ރައީސް ވިދާޅުވީ، އެ މަނިކުފާނަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން ކަމަށް.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އައިޖީއެމްއެޗަށް ވަޑައިގެން އެ ތަނުގެ ބައެއް ޑޮކްޓަރުންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
31 މެއި 2025 - 13:26
ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާ އެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ވިދާޅުވެފައި ވަނީ މާދަމާ އިން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000ރ. ލިބޭނެ ގޮތް ހަދަން އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި އޭގެ އިތުރު ތަފުސީލަށް ވަޑައިގަންނަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.
"މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ "ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން" ކަމަށެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތުގައި ހެލްތު މިނިސްޓަރު ނާޒިމާއި އެ ހޮސްޕިޓަލްފެ ސީއީއޯ ހަލީމް އަދި އެހެން ބައެއް މިނިސްޓަރުންނާ އެކު.---ފޮޓޯ: ރައީސް އޮފީސް
"ދެން ޕްރައިވެޓް ސެކްޓާގައި ވެސް މިކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗާ ކޮމްޕީޓް ކުރަން. ދެން ހަމަ ޕްރައިވެޓް ސެކްޓާގައި އެ ފެންވަރުގެ އައިނާއި އައިނު ދުނިގަނޑު ހައްދައި ދޭން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.
އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާ އެކު ވެސް އައިނުތަކުގެ އަގު މައްޗަށް ދާނެ ކަމުގެ ޝަކުވާ އެއްބަޔަކު ވަނީ ކުރަން ފަށައިފަ އެވެ.
ރައީސް ރޭ ވިދާޅުވިގޮތުގައި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ދުންފަތް ބޭނުންކުރުމުގައި ހަރުކަށި ފިޔަވަޅު އެޅުއްވީ ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ގެއްލުން ހުއްޓުވުމަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ނަމްބަރު އައިނު ހެއްދުމަށްޓަކައި އާސަންދައިން ކުޑަ އަގެއް ދޭ މައްސަލަ އާއި އަގު ބޮޑު މައްސަލަ ރިޔާސީ ކެމްޕެއިންގައި ވެސް އެ މަނިކުފާނަށް ވަރަށް ގިނަ މީހުން ޝަކުވާއެއްގެ ގޮތުގައި ހުށަހެޅި ކަމަށެވެ. އެހެންވެ، މިދިޔަ ދުވަސްތަކުގައި އެ ކަންކަން ދިރާސާކޮށް، ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.
ޕީއެސްއެމްގެ އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވީ، ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ލާމެހިފައިވާ ކަމެއް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުގައި އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ވެސް އެއީ ކަމަށެވެ.
"މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4،000 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ސިއްހީ މަޝްރޫއުތައް އެބަ ހިންގަން. މިއީ ވަރަށް ބައިވަރު މަޝްރޫއު،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރޭ
02 June 2025
ސަރުކާރުން ޢާންމުރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނުމުގެ މައްސަލައަކީ ކޮބައިބާ? އެންމެން އެސް.ޓީ.އޯ ސުޕަމާޓަކަށް ނުވަންނާނެ. ޓެކްސީ ޢާންމު ރައްޔިތުންނަށް ތުރާލަކަށް ވާގޮތަށް ނޫންތޯ ގިނައިން ކުރަނީ? ޙައްޖު ކޯޕަރޭޝަން އެއީ އަޅުކަން ކުރަން މައްކާކެ މާތް ބިމަށް ދިވެހިން ގެންދާ ކުންފުނި. ޢުމްރާ އަދިޙައްޖުގެ ވިޔަފާރިއޭ ބުނެފަ އޮތީމަ ހަމަ ހަޖަމް ނުވީ. ކްލިނިކްތައް ޔޭސް އެއީ ހަމަ ބޮޑު ބިޒްނަސްއެއް. ވަންޏާ ހުއްޓުވަންޖެހޭ ކަމެއް އެއީ.
ކަލޯގެޔާ1
01 June 2025
ރައީސް ވިދާކުވިޔަސް ކުރިން ހިއެއްނުކުރަން މި ބޭސްވިއްކާ މީހުން މިހާބޮޑު މަންފާއެއް ނަގާކަމެއް. ކުރިން އަހަރެންގެ ކިޑްނީ ޓްރާންސްޕްލާންޓް ބޭސް 3 މަހަށް ނަގަމުން އައީ ޕްރިވެޓް ފާމަސީއަކުން. އޭރު 3 މަހުގެ ބޭހަށް 38700 ރުފިޔާ އަރާ. އާސަންދައިން ބޭހުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން އެފާމަސީ އިން ބޭސް ގެނެސްދިނުން ހުއްޓާލި. އެހެންވެ މިހާރު ބޭސް މިނަގަނީ އެސްޓީއޯ މެދުވެރިކޮށް. މިހާރު 3 މަހުގެ ޓްރާންސްޕްލާންޓް ބޭހަށް އަރަނީ 8900 ރުފިޔާ. އެހެންވީމާ،
އެދޭނަމަ
03 June 2025
ކުރިންވެސް ތިގޮތް އޮތެންނު. އެސްޓީއޯ އިން ގެނެސްދޭ އެސްޓީއޯ ފާމަސީގައި ރާއްޖެއިން ލިބެންނުހުންނަ ބޭސް މީގެ ކުރިންވެސް. އަގުވެސް ހެޔޮ.
އެކޮއި
01 June 2025
ތިޔަ އައިޖީއެމްއެޗުން ނަންބަރު އައިނު ހައްދަން ނޯޓްކޮށް ނަންބަރު ނުޖެހެނީސް މީހާ މަރުވެގެންދާނީ. އަހަރުދުވަސްވާއިރުވެސް އެޕޮއިންޓްމަންޓެއް ނުލިބޭނެ. ތިޔަ އައިޖީއެމްއެޗް ތެރޭގައި އިންނަ އެސްޓީއޯ ފާމަސީން ބޭސްކޮޅެއް ގަންނަން ވަނަސް ހިތަށްއަރާ ސަހަރޯއޭ. އެތައް އިރެއްވަންދެން މަޑުކޮށްގެން ތިބެންޖެހޭތީ މައިދޮރާށި ކައިރީ އިންނަ ފާމަސީން ބޭސްކޮޅު ގަނެގެން ނުކުމެގެން މިދަނީ.
ބަޑިތަކުރު
01 June 2025
ވަރަށް ރަނގަޅުކަމެއް. އެކަމަކު ނިމިދިޔަ ސަރުކާރު އަލުން އައިސްފިނަމަ ސަރުކާރުން ވިޔަފާރި ނުކުރާށޭ ކިޔާފައި ތިޔަކަން ބަދަލުކޮށްލާނެ. އެވެރިންނަށް ނޭނގެނީބާ ރޯދަމަހު ތަކެތީގެ އަގުއަރުވާލާ ވަރާއި މިހާރު އައިނު ދުނިގަނޑެއް ވިއްކާލަނީ ކިތައް ޕަސެންޓް ފައިދާގައިކަން.
މިސްރާބު
01 June 2025
"މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4،000 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ސިއްހީ މަޝްރޫއުތައް އެބަ ހިންގަން. މިއީ ވަރަށް ބައިވަރު މަޝްރޫއު،" 4000 މިލިއަނަކީ 4 ބިލިއަން ދެއްތޯ؟ ހަމަ 4 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެބަ ހިނގާ؟
ސަމަރުބުލޫ މަނިކުފާނު
01 June 2025
ހަމަތިގޮތަށް މާލެއާއި އަތޮޅުތެރޭގެ ފަރަގުކުޑަކޮށްްދެއްވާ، އޭރުން ރައްޔިތުންނަށް އެ ކޮށްދެވެނީ އަދުލުވެރި ވެރިކަމެއް،
ބަޑިތަކުރު
01 June 2025
އަދުލުވެރިކަމަކީ އެއްއަގެއްގައި ތަކެތި ވިއްކުންބާ؟ މާލޭގައި ގިނަ މީހުން ފްލެޓްވިޔަސް މަހުންމަހަށް އަގުދައްކައިގެން ނުވަތަ ކުލި ދައްކައިގެން އުޅޭއިރު ރަށްރަށުގައި ދިރިއުޅޭތަނަށް ޚަރަދެއް ކުރާކަށް ނުޖެހޭ. އަދި ކާއްޓާއި މަހާއި އެހެންވެސް ގިނަ ބާވަތްތަކެއް ގިނަ ފަހަރަށް ނުގަނެ ލިބޭ. ދެން ނާލު ދީގެން ގެންދަން ދާޚަރަދުވެސް ވީ ސަރުކާރުންދޭންބާ؟
ބަޓަރ
01 June 2025
އައިކެއރގައި ދެމުން ދާ ޚިދުމަތްތައް ސަރުކާރު ހޮސްޕިޓަލަކުން ލިބޭގޮތް ހައްދަވައި ދެއްވަން ވީނުންތޯ؟ ލޮލުގެ ބަލިމީހުންވެސް ވަރަށް ގިނަ، އާސަންދައަށް ގައިމުވެސް އޭރުން ލުއިވާނެ
ރާއްޖެތެރެ މީހަ
01 June 2025
އަހަރަކު 1 ފަހަރު ނަމްބަރ އައިނު ހައްދަން ޖެހޭނީ އެންމެ ގިނަވެގެންވެސް. އެވެސް އެންމެނެއް ނޫން. އެކަމަކު ރާއްޖެތެރޭ އެތައް ބަޔަކު ރަށުން/އަތޮޅުން ފަސޭހައިން ނުލިބޭ ސިއްހީ ހިދުމަތް ހޯދާ ޑަކުޓަރަށް ދައްކަން މާލެ އަންނަންޖެހޭ. ދެން އައިސް މާލޭގައި ކުލިބޮޑު ކޮޓަރި ހިފަައިން މީހާ އިނދަޖެހޭ. އެހެންވީމަ އެންމެ ފުރަތަމަ އެކަން ހައްލުކުރަން މެޑިކަލް ކަންކަމަށް ކުލީ ކޮޓަރި ބިޒްނަސް ފަށަން ވީނު ސަރުކާރުން؟ މިހާރު ގެސްޓުހައުސް ތަކުން ހިތައްއެރި ވަރެއް ނަގަނީ
ބަޑޭރި
01 June 2025
ޖުލައި މަހު ޗުއްޓީގައި ޑޮކްޓަރަށް ދައްކާލަން ދިއުމަށްޓަކައި މޭމަހު 16ގައި ދަތުގެ ޑޮކްޓަރަކަށް އައިޖީއެމް އެޗް އިން އެޕޮއިންޓްމެންޓެއް ނަގައިފިން އަސްތާ 900 ކޮންމެސްވަރެއްގެ ނަމްބަރެއް މިލިބުނީ ސަރުކާރުން ރަނގަޅުކޮށްދޭންވީ މިކަންކަން
ހައްލެއްފެނޭ
01 June 2025
އައިޖީ އެމް އެޗް އަކީ މިހާރު ކުންފުންޔެއް. އެކަން އަހަރެމެން ހަނދާން ބަހައްޓަންޖެހޭ. ދެން އެތާތިބީ ހުސް އަމިއްލަ ވިޔަފާރިވެރިން. ބޭސް ވިއްކުމުގެ ވިޔާފާރީގައި ތިބީ އެސްޓީއޯ ބޭސް ފިހާރައިގެ މީހުން. ކްލިނިކް ހިންގަނީ ހެލްތު މިނިސްޓްރީގެ މީހުންނާއި އައިޖީއެމްޗްގެ ޑޮކްޓަރުން. ހުރިހައި ކަމެއް މިއޮންނަނީ މިގޮތަށް ލާމެހިފައި. ކޮންކަމެއް ރަނގަޅުކުރެވޭނީ. ބިދޭސީންނަށް ނަން ކުއްޔަށް ދީގެން އުޅޭދިވެހިންގެ ނަމުގައި އިންޑިޔާ ބޭސްފިހާރަތައް.
ޒާހިރު ކެއަރ
01 June 2025
ސަރުކާރުން ވިޔަފާރި ކުރާ ވާހަކަ ދައްކާއިރު މިޤައުމުގައި ސަރުކާރުގެ ހިއްސާގައި އެންމެ ފުޅާކޮށް އެކި ބާއްވަތްތަކުން ވިޔަފާރި ކުރަނީ އެސް.ޓީ.އޯ އިން. އެސް.ޓީ.އޯ އިން ވިޔަފާރި ކުރާތީ އޭ ކިޔާފައި އެސް.ޓީ.އޯ އިން ވިއްކާ ބާވަތުގެ މުދާ ޢާއްމު ވިޔަފާރި ތަކުން ނުވިއްކާ ނުތިބޭ. ސަރުކާރުން ވިޔަފާރިއަށް ވަންނަން ޖެހޭ ހިސާބަކީ ވިޔަފާރި ވެރިންގެ އިޚްލާސްތެރިކަން ނެތި ހިތުހުރި އަގެއްގައި އެއްޗެހި ވިއްކާ ހިސާބު.
ކަހާނީ ގަރު ގަރުކީ
31 May 2025
ނާޖާއިޒުމަންފާނެގުން ހުއްޓުވުމައްޓަކާ ސަރުކާރުން ދޮންކޭލާ ރިހާކުރާ ކާށި ވިއްކަން މާރުކޭޓުގޮޅިއެއް ހިންގަދޭންއެދެން.ކާށި ވަރަށްއަގުބޮވެއްޖެ.ދޮންކޭލަށް ކެމިކަލްޖަހާފަ ހުންނަނީ ރިހާކުރުގަށަނީ ބިދޭސީން ގަޑުބަޑުކޮއްފަ އެހެންވެ ސަރުކާރުންއެބަޖެހޭ މިވިޔަފާރިތެރެއަށް ވަންނަން .އަދި ހުތްއަބާ ފަޅޯމަޖާވެސް ސަރުކާރުން ވިއްކަންވީ.ހިލިބޭސްލިބުންވެސް ވަރަށްދަތި.ކުޅިކާޖާ ކުދިގުޅަ ތެލުލިފަތް ހެދިބިލަތް މިއީވެސް ސަރުކާރަށް ކުރެވިދާނެ ވިޔަފާރި.ޝުކުރިއްޔާ ސަރުކާރު.