ކްރިމިނަލް ކޯޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ނޮވެމްބަރ 2024 - 15:19
ކުރީގެ ލޯބިވެރިޔާއާ މާރާމާރީ ހިންގައި، ތުންފަތް ފަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވާ ގޮތުން، އޭނާ ވަނީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއާ މާރާމާރީ ހިންގައި އޭނާ އަށް ހަމަލާ ދީފަ އެވެ. އެގޮތުން، އެ މީހާގެ ތުންފަތް ފެޅި، އިނގިލިތައް ރަތްވެ، ފަލަމަސްގަނޑުގެ ތަންގަނޑެއް ނޫފައިގެންފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ހާދިސާ ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި ތަނުގައި ލޭ ވެސް ހުއްޓެވެ.
އަނިޔާ ލިބުނު މީހާ ވަނީ ޑޮކްޓަރަށް ދައްކައި ފަރުވާ ވެސް ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދުފިކުރީ އިބުނި ހައިދަރު
07 November 2024
މިހެން ކަން އޮތީމަތާ ކަޓައިގެންގޮސް "ކުރީގެ" ލޯބިވެރިޔާގެ ދަރަޖަޔަށް ވެއްޓި ބާކީވީ. ބަލަ މިއޮތްހާ ދުވަހު އުޅެވުނު އިރުވެސް ތުންފަތަކީ މާރާމާރީ ހިންގާ ތަޅައި މުގުރާލަން ހުރި ތަނެއް ނޫންކަން ނޭގުނު.
ހަސަންބެއްޔާ
07 November 2024
ލާރީގެ ދަހިވެތިކަމުގައި ޕާޓޭއަކަސް ރައްޓެހިވެ އުޅެންޏާ މިކަހަލަ ގެއްލުން ލިބޭނެ.
މުޙައްމަދުފުޅު
06 November 2024
ކޯޓުގެ ވެބްސައިޓްގް ނެތް ކޯޓު އަމުރެެއް ކަލޭމެންނަށް ލިބުނީ ކިހިނެތް؟؟