ރާއްޖޭގައި ހުންނަ އިނގިރޭސވިލާތު ހައި ކޮމިޝަނާއި ދިވެހި ސަރުކާރު ގުޅިގެން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކަށް އަމާޒުކޮށްގެން ބޭއްވި ދެ ދުވަހުގެ ވޯކްޝޮޕް. --ފޮޓޯ: މިހާރު
05 ނޮވެމްބަރ 2024 - 19:04
ޓެރަރިޒަމްގެ ހަމަލާތަކާއި ގުދުރަތީ ކާރިސާތައް ފަދަ ގައުމަށް ކުރިމަތިވާ ނުރައްކާތެރި ކުއްލި ހާލަތްތަކުން ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ، އެފަދަ ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ފުޅާކޮށް، ހަރުދަނާކުރެވިގެން ކަމަށް ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު އިބްރާހިމް ލަތީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސވިލާތު ހައި ކޮމިޝަނާއި ދިވެހި ސަރުކާރު ގުޅިގެން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކަށް އަމާޒުކޮށްގެން ބޭއްވި ދެ ދުވަހުގެ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ޓެރަރިސްޓު ހަމަލާތަކާއި ގުދުރަތީ ކާރިސާތައް ފަދަ ކުއްލި ހާލަތްތައް މެދުވެރިވެއްޖެ ނަމަ، ރާއްޖޭގެ ނާޒުކު އިގުތިސާދަށް އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިގޮތުން، ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، ވަސީލަތްތައް މަދުވުމުގެ ސަބަބުން އެފަދަ ކުއްލި ހާލަތްތަކުގައި ކުރިމަތިވާ ނުރައްކާތައް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސވިލާތު ހައި ކޮމިޝަނާއި ދިވެހި ސަރުކާރު ގުޅިގެން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކަށް އަމާޒުކޮށްގެން ބޭއްވި ދެ ދުވަހުގެ ވޯކްޝޮޕް. --ފޮޓޯ: މިހާރު
"އެކަމަކު އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރުވެ [އިދާރާތަކުގެ] މަސައްކަތްތައް އެއްގޮތް ކޮށްގެން، އަޅުގަނޑުމެންގެ މުޖުތަމައުގެ ސަލާމަތާއި އިގުތިސާދާ ގުޅިފައިވާ ޓޫރިޒަމަށް ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރަވޭނެ،" ލަތީފް ވިދާޅުވި އެވެ.
އިއްޔެ ފެށި މި ވޯކްޝޮޕްގައި ރާއްޖޭގެ ތަފާތު 13 އިދާރާއަކުން އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި، ގައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ އިދާރާއެއްގެ ވެރިންގެ ޒިންމާއެއް އެބަ އޮތެވެ.
އެހެންކަމުން، އިދާރާތަކުގެ ގާބިލިއްޔަތާއި ފަންނީ ވަސީލަތްތައް އެއްގޮތްކޮށް،، ހިޔާލު ބަދަލުކުރުމަށް މި ވޯކްޝޮޕްގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސވިލާތު ހައި ކޮމިޝަނާއި ދިވެހި ސަރުކާރު ގުޅިގެން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކަށް އަމާޒުކޮށްގެން ބޭއްވި ދެ ދުވަހުގެ ވޯކްޝޮޕް. --ފޮޓޯ: މިހާރު
"މި ހައްސާސީ މަސައްކަތުގެ ކާމިޔާބު އޮތީ، ކޮންމެ އިދާރާއެއްގެ ގާބިލުކަން ދެނެގަނެ، އެއް އިދާރާއިން އަނެއް އިދާރާއަކުން އަދާ ކުރާ ދައުރަށް އިހުތިރާމްކޮށް،މ އަދި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، އަޅުގަނޑުމެންގެ ކަލެކްޓިވް ރެސްޕޮންސް ފްރޭމްވޯކް ހަރުދަނާކޮށްގެން،" ލަތީފް ވިދާޅުވި އެވެ.
މި ވޯކްޝޮޕްގައި މި ދާއިރާގެ ފަންނީ މާހިރުން ވަނީ އެ މީހުންގެ ތަޖުރިބާތައް ވެސް ވޯކްޝޮޕްގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްކުބޭ
06 November 2024
މުސްލިމުންނަށް މުސްލިމުން ޓެރަރިސްޓުންނޭ ބުނެ އަހަރެމެން އަ ޢަމިއްލައަށް އެކަން ޤަބޫލުކުރެވޭ ވަރަށް މީޑިއާ ގޭމް ޖައްސާ ލައްކަ ދުވަހު ކުޅި ކުޅެވިއްޖެ، މިހާރު ސޯޝަލް މީޑިއާ އާްމުންގެ ގާތުން ވަނީ ބޮޑެތި ދޮގު މެޝިން ތަކުގެ މައްޗަށް ވަނީ ކޮންޓްރޯލް ނަގާފަ، ވެސްޓްގަވެސް، ދެން ވެސްޓް ސީލާ