ސީއައިޑީގެ ޕޯސްޓަރެއް.
25 އޮކްޓޯބަރ 2024 - 06:01
އިންޑިއާގެ ސޮނީ ޓީވީން ގެނެސްދިން މަގުބޫލު ޓީވީ ޝޯ "ސީއައިޑީ" ގެނެސްދިނުން ހުއްޓާލިތާ ހަ އަހަރު ފަހުން އެ ޝޯގެ އާ ސީޒަނެއް އިއްޔެ އިއުލާންކޮށްފި އެވެ.
ސޮނީ ޓީވީން ވަނީ "ސީއައިޑީ"ގެ އާ ސީޒަނެއް އިއުލާންކޮށް، ފުރަތަމަ ޕްރޮމޯ ވީޑިއޯ ވެސް އިއްޔެ އާންމުކޮށްފަ އެވެ. އަދި އާ ސީޒަންގެ ފުރަތަމަ ޓްރެއިލާ މާދަމާ އާންމުކުރާނެ ކަމަށް ވެސް އެ ޗެނަލުން ބުންޏެވެ.
މި ޝޯގެ އެންމެ ވަރުގަދަ ތިން ކެރެކްޓާ ކަމަށްވާ، އެންމެ އިސްކޮށް އުޅޭ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ޕްރަދިއުމަންގެ ރޯލު ކުޅޭ ޝިވާޖީ ސަތަމް އާއި ސީނިއާ އިންސްޕެކްޓަރު އަބިޖީތުގެ ރޯލު ކުޅޭ އަދިތިޔާ ޝްރިވަސްތާވްއާ އަދި ސީނިއާ އިންސްޕެކްޓަރު ދަޔާގެ ރޯލު ކުޅޭ ދަޔަނަންދު ޝެޓީ ވެސް އާ ސީޒަނަށް އެނބުރި އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރޮމޯ ވީޑިއޯގައި ފެންނަނީ ބޮމެއް ގޮއްވާލާ ސަރަހައްދަކަށް އޭސީޕީ ޕްރަދިއުމަން ދުއްވައިގަންނަ ތަނެވެ. އޭގެ އިރުކޮޅެއް ފަހުން ކެމެރާ ފޯކަސް ކޮށްލަނީ އަބީޖީތުގެ ލޮލަށެވެ. އަދި އޭނާ މި ސީރިއަސް ބެލުން ފެންނައިރު ބެކްމިއުޒިކްގެ ގޮތުގައި މި ޝޯގެ މަޝްހޫރު "ތުނބުން ފުމޭ އަޑުކޮޅު" އިވެ އެވެ.
Mark your calendars - 26th October ko hoga ek dhamakedar promo drop! 🎬@shivaajisatam#ComingSoon #StayTuned #SonyEntertainmentTelevision #SonyTVShow pic.twitter.com/2PeZVrJegW
— sonytv (@SonyTV) October 24, 2024
"ސީއައިޑީ" ހުއްޓާލިތާ ހަ އަހަރު ވީ ނަމަވެސް، ސޮނީ ޓީވީން އަދިވެސް މި ޝޯގެ ރިޕީޓް ޓެލެކާސްޓް ގެނެސްދެ އެވެ. ރިޕީޓް ޓެލެކާސްޓު ގެނެސްދޭއިރު ވެސް އެ ޗެނަލުން އަދިވެސް އެންމެ ގިނައިން މީހުން ބަލާ ޝޯއަކީ "ސީއައިޑީ" އެވެ. އެ ޝޯގެ އާ ސީޒަނެއް ގެނެސްދޭން ނިންމި އެންމެ ބޮޑު ސަބަބެއް ކަމަށް ވެސް ބެލެވެނީ އަދިވެސް މިހާ ތަރުހީބު ބޮޑުވުމެވެ.
"ކުޗް ތޯ ގަޑުބަޑު ހޭ"އަކީ ސޮނީ ޓީވީގެ "ސިއައިޑީ" ބަލާ މީހުން އެންމެ ފަރިތަވާނެ އެއް ޑައިލޮގެވެ. މި ޝޯއަކީ އިންޑިއާގައި ހިނގާ އެކި ކަހަލަ ކުށްތައް ތަހުގީގުކުރަން ފުލުހުންގެ ޓީމަކުން ކުރާ ވަރަށް ޝައުގުވެރި މަސައްކަތްތަކެއް ދައްކާ ޝޯއެކެވެ.
"ސީއައިޑީ" އަކީ 1998 ގައި ސޮނީން ދައްކަން ފެށި ޝޯއެކެވެ. އޭގެ 20 އަހަރު ފަހުން މި ޝޯ ހުއްޓާލީ 1،547 އެޕިސޯޑު ގެނެސްދިނުމަށް ފަހު އެވެ. އެންމެ ފަހު އެޕިސޯޑު ދެއްކީ އޮކްޓޯބަރު 27، 2018 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
26 October 2024
ސިޓިންގރޫމުގައި ހުންނަޓީވީއިން އަޅުގަނޑު ސީއައިޑީ އަޅުވާލަނީ މަސައްކަތްކުރަން އިންނައިރު ކޮންމެވެސް އަޑެއްއިވުނީމާ ފޫހިފިލާތީއާ، ގޭގައި ކުޑަކުދިންއުޅުނަސް 11، 12 އަހަރުގެ، އެކުދިންނާ ނުގުޅޭމަންޒަރެއް ވަރަށްމަދުފަހަރަކުނޫނީ ސީއައިޑީއިން ނާންނާތީ، މިހާރުހުންނަ ފިލްމެއް އެއްޗެއްކުޑަކުދިންއުޅޭތަނެއްގާ ބަލާންކަމުދާވަރެއްނުވޭ، ފެންވަރުރަނގަޅު ދިވެހި ފެމެލީޝޯއެއް ޑުރާމާއެއް، ފިލްމެއް ނެތް،
ސީއައިޑީ
25 October 2024
ކާކުތަ ސީއައިޑީ ނައިސްގެން ހާސްވެ އޮކްސިޖަން ގުޅަންޖެހުނީ؟!
މުލޭ
25 October 2024
އިބޫ އައުމުން ހުއްޓާލާފަ މުޢިއްޒު އައުމާއެކު ފެށީތަ!
ވައްޑެ އަބޯ
26 October 2024
ޗަބުނީ ރަގަޅަށް
ކީސްފިލާ
26 October 2024
"ކުޗް ތޯ ގަޅުބަޅު ހޭ"