އެހެން ތަނަކުން ނަމްބަރު ނަގައިގެން ވެސް އައިޖީއެމްއެޗުން އައިނު ލިބޭނެ ކަމަށް ހަލީމް ވިދާޅުވި.
އައިޖީއެމްއެޗް.- ފޮޓޯ: މިހާރު
17 ޖުލައި 2025 - 19:36
އައިޖީއެމްއެޗްގެ އައިނުގެ ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށާއި އޭރުން އަމިއްލަ ޖީބުން އިތުރު ހަރަދެއް ނުކޮށް އައިނު ލިބޭނެ ކަމަށް އެ ހޮސްޕިޓަލު ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
އައިނުގެ ވިޔަފާރީގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އޭގެ އިތުރުން، އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1000ރ، ވެސް މިދިޔަ މަހުން ފެށިގެން ވަނީ 2،000ރ. އަށް ބޮޑުކޮށްފަ އެވެ.
އެ މަސައްކަތުގެ ތަފްސީލު ދެއްވަމުން ހަލީމް "މިހާރު" އަށް ވިދާޅުވީ އައިޖީއެމްއެޗްގައި އައިނުގެ ވިޔަފާރި ކުރާނީ އެ ހޮސްޕިޓަލުން އަމިއްލައަށް ފްރޭމާއި ލެންސު ބޭރުން ގަނެގެން ކަމަށެވެ. އެ ތަނުގައި ހުންނަ އައިނުގެ އަގުތައް، އާސަންދައިގެ ރޭޓަށް ވުރެ ބޮޑު ނުވާނެތީ އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލް ތެރޭގައި ހުޅުވާ އައިނު ފިހާރައިން ލޮލުގެ ނަމްބަރު ނެގުމުގެ ހިދުމަތް ދޭނެ އެވެ. އަދި އެހެން ތަނަކުން ނަމްބަރު ނަގައިގެން ވެސް އެ ހޮސްޕިޓަލުން އައިނު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިނު ފިކްސް ކުރެވޭ ގޮތަށް ވޯކްޝޮޕަކާ އެކީގައި ފިހާރަ ހުޅުވަނީ،" ހަލީމް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދެ އެވެ. އެހެންވެ، އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ވެސް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވީ އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެ މަނިކުފާނަށް މުހިންމީ ވިޔަފާރިވެރިން، އާއްމުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ ފިލުވައިލުން ކަމަށެވެ.
"ދެން ޕްރައިވެޓް ސެކްޓާގައި ވެސް މިކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗާ ކޮމްޕީޓް ކުރަން. ދެން ހަމަ ޕްރައިވެޓް ސެކްޓާގައި އެ ފެންވަރުގެ އައިނާއި އައިނު ދުނިގަނޑު ހައްދައި ދޭން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީޒީޒީ
18 July 2025
ބުނެލަން ވަރަށް ފަސޭހަ. ތިޔަ އައިނު ހަދަން ކިއުގައި ޖެހިގެން މީހާގެ ދެލޮލުގެ ފެނުން ގެއްލިގެން ދިއަޔަސް އައިނު ހަދަން ބޭނުންވާ މީހާގެ ހުންނަން ޖެހޭނީ ކިއުގައި، ދެން އައިނު އެފަކީރު ބޭނުން ކުރަންވެސް ނުޖެހޭނެ. މިހާރުވެސް އެޕޮއިންޓްމަންޓް ލިބޭ އިރު ބަލިމިހާ ސަހަރާގައި އޮންނަނީ.
އައިނު
18 July 2025
މިއީކުރަން ވަރަށް މުހިއްމުކަމެއް އައިކެއަރ އިން 1500ރ އަށް ހެދޭ އައިނު ހުރިހާ އިންސުއަރެންސްއަކުން ކަޑައި 7000 ރ އަށް ވިއްކާ ދައުލަތުގެ ބައިތުލްމާލު ދޮވެލުން ހުއްޓުވަންޖެހޭ، ސުވާލަކީ ދައުލަތަށް މިކަން ދެމެހެއްޓެނިވިގޮތެއްގަ ކުރެވިދާނެބާއޭ،
ޢަލީ ގޯތި މަރިޔަނބު
18 July 2025
ތީ ކޮންމެހެންވެސް ކުރަންވެފަ އޮތްކަމެއް،
ޙަބީބު ބޭންކް
18 July 2025
ހިލޭ ހުރިހާ ކެމްޕޭނަކަށް ގާތްވީމަ ހަޒާނާއިން ރަން އިލޮށިން ކަދުރު ކާންދީފަ ފަހުން ބަލަދުއަރާ ވާހަކަ ނުދައްކައްޗޭ މުއިއްޒު..ގަރުުދިޔަ ކެވިދާނެ އަހަރެމެނަށް އެވެސް ނުވާނީ ކަލޭމެނަށް..
އޮޕަރޭޝަން ކޮމެންޓް
18 July 2025
އުއްމީދަކީ ވީހާވެސް ގިނަ ބަޔަކަށް މިކަމުން ފަސޭހަވުން. އަދި ރައްޔިތުންނަށް މިފަދަ ކަންކަމުން ލިބެންޖެހޭ ހަޤީޤީ މަންފާ ލިބުން.
ރަދީފްއޮފިޝަލް / ފިޔަފާޅި
17 July 2025
އާޓިކަލްގަ އެފެންނަ ފޮޓޯގަ ގޭޓް މަތީގަ އިން ފިޔަފާޅި ގަނޑު އެއީ 2 މިލިއަން ރުފިޔާއަށް ކޮންމެވެސް ސަރުކާރަކުން ޖެހި އެއްޗެއް.އިފް ޔޫ ނޯ ޔޫ ނޯ.
ލެންސު
17 July 2025
އައިކެއާ ވ ރުލި އަންނާނެ މިކަމާ ސުކުރިއްޔާ ވ ބޮޱަށް
މުދިމްބެ
17 July 2025
ސަޅި ނިމްމު މެއް
ވަލީދާ
17 July 2025
އައިޖީއެމްއެޗް ގަ ހެދުން ފިހާރައެއް ހުޅުވާފަ އާސަންދަ ލިބޭގޮތް ހަދަން ވެސް ފެނޭ.
ރަދީފްއޮފިޝަލް 2028
17 July 2025
ވަރަށް ރަނގަޅު ނިންމުމެއް.ސާބަހޭ ރައީސް.