އައިކެއާގެ ފިހާރައެއް: ސްކޫލް ބަންދާ ދިމާކޮށް ހާއްސަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އައިކެއާއިން ވަނީ ފަށާފައި --- ފޮޓޯ/މިހާރު
26 ސެޕްޓެމްބަރ 2024 - 12:41
ސްކޫލް ބަންދާ ދިމާކޮށް އައިކެއާ އޮޕްޓިކަސްލް އިން "ސޭވް މޯ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި، އައިކެއާއިން ވިއްކާ ހުރިހާ ޕްރޮޑަކްޓަކުން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ ތެރޭގައި އެ ތަނުގައި ވިއްކާ ކޮންޓެކްޓް ލެންސާއި އަވިއައިނު އަދި ފްރޭމް ހިމެނެ އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކާޑަށް މި ޕްރޮމޯޝަންގައި އިތުރު 5 ޕަސެންޓްގެ ޑިސްކައުންޓް ވެސް ލިބޭނެ އެވެ. އަދި ނަމްބަރު އައިނު ހައްދާ ކަސްޓަމަރުން ގަންނަން ބޭނުންވާ އިތުރު ޕްރޮޑަކްޓްތަކުން 30 ޕަސެންޓުގެ ޑިސްކައުންޓް ވެސް ދޭނެ އެވެ.
އައިކެއާއިން ބުނި ގޮތުގައި "ސޭވް މޯ" އަކީ އެތަނުން ވިއްކާ ކޮލިޓީ ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހޯދައި ދިނުމުގެ ގޮތުން ހިންގާ ޕްރޮމޯޝަނެކެވެ. އަދި މި ޕްރޮމޯޝަން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އައިކެއާއިން ބުންޏެވެ.
އައިކެއާ އަކީ ހައިއެންޑް އަދި އެފޯޑަބަލް އެކި ބްރޭންޑުތަކުގެ ފްރޭމާއި އަވިއައިނު ވިއްކާ ތަނެކެވެ. މިތަނުން ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑުތައް ކަމަށްވާ ޕްރާޑާ އާއި ބާބެރީ އާއި ގުޗީ އަދި ރޭބަން ފަދަ ބްރޭންޑުތަކުގެ ޕްރޮޑަކްޓްތައް ލިބޭނެ އެވެ. އަދި ސޮލާނޯ އާއި ރިޒާވް ފަދަ އެފޯޑަބަލް އެކި ބްރޭންޑުގެ ޕްރޮޑަކްޓްތައް ވެސް މި ތަނުގައި ހުރެ އެވެ.
އައިކެއާގެ އައިނު ވިއްކާ ފިހާރަތައް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ވެސް ހުރެ އެވެ. އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި ވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy