އިންޑިާގެ ބެންގަލޫރް
15 ނޮވެމްބަރ 2024 - 11:19
އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، މަރުވެފައި އޮއްވައި ފެނުނީ ހަސަން ސުހައިލް، 43، އެވެ. އޭނާގެ ހަށިގަނޑު ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ.
އޭނާ އިންޑިއާއަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މަރުވެފައި އޮއްވައި ފެނުނު ދުވަހަކީ އޭނާ އެ ހޮޓަލުން ޗެކްއައުޓްވާން އޮތް ދުވަސް ކަމަށް ވެސް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
މަރުވައި އޮތީ ލޭގެ ޕްރެޝަރު ދަށްވުމާއި ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ޝައްކުކުރެ އެވެ.
އަންގަރާ ދުވަހުގެ ފަހުން އޭނާ ހޮޓަލުން ބޭރަށް ނުނިކުންނަ ކަމަށާއި އެހެންވެ ބުދަ ދުވަހު ހޮޓަލުން ޕޮލިހަށް ރިޕޯޓްކުރީ ކަމަށް ނޫހުގައިވެ އެވެ.
ކޮޓަރިއަށް ވަނުމަށް ބޭނުންކުރާ ޑަބަލްކީ ބޭނުން ކޮށްގެން ޕޮލިހުން ވަތްއިރު ސުހައިލް ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮއްވައި ކަމަށާއި އޮތީ ހޮޑުލެވިފައި ކަމަށް ވެސް ޕޮލިހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ،
ޢެ މަރުގައި ޝައްކުތަކެއް ހުއްޓަސް ޕޯސްޓް މޯޓާމް ހެދުމާ މެދު އާއިލާއިން ގޮތެއް ނިންމަންދެން ހަށިގަނޑު ބާއްވާފައި އޮތީ ރަމާއިއާ ހޮސްޕިޓަލުގެ މޯޗަރީގަ އެވެ.
ސުހައިލް އެނބުރި ރާއްޖެ އަންނަން ޓިކެޓް ނަގާފައި އޮތީ މިއަދަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުނުވާބުޅާ
16 November 2024
އޯވަޑޯޒް !
ވެންގަބޯ
16 November 2024
މަށަށް ބޮޑަށް ސައްކުވަނީ ޒަހަރު ދީގެން މަރާލުމަށް ފަހު އޭނާގެ ފައިސާއާއި މުދާތައް ފޭރިގަތީ މިހެން މިބުނީ ހޮޑު ލެވިފައި ހުރީމާ އިންޑިޔާގެ ޗެނަލް ކުރައިމް ޕެޓްރޯލްގައި ދައްކާނެ ޒަހަރުދިނީމަ ވާގޮތުގެ ވީޑިޔޯ އިންޑިޔާ ފުލުހުން ބުނިގޮތުން ހީވަނީ ގަދަކަމުން ޒަހަރުދީގެން މަރުވިކަމަށް މަށަށް ބޮޑަށް ހީވަނީީ އިންޑިޔާ މީހުންނަކީ ފައިސާ އަދި މިފަލުގެ ދަހިވެތި ކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ބައެއް ތީ އިންޑިޔާ މީހުންނަކީ
ކޮންކޯރޑް
16 November 2024
ރާއްޖެ އައުމުގެ ކުރިން އިންޑީޔާގެ އެހެން ދެ ސްޓޭޓަކަށް ދާންވެސް ސޮހައިލު ނިންމާފައި ވާކަމަށް އެބަ ބުނެވޭ. ތެދެއްތޯ؟
ބްލަޑް
15 November 2024
ހަމަ އެކަނި އެނގޭހާވެސް އެއްޗަކީ ދިވެއްސެއްކަން. ކޮން ރަށެއްގެ މީހެއްކަން ހާމަ ނުކުރެވެނީބާ އަނެއްކާ؟
ކަމީނޭ
16 November 2024
އެނގިގެން ކީއް ކޮށްދެވޭނީ؟
ޑރ ވާންޗޯ
15 November 2024
ތީމުޅިދުނިޔޭންވެސް ދާންއެންމެ ޖެހިލުންވާ އެންމެ ނުބައިމީހުން ގިނަގައުމު.
ކޮމެންޓޭ1
15 November 2024
ފޮޓޯއިން ތިފެންނަނީ އިންޑިއާ ސްޕީޑު. ބޮޑު އެއް ސިޓީގަ މެޓްރޯ ރޭލު މަގު ހަދާތާ މިހާރު 20 އަހަރު ވަނީ
ޑރ ބަނާނާ
16 November 2024
ތިޔަބުނީތެދެއް 2008 ގަ މައެންމެފަހުން ބެންގަލޯރަށްދިޔައީ އޭރުވެސް ހަމަތިކަމެއްގަ ކުރިޔަށްތޯދާނީ ފަހަތައްތޯދާނީގަ.!!.
އަބްޑޫޅް +
15 November 2024
911 ގެ ބަދަލުގައި 111 އަށް ގުޅީކަމުގައި ވުން އެކަށީގެން ވޭ.
ސައިބޯނި
15 November 2024
ވަރަށް ދެރަ ހަބަރެއް ރައްކާތެރިވެ ތިބެންޖެހޭ ކޮންމެ ޤައުމެއްގައި ވެސް މޫސުން ތަފާތު ވާނެ, ފެން ބުއިމާ ކަންކަން ވަރަށް ބަލަން ޖެހޭ, ވައިގެ ތެއްކަން ވަރަށް ބޮޑު ރޯލެއް ކުޅޭނެ, ފެން ފުޅިއެއް އަބަދުވެސް އަތުގައި ބާއްވަން ވާނެ,
ނޫނު. ޖަވިޔަނި
15 November 2024
ކީއްވެބާ ހޮޓަލުން ބޭރަށް ނުނިކުންނާތީ ޕޮލިހަށް ގުޅީ އެހާ އަވަހަށް؟ ޢާއްމުކޮށް ޑަބަލް ކީ ބޭނުން ކޮށްގެން ކޮޓަރިވެސް ސާފުކުރާނެ.. ޕޮލިހަށް ގުޅުމުގެ ކުރިން އޭނާ އުޅޭތޯ ޔަގީންކުރަން ޑަބަލް ކީ ބޭނުންކޮށްގެން ބަލާ ނުލައި، ޕޮލިހުން ގެނެސްގެން ދޮރު ހުޅުވުމުން ހިތަށް އަރަނީ "ބޯ ދަމައިގަތުމުގެ އުކުޅެއް" ނޫން ބާއޭ..