ހުޅުމާލޭގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު ހަރަކާތްތެރިވަނީ --- ފޮޓޯ/ޕޮލިސް
15 ނޮވެމްބަރ 2024 - 14:56
ކުށުގެ ވެށީގައި ރާއްޖޭގައި އުޅެނީ ޒުވާނުންގެ އެންމެ ދެ ޕަސެންޓް ކަމަށާއި މި ދަށް އަދަދު އަދިވެސް އިތުރަށް މަދުކުރެވޭނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޝިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުންގެ ތެރޭގައި ގިނައީ ގާނޫނުތަކަށް ތަބާވާ އުފެއްދުންތެރި މީހުން ކަމަށެވެ.
ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދު މީހުންގެ ތެރެއިން ކުށުގެ ވެށީގައި އުޅެނީ އެންމެ ދެ ޕަސެންޓްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޒުވާނުން ކަންކަމުގައި ބައިވެރިކުރުވަން ވިސްނައިގެން ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށްފި ނަމަ ކުށުގެ ވެށިން އަދިވެސް ޒުވާނުން މަދުކުރެވޭނެ ކަމަށެވެ.
Maldivian youth are overwhelmingly law abiding and productive, with only 2% of those aged 15-34 involved in crime, according to recent data. With a proactive, participative approach, this already low figure can be reduced even further. By fostering more opportunities for…
— Ahmed Shifan (@Shifan4040) November 15, 2024
"... ޕްރޮއެކްޓިވް، ޕާޓިސިޕޭޓިވް އެޕްރޯޗަކާ އެކު، މިހާރުވެސް ދަށް މި އަދަދު މިއަށްވުރެ ވެސް ކުޑަކުރެވިދާނެ އެވެ. އެންގޭޖްމަންޓާއި ކުރިއެރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު ޒުވާނުންނަށް ދިނުމަކީ އުޖާލާ، އަމާން މުސްތަގްބަލަކަށް ކުރެވޭނެ ކަމެކެވެ."
ކުށުގެ ތުހުމަތުގައި ފުލުހުން ހާމަކުރާ މީސްމީހުންގެ މައުލޫމާތަށް ބަލާއިރު ވެސް ވަރަށް ޒުވާނުން ހިމެނެ އެވެ. އަދި ވަރަށް ގިނަ މީހުންނަކީ ތަކުރާރުކޮށް ކުށްކުރާ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޅު އެއްޗެއް ބުނެލީ
16 November 2024
މޮޅު ވާހަކައެއް ބުނެލީދޯ؟ މި އަދަދު އެނގުނީ ދެންމެތަ؟ މިހާދުވަހު ސްޓެޓިސްޓިކްސް ހުރީ ބޯޑު ފުރިހަމަ ކުރަން އެކަނިތަ؟ ފޭކިސްތާނު.
ރަނާވަޓު
16 November 2024
ދެން ކުށުގެ ވެށީގައި ބާކީ އުޅެނީ މުސްކުޅިން
ޓީމު ޝިއުނާ
16 November 2024
ދެޕަސެންޓު މައިތިރި ނުކުރެވެންޏާ ޔުނީފޯރމް ބާލާފަ ގެއަށް ކަނޑާލާ.
މޮޔަބިއްޔާ
16 November 2024
މިގައުމުގެ އާބާދީގެ ބޮޑުބަޔަކީ އަދި މުސްތަގުބަލަކީ ޒުވަނުން. އެއިން %2 ޕަސެންޓު ކުސުގެ ވެސީގައި އުޅުމަކީ ކުޑަކަލެއްކަމަށް ދެކެންޔާ އެއީ މައްސަލައެއް. ކުސުގެ ވެއްޓަށްދާ ސަބަބުތަށް ބަލައި މިހާރުން ފެށިގެން ރަގަޅު ފިޔަވަޅު ނޭޅިއްޖެނަމަ އިތުރުވެގެން ދާނެ. ތި ހިސާބުތަކުން އަހަރުތަކަށްބަލާ އިތުރުވާ މިންވަރު ބުނެލިނަމަ. ލޯއެބައިޑިންނޭ ނުކިޔާ
1818
15 November 2024
މޮޅު ކަރައެއް ފަޅާލައިފި! ކަލޯ އަހަރެމެން މި މިއުޅެނީ މާލެ އަދި ހުޅުމާލޭގައި އަމާންކަމާއެކު ހިގާ ނުލެވިގެން ޕާރޓޭން ތަކާހެދި! ރާއްޖޭގެ ޖަލުތަކުގައި (ހުކުމް ކުރެވި އަދި ތަހުޤީގު ބަންދު ހިމެނޭހެން) އެކަނި އުޅޭނެ މި ވަގުތު ތި %2! މީނަ މީ ކިހިނެއް ހިސާބު ޖަހާ މީހެއް!
1818
15 November 2024
ހަޤީގަތަކީ މީގެ އިދިކޮޅު، "ޒުވާނުންގެ ތެރެއިން ސަލާމަތުން ތިބީ %2"!
އެޗް އެމް
15 November 2024
އެހެންވީމަ އެއީ އަބާދީގެ 0.5 ޕަސެންޓް. ގާތްގަޑަކަށް 2800 އެއްހާ ޒުވާނުން. ދެން އުޅެނީ މުސްކުޅިންނާ ކުޑަކުދިން ކަމަށް ވެދާނެ.
ލޯމާފާން
15 November 2024
އެކަމަކު ގިނަ ޒުވާނުންގެ ކުށުގެ ރިކޯޑް އޮވޭ. ކަލޭމެން އެމީހުންގެ ހިސްޓްރީ ސާފުކުރުން އެއީ އެހެން ކަމެއް.
ސަދޫމުސިޓީ
15 November 2024
ފާޅުގަ ގޭންގުތަށް ހަދައިގެން އުޅެވޭ ގައުމެތް މި ނޫނީ ނޯންނާނެ ހަގީގަތުގަ މި ގޭންގުތަކުން ކުރާ ވަރަށް މަދުކަމެތް މީޑިޔާއައް ތިލަވަނީ ގޭންގުތަކުން ހާދަ ޖަރީމާއެތް ހިންގަޔޭ ގާނޫނު ތަންފީޡުކުރަންވީ ވަކިމީހަކު މޫނަކަށް ކަނދުރާޔަކަށް ނުބަލާ
ދޮގުރެސް
15 November 2024
ޝިފާނު މިއީ ކަނޑައެޅިގެން ދޮގުހަދާ މީހެއް!