އެެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: އޭއެފްޕީ
06 ނޮވެމްބަރ 2024 - 05:41
އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފި ނަމަ ބަލި ގަބޫލުކުރައްވާނީ އިންތިހާބު އިންސާފުވެރިކޮށް ބާއްވާފައިވާ ނަމަ ކަމުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ވޯޓަށް ފަހު ފުރަތަމަ ލިބުނު ނަތީޖާތަކުގައި ކުރި ލިިބިފައި ވަނި ޓްރަމްޕަށެވެ. އެކަމަކު އަދި ނަތީޖާއާ މެދު ގޮތެއް ކިޔަން އަދި މާ އަވަހެވެ.
"އިންތިޚާބަކުން ބަލިވެއްޖެ ނަމަ، އިންސާފުވެރި އިންތިހާބެއް ކަމަށްވަންޏާ، އެންމެ ފުރަތަމަ އެކަން ގަބޫލުކުރާނީ އަޅުގަނޑު... މިހާތަނަށް އަޅުގަނޑަށް ހީވަނީ އިންސާފުވެރި ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.
"މޭކް އެމެރިކާ ގްރޭޓް އެގެއިން" ލިޔެފައިވާ ރަތް ކުލައިގެ ތޮތްޕެއް އަޅައިގެން ހުންނަވައި ޓްރަމްޕް ވަނީ އޭނާ މީގެ ކުރިން ވެސް އިލެކްޓްރޯނިކް ވޯޓިން މެޝިނާ ދެކޮޅަށް ދެއްކި ވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ މެޝިންތަކަކީ ކަރުދާސް ވޯޓަށް ވުރެ ރައްކާތެރިކަން ކުޑަ މެޝިންތަކެއް ކަމަށާއި ނަތީޖާ އެނގުން ލަސްވާނެ ކަމަށެވެ.
"އެމީހުން މި ހުރިހާ ފައިސާއެއް ހޭދަކުރަނީ މެޝިންތަކަށް... ކަރުދާސް ވޯޓާއި ވޯޓާސް އައިޑީ އާއި ރަށްވެހިކަމުގެ ހެކި ބޭނުންވާ ގޮތަށް އެއް ދުވަހުން ނިންމޭ ގޮތަށް ހަދާ ނަމަ ރޭގަނޑު ދިހައެއް ޖަހަންވާއިރަށް ހުރިހާ ކަމެއް ނިމޭނެ. މިއީ ދެން ކިހާ މޮޔަކަމެއް،" ވެސްޓް ޕާމް ބީޗްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވި އެވެ.
"ކޮމްޕިއުޓަރުތަކަށް ވުރެ މިހާރު ކަރުދާހަކީ މާ ޒަމާނީ އެއްޗެއްކަން އެނގޭތަ؟ އެއީ ވޯޓާމާކްކޮށްފައިވާ ކަރުދާހެއް ނަމަ ނުކުރެވޭނެ... އެއާ އެކު ދިމާވާ ކަންކަމަކީ ގަބޫލުނުކުރެވޭ ވަރުގެ ކަންކަން. މަކަރާއި ހީލަތް ހެދުމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ކަރުދާސް ވޯޓަށް ތާއީދުކުރައްވައި ވިދާޅުވި އެވެ.
އިންތިހާބަށް ފަހު ހަމަނުޖެހުން އުފެދިދާނެ ކަމުގެ ބިރު އޮތުމާއި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ސަޕޯޓަރުންނަށް ގޮވާލައްވާނެތޯ ސުވާލު ކުރުމުން އޭނާ ވަނީ އެ ސުވާލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑު އެ މީހުންނަށް ދަންނަވާކަށް ނުޖެހޭނެ ހަމަނުޖެހުން ނުހިނގާށޭއެކޭ. ހަމަޔަގީނުން ވެސް ހަމަނުޖެހުމެއް ނުހިނގާނެ. އަޅުގަނޑުގެ ސަޕޯޓަރުންނަކީ ހަރުކަށި ބައެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރާދު
06 November 2024
ހޮވިއްޖެނަމަ އިންޞޯފް، ނުހޮވިއްޖެނަމަ ބޭއިންޞޯފް. އެއީ ދުނިޔެގަބޫލުކުރާ ހަމަތަކަކީ.
އާދިލު
06 November 2024
ބޭޅާގެ ލަދުކޮބާ؟ ބަލިވެއްޖިއްޔާ ބޭޅާއަކަށް ހަޖަމެއްނުވާނެ.
ހެހެހެހެހެ
06 November 2024
ބަލިވީމަ ހަޖަމުވާ މީހަކުވެސް ނެތް. އަހަރުމެން ރާއްޖެއަށް ބެލިޔަސް ހެކިދޭނެ