ފުލުހުންގެ ވެހިކަލް: ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
24 އޮކްޓޯބަރ 2024 - 10:14
ދެކުނުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސައުތު ޕޮލިހުގައި ހިމެނޭ ރަށެއްގައި 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 22 ގައި ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ބިދޭސީ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާތީ އިތުރު މައުލޫމާތެއް ނުދެ އެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަނުކުރަނީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
24 October 2024
ޔަގީނުންވެސް ތިވާނީ ބަންގާޅިޔަކަށް
ކޮތަރޭ
24 October 2024
ހިތާމަ ހުރި ކަމެއް. ތި ޢުމުރުގައި ކުދިންނާއި ޖިންސީ ގޮތުން ބެހުމަކީ ކުއްޖާގެ މުޅި ލައިފް އަށް އެކަމުގެ އަސަރު ކުރާނެ ކަމެއް. ތަފްސީލަށް ދާން ބޭނުމެއް ނޫން. ބެލެނިވެރިން އަދި ދައުލަތުން ވެސް އެކުއްޖާއަށް ކައުންސެލިން ދެވޭނެ ގޮތެއް ހޯދުން މުހިންމު. ބިދޭސީ މީހާ ޑީޕޯޓް ކުރުމުގެ ކުރިން ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލަން