އިސްމާއިލް ހަބީބު: ވެރިން އައްޔަންކުރާ ގޮތް ބަދަލުކުރަން އެދުނީ މުއައްސަސާތަކުން ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
29 އޮކްޓޯބަރ 2024 - 22:28
މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަކީ މުއައްސަސާތަކުން އެދިގެން ހުށަހަޅާފައިވާ ކަމެއް ކަމަށް އެޗްއާރްސީއެމްގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ގޮތަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފަ އެވެ. މި އިސްލާހާ ގުޅިގެން އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އީސީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިސްލާހަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، އެޓާނީ ޖެނެރަލްގެ އިތުރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
"...އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ގައުމުތަކުން ވެސް އެކަން ކުރަމުން އަންނަ ގޮތް،" ހަބީބު ވިދާޅުވި އެވެ.
މީގެއިރުކޮޅެއް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބާރުފޯރުވުމަކީ މިއަދާ ހަމައަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި ކުރިމަގުގައި ވެސް އެކަން ނުކުރައްވާނެ ކަމަށެވެ.
"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާ އެކު، ވަކި މީހަކަށް ބެލުމެއް ނެތި، ހަލުވި ދުވެލީގައި މަސައްކަތް ކުރަމުން ދޭތޯ ކަށަވަރު ކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާ ނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ދައުލަތުގެ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް އަދި އިންތިހާބުކުރާ މަގާމުތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މި ދެއްވީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ ބާރު ކަނޑުވާލަން ރައީސް އުޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތަކެއް ދެކެވޭތީ އެވެ.
އެއީ ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅުން ބުންޏަސް ސަރުކާރުގެ ފަޅީގެ މެމްބަރުން ވިދާޅުވީ، އެއީ އެ ދެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު މުތުލަގަށް ރައީސަށް ލިބިދޭ އިސްލާހެއް ނޫން ކަމަށެވެ.
"އެ ކޮމިޝަންގެ މެންބަރު އައްޔަން ކުރުމުގައި މިހާރު ވެސް އަމަލުކުރާ ގޮތަކީ، ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުން. ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގައި ވެސް ގެނެވޭ ބަދަލަކީ އެ އުސޫލުން އެކަން ކުރެވޭ ގޮތަށް ގެނެވޭ އިސްލާހެއް،" މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
30 October 2024
އެޗްއާރްސީއެމް ގެ ނައިބު ނުނަގާ ގާނޫނުގަ ބުނާ މުއްދަތު ދިޔަތާ އަހަރެއްވަނީ. ސުވާލެއް ކޮށްލަބަމަ މިހަރު ނޫހުން
ޢަލިބެ…
30 October 2024
މަޖިސް އަށް މެމްބަރުން ޢައްޔަނުކުރުމުގެ ބާރުވެސް ރައީސައް ދޭން ފެނޭ.
ހޮޓްކިންގ
30 October 2024
އެހެންވެތާ ހަބީބު ނޫން ތިވަރުގެ ގާބިލް މީހަކު ސަރުކާރަށް ފެނިގެން އެ އުޅެނީ ކޮންމެ ތާކަށް ހަބީބު ލައިގެން.
ޑައިޖިން
30 October 2024
ޖޭ ފަށެއް ވޭ ދޯ؟
ބަހާއުު
30 October 2024
މުއައްސަސާތަކުގެ ޝަކުވާ އަށް ރައީސް މުއިއްޒު ކޭޓާ ކުރުންވެސް މިހާޜު މިވަނީ ގޯސްކަމަކަށް. ދެން މިމީހުންނަކަށް ސަލާމަތެއް ނެތެއްނުން. އެމްޑީޕީއިން ޒިންމާ ނަގަންޖެހޭނެ މިހާ ފާޅުކަންބޮޑޫ ގޮތެއްގައި ރައްޔިތުންނަށް މި އޮޅުވާލާ އޮޅުވާލުން.
އައްޒާމްް
30 October 2024
ބަޔަކު އަޑީގަތިބެގެން ސިޔާސީ މަންފާއަށް ފަތުރަމުންދާ ދޮގު ހަބަރުތަށް މިހާރު ބޭޒާރުވެއްޖެ.
ޖައިލަމްް
30 October 2024
ކޮންތާކު މިޖެހުނީ މިހާރު. އާހިރުގަ ރައީސް މުއިއްޒު ބަދުނާމު ކުރުމަށް މަސައްކަތް ކުރި އެންމެން އަތަށް ގޮވައިފި.
ބެއްޔާގެ ދަރި
30 October 2024
ކޮމިޝަންތަކުގެ ރައީސުން ހޮވާނެ ގޮތް ގާނޫނުތަކުގައި ލިޔެފައި އެބަ ހުއްޓެވެ. ގިނަ ތަންތަނުގައި ހުރީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ ގޮތަށެވެ. ނަމަވެސް އެއްވެސް ހާލަތެއް މެދުވެރިވެގެން ވަކިކުރެވޭނެ ގޮތެއް ގާނޫނުގައެއް ނެތެވެ. ފުއާދުގެ އިތުބާރު ގެއްލުމުން ވެސް ވީ އެހެނެވެ. އެކަން ކުރެވެންޏާ ކުރެވެން އޮތީ މިނިވަން މުއައްސަސާތަކަށެވެ.
ދިހާމް އިސްމާއިލް
30 October 2024
މިކަންވެސް ސާފް މިވީ. ބަޔަކު އުޅުނު މިކަންވެސް ސިޔާސީ ކޮށްގެން ރައީސްގެ އަގު ވައްޓާލަން.
މަހްޒޫމް
30 October 2024
ރައީސް މުއިއްޒް ނުކުރާނެ ބާރުތައް އަތަށް ލުމެއް. އެޔަށްވުރެ މާ ނަޒާހާތްތެރި ވެރިކަމެއް ކުރާނީ. ރައްޔިތުންނަ ފައިދާވާނެ
ރިޒުހާން މުހައްމަދު
30 October 2024
އަދިވެސް އެމްޑީޕީއިން ބަލާތި ކަންކަން އޮޅުވާލެވޭތޯ. މިއޮތީ ހަގީގަތް. ސީދާ މުއައްސަސާތަކުން އެދިގެން ކޮށްފަ މިއޮތީ