މޯލްޑިވިއަންގެ އެއާބަސް މަތިންދާބޯޓު: ކޮލަމްބޯއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލް-- ފޮޓޯ: މޯލްޑިވިއަން
05 މާޗް 2017 - 11:03
ސްރީލަންކާގެ ކޮލަމްބޯ އަށް ދަތުރު ކުރުމުގެ ހުއްދަ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.
ކޮލަމްބޯ އަށް ދަތުރު ކުރުމުގެ ހުއްދަ މޯލްޑިވިއަނަށް ލިބުނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވިއަންގެ އިސް ބޭފުޅުންތަކެއް ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލު ކުރައްވައި، ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "މިހާރު" އަށް ވިދާޅުވީ އެ ހުއްދަ ލިބުމާ ގުޅިގެން ކޮލަމްބޯ އަށް ދަތުރުތައް ފެށުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ. އެކަމަކު ދަތުރުތައް ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ނަޝާތު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި އަޅުގަނޑުމެންނަށް އިއުލާން ކުރެވޭނެ ދަތުރުތައް ފެށޭނެ ދުވަހެއް،" ނަޝާތު ވިދާޅުވި އެވެ.
ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލް ކަމަށްވާ ކޮލަމްބޯ އަށް މީގެ އަހަރުތަކެއް ކުރިން މޯލްޑިވިއަން އިން ދަތުރުކުރި އެވެ. އެ ކުންފުނިން މިހާރު ވެސް ދަނީ އެކި ގައުމުތަކަށް ދަތުރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިލަދުންމަތީ ކަބަލެއް
07 March 2017
މިލިބުނު އުފާވެރި ޚަބަރާއެކު އެންމެ ބޮޑައް އުންމީދު ކުރެވެނީ ހަނިމާދޫއިން ކޮލަބޯއަށް ދަތުރުކުރެވުން.. މި އީ މުޅިބޮޑުތިލަދުންމަތީގެވެސް އުންމީދު..
ބާރީ
06 March 2017
މީގެ އަހަރުތަކެއް ކުރިންވެސް ދަތުރުކުރި އެވެ. ކޮށްގެންވެސް ރައްޔިތުންގެ ކަރުތެރޭގައި ހިތިރަހަ ލައްވާލާ ކުންފުންޏަށް ވީ ކިހިނެއް ހެވެ.
ހާދާލު
05 March 2017
ބޮޑު ތިލަދުން މައްޗައް ކަމެއް ކޮންދެންޔާ ހަނިމާދޫ ކޮލަމްބޯ ދަތުރު ބާއްވަ ދީ......
ހެއި
05 March 2017
އަގު ކިހާވަރެއްވާނެބާ؟ އެންމެ ލާރިކޮޅެއްވެސް އަގު ބޮޑުނަމަ ދަތުރު ނުކުރާނެވާހަކަ ދަންނަވަން.
ނަމެއްނެތް
05 March 2017
ދެން އަނެއްކާވެސް ކޮން އިރަކުން މިސެކްޓަރ ހުއްޓާލާނީ؟
އަހުމަދު
05 March 2017
މިއީ އެއްގޮތަކަށް ވެސް ކުރީގައި ނުލިބި އޮތް ހުއްދައެއް އަލުން ލިބުނީ ދޯ..
ޝަޒުނާ
05 March 2017
މޯލްޑިވިއަން ނުވަތަ މޯލްޑިވުސް ނަންބޯޑު ޖަހައިގެން އުޅޭ އެއްވެސް އެއަރލައިނަކައް އިތުބާރުކޮށްގެން އުޅެވޭކަށެއްނެތް....ގަނޑު ތެޅެންޖެހެނީ.!!
އުތުރުގެ ޒުވާނުން
05 March 2017
ހަނިމާދޫން ކޮލޮމްބޯއަށް ދަތުުރު ނުފަށަންޏާ ބޮޑުތިލަދިންމަތިން ޔާމީނަކަށް ވޯޓެއް ނެތް! ކުލިމާލެ ނުގޮސް ރަށުގޯތީގައި ގެސްޓްހަޢުސް ހަދައިގެން ޑޮލަރު ގުނަން އޮވެވޭނީ މިކަން ކޮށްގެން. އަދި ބުނަން. ހަނިމާދޫން ތިލަދިންމަތީ ހުރިހާ ރަށަކަށް ފްލައިޓް އޮންނަ ގަނޑިތަކާ ދިމާކޮށް އަގުހެޔޮ ފެރީ ލިބެންވާނެ. ވަރަށް ވެދުން.