތަކަށް ސަރުކާރުން މިއަދު ބަދަލުތަކެއް ގެނެސްފި އެވެ.
ރިސޯޓްތައް ރީޑިވެލޮޕް ކުރަން މުއްދަތު ދިނުމާއި އެ މުއްދަތަށް ކުއްޔާއި ޖޫރިމަނާ ފަސްކޮށް ދިނުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ރިސޯޓްތައް ރީޑިވެލޮޕް ކުރަން ދެވޭނީ ގިނަވެގެން ދެ އަހަރެވެ. ނަމަވެސް އެ މުއްދަތު އިތުރުކުރަން އެދި ހުށަހަޅައިފިނަމަ އިތުރު އެއް އަހަރުގެ މުއްދަތެއް ކުރިން އިތުރުކޮށް ދެވެ އެވެ.
ނަމަވެސް ސަރުކާރުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ރީޑިވެލޮޕްމަންޓަށް އާންމު އުސޫލުން ދެވޭނީ ގިނަވެގެން ތިން އަހަރުގެ މުއްދަތެކެވެ. ނަމަވެސް މުޅި ތަން އެކީގައި ތަޅާލުމަށްފަހު އަލުން އެއްކޮށް ތަރައްގީ ކުރާނަމަ ތިން އަހަރާއި ހަ މަހަށް ވުރެ ދިގު ނޫން މުއްދަތެއް ދެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި ރިސޯޓް ހިންގަން ނުފަށައިފި ނަމަ، އެތަނުގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން އެ ތަނުގައި ތިބިކަމުގެ އިގްރާރެއް ހުށަހެޅުމުން މުއްދަތު އިތުރުކޮށް ދިނުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް އޮންނާނެ އެވެ. އަދި އެ މިނިސްޓްރީން އެކަން ބަލާއިރު، އިގްރާރުގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް އަމަލު ކޮށްފައިވާ ކަން ފާހަގަ ކުރެވިއްޖެ ނަމަ، ހުއްދަ ބާތިލު ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް އޮންނާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ރީޑިވެލޮޕްމަންޓަށް މުޅި ރިސޯޓް ބަންދު ކުރާނަމަ އެ މުއްދަތުގެ ކުލި ފަސްކޮށް ދިނުމުގެ އިހްތިޔާރު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އެ އިސްލާހުގައިވެ އެވެ. ނަމަވެސް ރީ ޑިވަލޮޕްމެންޓްގެ މުއްދަތު ހަމަވުމުން އެތަނެއްގެ ކުލި ހިނގަން ފަށާނެ ކަމަށް އިސްލާހުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްތެލި
25 September 2024
ރިސޯޓްތަކުގެ ވެރިންނަށްދޭ ހަދިޔާއެއް މީ. ސޭޓްގެ ނިމިފަ ހުރި ރިސޯޓެއް ދައްކަބަލަ. އަބަދު ކޮންސްޓްރަކުސަން މަސައްކަތް، އަބަދު މިސަކަރާތެއްޖަހާމިތޖބެނީ.
އިސްމާލި
25 September 2024
ދިވެހިރާއްޖޭގައި ގަވާއިދެއް ނުހަދާނެ އެންމެ ފަހު މާއްދާއަކަށް އެ ގަވާއިދުގައި ބަޔާންކުރާ ހުރިހާ ކަމެއް އޮޅާލުމުގެ "އިޚްތިޔާރު" މިނިސްޓަރު ނޫނީ ކޮންމެވެސް ސިޔާސީ މީހަކަށް ނުލިބޭނޭ ގޮތަކަށް. މިއީ ސިލެކްޓިވް ޖަސްޓިސް އާއި ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް.
އިސްމާލި
25 September 2024
"ކަނޑައަޅާފައިވާ މުއްދަތުގައި ރިސޯޓް ހިންގަން ނުފަށައިފި ނަމަ، އެތަނުގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން އެ ތަނުގައި ތިބިކަމުގެ އިގްރާރެއް ހުށަހެޅުމުން މުއްދަތު އިތުރުކޮށް ދިނުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް އޮންނާނެ އެވެ." "ރީޑިވެލޮޕްމަންޓަށް މުޅި ރިސޯޓް ބަންދު ކުރާނަމަ އެ މުއްދަތުގެ ކުލި ފަސްކޮށް ދިނުމުގެ އިހްތިޔާރު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އެ އިސްލާހުގައިވެ އެވެ." ކޮންމެ ގަވާއިދެއްގައި އިޚްތިޔާރު
ކޮރަޕްޝަންއ
24 September 2024
ގަވާއިދު އިސްލާހުތިކުރީ ކޮރަޕްޝަނަށް މަގުފަހިވާގޮތައް! މިނިސްޓަރަށް ތިބާރު ދިނީމަ، އަބަދު ޖީބަށް އެއްޗެއް ވައްޓާލައިގެން މުއްދަތު އިތުރުކުރަމުންދާނީ! ހުރިހާ ގެއްލުމެއްލިބޭނީ ނިކަމެތި ރައްޔިތުންނަށް. އޭސީސީން މިގޮތައް ގަވާއިދު ހެދުން ހުއްޓުވަންޖެހޭ!