ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް: ޗާލްސް ރާއްޖެ ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވާފައި --- ފޮޓޯ/ރައީސް އޮފީސް
26 އޮކްޓޯބަރ 2024 - 23:56
ރާއްޖެ ވަޑައިގަތުމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ދައުވަތު ދެއްވައިފި އެވެ.
ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިންގައި (ޗޮގަމް 2024) ބައިވެރިވެވަޑައިގަތުމަށް ސަމޯއާ މިހާރު ކުރައްވާ ދަތުރުފުޅުގައި، ރަސްގެފާނު ޗާލްސްއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ނައިބު ރައީސް ވަނީ އެކްސްގައި ހިއްސާ ކުރައްވައިފަ އެވެ. ކޮމަންވެލްތުގެ އެންމެ އިސްވެރިއަކީ ވެސް ރަސްގެފާނު ޗާލްސް އެވެ.
އެ ޕޯސްޓުގައި ނައިބު ރައީސް ވިދާޅުވީ ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެމަނިކުފާނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
🇲🇻🇬🇧
— Hussain Mohamed Latheef (@HucenSembe) October 26, 2024
It was an honor to meet His Majesty King Charles III at the SMI event and the dinner hosted by His Majesty during #CHOGM2024. On behalf of President @MMuizzu, I extended an invitation for His Majesty to grace the Maldives with his visit. pic.twitter.com/LLFaYZUy06
ރަސްގެފާނު ޗާލްސްގެ މަންމާފުޅު އަދި އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނަ ވަނީ މީގެ 52 އަހަރު ކުރިން، 1972 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެއީ އިނގިރޭސި ރަސްކަލަކު ރާއްޖެއަށް ކުރެއްވި ހަމައެކަނި ދަތުރުފުޅެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ރަސްގެފާނު ޗާލްސްގެ ދެމަފިރިންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ކޮންމެ ދެ އަހަރަކުން އެއް އަހަރު އޮންނަ ކޮމަންވެލްތުގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާގުޅޭނެ
29 October 2024
އިހަކަށް ދުވަހު އަޅަން އިއުލާންކުރި 25 ބުރީގެ ކެންސަރު ހޮސްޕިޓަލް ހުޅުވަން ދައުވަތު ދިންނަމަ...އެހާ އާލާސްކަންފުޅުގެ އުޅުއްވާއިރު
އުސްްމާނުބެ
28 October 2024
ދައުލަތުގަ ފައިސާއެއް ނެތޯ ، ހަރަދު ކުޑަކުރާށޯ ދެންފަހެ މީނާ ގޮސް މިތާ މިހުންނަނީ ކޮން ފައިސާ އަކުންބަ ، އަނެއްފައިސާ ، މިފައިސާ .......
ޕްރިންސަސް ދިޔާނާ
27 October 2024
ރަސްގެފާނަށް ދައުވަތު އަރުވާނީ ނައިބުރައީސެއް ނޫން. ތީގެން އެނގެނީ އެއްވެސް އިހުތިރާމެއް ނެތްކަން. އަދި ޑިޕްލޮމަސީގެ ކަންފުޅެއް ވެސް ނުދަންނަކަން.
ހޮސެން އަލަންގިރި މިއާ
27 October 2024
އަންނަން ބޭނުން ނެތީ. ބޮޑު ޔަހޫދީ މަކަރު މީހާ. އިނގިރޭސިންނަކީ ގައުމުތައް ބައިބައި ކުރާ ފިތުނަ އުފައްދާ ބައެއް. ހުސަންބާއި ނޭގެނީތަ އިގިރޭސިން އެފުރިކާ އަށްގޮސް މީހުން ވަގައް ނަގައިގެން ގޮސް އެހެން ގައުމުތަކަށް ވިއްކާ ފައިސާ ކެއިކަން. އަދި ޔަހޫދިން އަތުން 2 ވަނަ ބޑުހަގުރާމައިގައި ފައިސާ ނަގާ ފަލަސްފަތީންގެ ބިން ޔަހޫދިންނަށް ވިއްކާފަ އެމީހުންނަށް އިޒުރޭލު ހަދައިދިންކަން. އަދި ޗާލްސް އަހަރެމެންގެ ޑަޔާނާ މެޑަމްއާ ޝާދީ ކޮށްފަ ކަންތައް ކުރިގޮތް؟
ވަކީލްް
27 October 2024
ހާދަ ދޯހަޅިކޮށް އިގިރޭސީގެ ރަސްގެފާނަށް މިދައުވަތު މިދެނީ. ޑިނާނައިޓެއް ނިންމަވައި ސަލާމްކުރުމުގެ ތެރެއިން ދިވެހިންގެ ރައީސްގެ ފަރާތުން ރަސްގެފާނަށް މިދައުވަތު މިދެނީ.
2
27 October 2024
މިގައުމު އިނގިރޭސީންގެ އަޅުވެތިކަމަށްދިޔައީ ޗާލްސްގެ މުނިމާމަދައުރުގާ. އައްޑޫއަފީފުނޫނީ މިކަމާ އުފާކުރާނެމީހަކު ނޫޅޭނެ.
ހަސަންކަލޯ.
27 October 2024
އައްޑޫގެ އޭރުގެ ޖީލު މާލޭ ސަރުކާރުގެ ދަށުން ނެއްޓިގަންނާން މަޖުބޫރުވީ މާލޭ ސަރުކާރުގެ ދުއްޕާން ބޮޑުވެގެންކަން އައްޑޫގެ އޭރުގެ ޖީލާއި މިހާރުގެ ކުދިންވެސް ޤަބޫލު ކުރޭ. އަދި އިޤިރޭސިން އައްޑޫގައި އުޅުނު އިރު އައްޑޫ ރައްޔިތުން އަމިއްލަ ވަޒަނުގައި މިނިވަންކަމާއި އެކުގައި އުފަލުގައި ދިރިއުޅުނު. އައްޑޫ ރައްޔިތުން ކުލީ އަޅުންނަށް ވެގެންދިޔައީ އިޤިރޭސިން އައްޑޫ އިން ފޭބުމުން.
މާލެގައުމު
27 October 2024
އިނގިރޭސި އަޅުވެތިކަމަށްފަހު ދެން ރާއްޖޭގެ ރަށްތައް ދިޔައީ "މާލެ" ކިޔާ ކުޑަކުޑަ ގައުމެއްގެ އަޅުވެތިކަމަށް. އެއަޅުވެތިކަމުގައި މިދެންނެވި ރަށްތަކުގެ އަހުލުވެރިން އަދިވެސް އަޅުވެތިކޮށްގެން، އެރަށްތަކުގެ ހުރިހާ ރިސޯސްތަކެއް ގޮތަކަށް ދަމައިގަނެގެން، އެމީހުން ލައްވާ މަސައްކަތްކުރުވައިގެން ލިބޭ ލާރީގައި "މާލެ" ގައުމުގެ ގިނަބަޔަކު އުޅެނީ އެއްކަލަ އަޅުވެތިކުރި އިނގިރޭސިވިލާތުގައި،
މިރާއްޖެ
27 October 2024
އާދޭ އާދޭ އެންމެން އާދޭ. ދިވެހިންގެ ބިމަށް އުފަލުން އާދޭ.
މުރާސިލް
27 October 2024
އަނެއްކާ އަނެއް ބޭކާރު ޚަރަދަކުރަން އިނގިރޭސި ރަސްގެފާނު މިޤައުމަށް ގެނައުމުގެ ބޭނުމެއްނެތެވެ. ނައިބުރައީސް ކޮމަންވެލްތްގެ ވެރިކަންގެ ބައްދަލުވުމަށް ވަޑައިގަތުމަށް އެތައް މިލިއަންރުފިޔާއެއް ޚަދަރަދުކުރާވާ ބޮޑުވަފުދެއް އަރިހުގައިގެންދަވައިގެން، އެވަރުން ނުފުދިގެން އަނެއްކާ އެތައްމިލިއަނެއް ޚަރަދކުރަން ޖެހޭފަދަ ދައުވަތެއް ދިއްވި ދެއްވުން ކުއްވެރިކޮށް އެދައުވަތު އަނބުރާގެންދެވުމަކީ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ
ރަދީފު ބިން ރަފައިދާ
27 October 2024
ސިއްރުމުސްލިމެއްވިއްޔާ ގެންނާންވީ. ގެނަސް އެވޯޑުވެސް ދޭންވީ. އެހެންނޫނީ ގެނައުމުގެ ބޭނުމެއް ނެތް.
އަލލީމަނިކު
27 October 2024
މި ލިންކް ބަލައިލުމުން އެނގޭނެ ފަލަސްޠީނުގައި ގަތުލު އާންމު ހިންގުމަށް އިނގިރޭސިން މަސައްކަތްކުރާ ކަން.