ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާ އަށް ސަނީ އުމަރު އިއްޔެ ހަވީރު ހާޒިރު ކުރުމަށް ފަހު ފުލުހުންގެ ވެހިކަލަށް އަރުވާފައި.---ފޮޓޯ: އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް)
02 ޑިސެމްބަރ 2025 - 21:10
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު، ރާއްޖެ އިން ބޭރަށް ފުރައިގެން ދާން އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން މިއަދު ހައްޔަރުކޮށްފި އެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އެ ކުއްޖާގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ ތަނުން އެއް ކުއްޖެއްގެ އާއިލާގެ ފަރާތުން ކަމަށް ވެ އެވެ.
ސަނީ އުމަރުގެ މައްސަލަ އާންމުންނާ ހަމައަށް ތިލަވިއިރު، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމުގެ ތުހުމަތު އޮތީ ކޮށްފަ އެވެ. އަދި އޭނާއާ ސުވާލު ކުރަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން އިއްޔެ ހަވީރު ގެންދިޔަ އެވެ. އޭގެ ފަހުން ސަނީ އުމަރު ދޫކޮށްލުމާ އެކު، ދެން އަޑު އެރީ ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ ވާހަކަ އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 24 ގަޑިއިރު ވާން ކައިރި ވެފައި ވަނިކޮށް ފުލުހުން މިރޭ މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޖިނާއީ މައްސަލައެއްގެ ތުހުމަތުތައް ސަނީ އުމަރުގެ މައްޗަށް ކުރެވޭތީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު ދޫކޮށްލުމާ އެކު، ރާއްޖެ އިން ފުރައިން ދާން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލި ކަމަަށެވެ. އެކަމަކު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަނީ އުމަރުގެ މައްސަލައާ ގުޅުވައިގެން، ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރެއިނީއުމަރު
03 December 2025
ސަނީ އުމަރު އިޒް ނޯ ލޯންގާ ސަނީ.
އެންމެފަހުން
03 December 2025
އަދިވެސް ތިޔަ ޱުރާމާ ނިމުމަކަށް ނައަންނަނީތޯ
ްިއިއްބެ
03 December 2025
ކޮން ޑްރާމާއެއް. ދެން އެންމެފަހުން ބުނޭ އޭނަ އެއީ ހުދު ކަފަކޮޅެކޭ. ފްރޭމްކޮށްގެންނޭ.
އޮނަރަބްލް އަފީފު ދީދީ
03 December 2025
ކޯޓް އަމުރުގެ ދަށުން ހައްޔަރު ކުރީމާ އާންމު އުސޫލާއި އެއްގޮތަށް ޝޮޓްމަގު ފޮޓޯ އާންމު ކުރަން ވާނެ.
އަލީ އުމަރު ކޮއްކޮ
03 December 2025
ތިވަރައް ފުރަން އުޅޭނީ ކަމެއްކޮއްފަ ހުރީމަދޯ.. ދެދުވަސް ތެރޭ ތިންފަހަރު އެއާޕޯޓުގަ؟؟ ހެހެ
މިރުސް-ލީ
02 December 2025
ސަނީ އުމަރު ހަށްޔަރު ކުރީމަ ޖަލުގައި ވާނީ ރެއިނީ އުމަރު އަށްތާ؟ ހަހަހަހަހާ
ރާބިއާ
03 December 2025
ސަންސެޓް އުމަރަށް
މިހާލި
02 December 2025
މީ ވަރައް ދުރައް ބަލަންޖެހޭ މައްސަލަ އެއް .މޫތައް ދުރައް ފެތުރިފަވުން ކާރި