އީރާނުގައި އަސްކަރީ ބާރު ދައްކާލި ޕެރޭޑެއްގައި، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ބޮޑު ފޮޓޯއެއް ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ
28 އޮކްޓޯބަރ 2024 - 05:49
އިޒްރޭލުން އީރާނަށް ދިން ހަމަލާ "ބޮޑުކޮށްވެސް އަދި ކުޑަކޮށްވެސް ދައްކަން ނުޖެހޭނެ" ކަމަށާއި އިޒްރޭލުން ހިސާބުޖެހީ ނުބައިކޮށް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
"ޒައިނިސްޓް ވެރިކަން (އިޒްރޭލުން) އިން ދެ ރޭ ކުރިން ހިންގި ނުބައި އަމަލުތައް ބޮޑުކޮށް ވެސް އަދި ކުޑަކޮށްވެސް ދައްކާކަށް ނުޖެހޭނެ،" އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާމަނާއި ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް ނުދެއްވައި، ޚާމަނާއީ ވިދާޅުވީ މި ހަމަލާއަކީ "ނުބައިކޮށް ހިސާބުޖެހުމެއް" ކަމަށެވެ.
ހޮނިހިރު ދުވަހު އިޒްރޭލުން އީރާނުގެ އަސްކަރީ ތަންތަނަށް ވައިގެ މަގުން ހަމަލާ ދިނީ މި މަހުގެ 1 ގައި އީރާނުން އިޒްރޭކަށް ދިން މިސައިލް ހަމަލާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އީރާނުގެ އެ ހަމަލާއަކީ އީރާނުގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރި ލީޑަރުންނާއި އީރާން ސިފައިންގެ ކޮމާންޑަރެއް މަރާލުމަށް ދިން ރައްދެކެވެ.
އިޒްރޭލުން އީރާނަށް ދިނއ ހަމަލާގައި އީރާން ސިފައިންގެ ހަތަރު މީހަކު މަރުވި އެވެ.
އީރާނުގެ އޮފިޝަލުންނާއި މީޑިއާއިން އިޒްރޭލުގެ ހަމަލާތައް ކުޑަކޮށް ދައްކައި، އީރާނުގެ ދިފާއީ ގާބިލްކަން މޮޅުކަން ފާހަގަކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަކު
28 October 2024
ހިސާބުޖަހަން އެންމެމޮޅުމީހާ ހުރީ މިގައުމުގާ.
ދަރި ފައިސަލް
28 October 2024
އަދުރޭ އަތަށްދީބަލަ ހިސާބުޖަހަން
ރަދީފްއޮފިޝަލް
28 October 2024
ސާބަހޭ މަނިކްފާނު.އަހަރުމެން މިތިބީ އިޒްރޭލް ފުނޑާލަން ތައްޔާރަށް.
ރަސްގެފާނު.
28 October 2024
ކޮންމެ ބަޔަކުވެސް މަސައްކަތްކުރާނީ ލިބުނު ގެއްލުން ފޮރުވަން. އެބައެއްގެ މޮޅުކަން ހާމަކުރަން. އިޒްރޭލަކީ މިކަމުގައި ނަމްބަރ ވަން. ހަމަލާ ދިނުމުގެ ކުރިން އަރާނާ އެމެރިކާ އެތައްފަހަރަކު މަޝްވަރާކުރި. އިޒްރޭލުން ދޭނީ ވަރަށްކުޑަ ހަމަލާއެއްކަމަށް. ބަދަލުގަ އިތުރަށް ހަމަލާނުދެން. އެކަމަކު އިޒްރޭލުން ހަމަލާދިނީ އެމެރިކާ އާއެކު އެއްބަސްވި މިންވަރަށްވުރެ މާބޮޑުކޮން. ނަސީބެއް މަދަނީންތަކެއް މަރާނުލިކަން.