ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
29 މެއި 2025 - 23:21
ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000 ރުފިޔާގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދައިން 2،000ރ. ލިބޭނެ ގޮތް ހަދަން މިއަދު އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އާސަންދަ އިން ބޭސް ލިބުމުގައި މި ދޭތެރެއިން ދިމާވި ހިތްނުތަނަވަސްކަން ވެސް ހައްލުކޮށް، މިހާރު ކުރިއެކޭ އެއްގޮތަށް އަދި އެ އަށް ވުރެ ވެސް ރަނގަޅަށް އެކަން ހައްލު ކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާއި ހެލްތު މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ބޭހެއް ހުސްނުވާނެ އަދަދަށް ލިބޭނެ ކަން ޔަގީން ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކުރަން ސަރުކާރުން ކުރިއަށް ދާނީ ރައްޔިތުން އިސްކޮށްގެން، ގޮންޖެހުންތައް ހައްލުކޮށްގެންނެވެ. އެ މަނިކުފާނު ވިދާޅުވީ ގައުމުގައި ތިބެގެން އެންމެ މަތީ ފެންވަރުގައި ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހެެދުމަކީ މި ސަރުކާރުގެ އަމާޒު ކަމަށާއި އެއީ ރައްޔިތުން ވެސް އެދޭނެ ގޮތް ކަމަށެވެ.
ސިއްހީ ދާއިރާ ތަރައްގީ ކުރަން މިދިޔަ ދުވަސްތަކުގައި ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށާއި އެ ދާއިރާގެ އިންސާނީ ވަސީލަތް އިތުރު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ސަރުކާރުން އޮތީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ކަމަށާއި އެއީ ގައުމު ތަރައްގީ ކުރެވޭނީ ވެސް ފުރިހަމަ ސިއްހަތެއްގައި ތިބެގެން ކަމަށް ވާތީ ކަމަށެވެ.
ބަލިތައް ނައްތާލުމަށް މި ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތައް ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއި ޖެނަރޭޝަން ބޭންއެއް ތައާރަފު ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަންކަން ތަންފީޒު ކުރެއްވީ ގޮންޖެހުންތަކާ އެކު ކަމަށާއި ނަަމަވެސް މި ސަރުކާރުން އިސްކުރީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ދުންފަތުގެ ވިޔަފާރި ކުރާ މީހުން އެކަން ދޫކޮށް އެހެން މަސައްކަތެއް ކުރުމަށް މިރޭ ވެސް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ދުންފަތުން ނަގާ ޓެކްސްއިން ލިބޭ އާމްދަނީ ހޭދަކުރާނީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ކަމަށާއި އެ ޓެކްސްގެ އަގު ދަށް ވެސް ނުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
01 June 2025
އީދާ ދިމާކޮށް ކޮންމެ ރައްޔިތަކަށް ދުނިގަނޑެއް ކީއްވެބާ ނުދިނީ؟!. ތި ހުރިހާ ސަބްސިޑިއަކީ އެންމެނަށް އެއްވަރަށް އޮޓޮމެޓިކުން ދޭންޖެހޭ އެއްޗެއް ނޫން. ތިވަރަކުން ދައުލަތަށް ލިބޭ އެއްޗަކުން ނުހިފޭއްޓޭނެ. ތިހެން ތިކަން ކުރީމާ އިންފްލޭޝަން މައްޗައްދާނީ (ތި ވިއްކާ މީހާ އަނގުބޮޑު ކުރާނީ). މިހާރުވެސް ގައުމު މިއޮތީ ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި. އޭގެ ބަދަލުގައި ތި ސަބްސިޑީއަށް ބޭނުންވާ މީހާ ތިކަމަށް އެދުމުން ދޭންވީ.
އަސޭލާ
30 May 2025
އާސަންދައިން އައިނުހައްދަން2000ރ ލިބުނީޔާ އައިނުގެ ދުނިގަނޑު ކުރިއަށްވުރެ އައިނުގެ ދުނިގަނޑުތަކުން 1000ރ ބޮޑުވާނެ ކަރަންޓްބިލުން ޑިސްކައުންޓް ދީފިއްޔާމް ޖެހިގެންއަންނަމަހު އެޑިސްކައުންޓް ދިންބައި ކަރަންޓް ބިލުގަ ހިމަނާ މަސްދަޅުކޭސް ރޯދަމަހު ހިލޭ ރަށްޔިތުންނަށްދީފަ ކަރަންޓް ބިލުގަ އެބައިހިމެނި
ޗުޕްކޭ
30 May 2025
އަޖައިބު. ކަރަނއޓު ބިލު ހިސާބުކުރަނީ ތިޔަ ބޭނުންކުރާ މީޓަރަށް އަރާފަ ހުންނަ މިންވަރަކުން ނޫންތަ؟ މަސްދަޅުކޭސް ދިނޭ ކިޔާފަ ކަރަންޓުން ކައްކަންޖެހޭތަ؟
ރަންނަ
30 May 2025
ކުރީގަ އޮންނަނީ 1000 ކޮންމެ އަހަރަކަށްނޫންބާ؟ ޔަގީނެއްނޫން
ފްރައިޑޭ
30 May 2025
ބަލަން ތިބޭ. ފަސް ހާސް ރުފިޔާއަށް ކުރިން ވިއްކި އައިނު މިހާރު ހަތް ހާސް ރުފިޔާއަށް ބަދަލުކޮށްލާނެ. ހުރިހާ ފައިދާ އެއް އައިނު ވިއްކާ މީހުންނަށް
އަލިބެެ
30 May 2025
އެއީވެސް ސަރުކާުން ކުރާ ކަމެއްތަ؟
ހަޖަމް
30 May 2025
ރާއްޖޭގެ ގިނަ މީހުނަކީ ހަމަނުވިސްނޭ ބައެއްވީމަ ބަޔަކު ތިކަމާ އުފާކޮއްފާނެ. ހަގީގަތަކީ އެ ފައިސާޔަކީ އައިނުހަދާ ތަންތަނަށް ސަރުކާރުންދޭ ލާރިގަޑެއް.
ޢެމިހާ
30 May 2025
ޢައިނު ގެ އަގު އަނެއްކާ ތި މަތިވީ. ވ ސަލާމް
ގޮބޮޅިސްތާން
30 May 2025
އަނެއްކާ އައިނުތަކުގެ އަގު ހަމަ ތިޔަ ވަރުން މައްޗަށް ޖައްސާލާނެ. ދެން އާންމު ރައްޔިތުންނަށް ތިޔަ އިތުރުކޮށްގެންވެސް ލިބޭނީ ހަމަ ކުރިން ލިބުނު އެތި، އެޔަށްވުރެ ބޮޑު އަގެއްގައި. އަގު ކޮންޓްރޯލު ނުކުރާ އެއްޗިހިން ތިޔަގޮތަށް ސަބުސިޑީ ދިނީމާ ވިޔަފާރިވެރިން ނަގަނީ އޭގެ ނާޖާއިދު "ފައިދާ"
ވާގޮތާ ހަދާނެގޮތް.
30 May 2025
އެހެންތަ. 1 ޖޫން 2025 އިން ފެށިގެން ނަމްބަރ ނެގުން 50.00ރ އިން 250.00ރ އަށް ބަދަލުކޮށްފިން. އައިނު ލޮލެއް ކުރީގެ އަގުން 1000.00ރ ބޮޑުކޮށްފިން. ބޮޑުކުރި ވަރެއްގެ ފަހަތިން މިޚޮިދުމަތުގެ އަގު ދުވާނެ
ހަވަނަ
30 May 2025
އެމީހުންގެ އައިނު އަގު 5000ރ އަށް ބަދަލުވުން ކައިރި.
ގުނައިދު ޝަރީފް
30 May 2025
ތިކަމަކުން އާއްމު ރައްޔިތަކަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ތިކަމާ ގުޅިގެން އިތުރު 1 ހާސްރުފިޔާ ލިބޭނީ އައިނުހަދާތަނަށް. އިއްޔެ އެއްހާސް ރުފިޔާއަށް ވިއްކި ދުނިގަޑު މިހާރު ހުންނާނީ ދެހާހަށް. މޮޅުކަމެއް ތިކޮއްލީ ދީ.