17 އަހަރުގެ ކުއްޖަކަށް ބިރު ދައްކައި، އަނިޔާކުރި މައްސަލައެއް ބަލަނީ

މާލޭގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުސް އޮފީހުން މިއަދު ބުނީ، ކުޑަކުއްޖާ އަށް ޖިންސީ ފުރައްސާރަ ވެސް ކުރި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ފަތިހު އެވެ. މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ފުލުހުން ބުނިގޮތުގައި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓުކޮށް، އެ ވާހަކަތައް ދައްކާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިނގާލުންތައް ވެސް އަންނަނީ ބާއްވަމުންނެވެ.