ރާއްޖޭގައި ބޭނުންކުރުން މަނާކުރި ކޮފްސީ ސިރަޕް: އެ ބޭސް ބޭނުން ކުރުމުގެ ހުއްދަ އަލުން ވަނީ ދީފައި
29 ސެޕްޓެމްބަރ 2024 - 13:39
ރާއްޖޭގައި މަނާކުރި ކޮފްސީ ސިރަޕުގައި މައްސަލައެއް ނެތުމުން، އެ ބޭސް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފި އެވެ.
ކެއްސާތީ ކުޑަކުދިންނަށް ވެސް ދޭ އެ ބޭސް ބޭނުން ކުރުމާއި ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މަނާކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ގަ އެވެ. އޭރު އެ ބޭސް މަނާކުރީ އެ ބޭހުން ކުނޑިތަކެއް ފެނިގެން، އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކަ އެވެ.
އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން މާކެޓުން ލިބެންހުރި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި، އިތުރު ޓެސްޓްކޮށް ބަލަންޖެހޭ ބެލުންތައް ބަލާފައިވާ ކަމަށެވެ. އަދި އެ ބޭހުގައި މައްސަލައެއް ނެތްކަން މިހާރު ދެނެގަނެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
"އެހެންކަމުން، މިއަދުން ފެށިގެން، ކުރިއެކޭ އެއްގޮތަށް މި ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ." އެ އިއުލާނުގައިވެ އެވެ.
މީގެ ކުރިން ވެސް އެމްއެފްޑީއޭ އިން ވަނީ ބައެއް ބޭސްތައް ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
29 September 2024
ހެޔޮ ހުއްދަ ދިނަސް ތިބޭސް ދެން މަށެއް ނުގަންނާނަން ، ޑރ ވެސް ތިބޭސް މަށައް ލިޔެދީގެންނުވާނެ
އޮނަރަބަލް މަޑިސީލަ
29 September 2024
ބަލަން ވާ ވަރަށް ނުބަލާ މަނާ ކުރުމުން އަނެއްކާ މި ކުރިމަތިވީ ރައްޔިތުންގެ ޓެކްސް ފައިސާއިން މިލިއަނުން ބަދަލު ދޭންޖެހޭނެ ބޮޑު މައްސަލައެއް ތަ . ބަދަލު ދޭން ޖެހޭނަމަ ދޭންވާނީ ވަޒީރުގެ ޖީބުން ނުވަތަ މިލްކިއްޔާތު ވިއްކާފައި.
ބައްޕި
29 September 2024
އަޅެ ކޮފްސީއަށް މިލިބުނީ ކިހާބޮޑު ދެރައެއް. މީހުންނަށްވެސް އެފެންނައިރަށް އެއާމެދު އަދިވެސް ބިރެއް އޮންނާނެ.