އެޑިޔުކޭޝަން ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ނޮވެމްބަރ 2024 - 11:00
އެޑިޔުކޭޝަން މިނިސްޓްރީން ކުންފުނިތަކަށާއި އާންމު ފަރުދުންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 250 މިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު މިނިސްޓަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކި ފަރާތްތަކަށް 287 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަަށެވެ. މިއީ 2019 އިން 2023 އާ ދެމެދުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާ އެވެ.
"މި އަހަރު ވަނީ އޭގެ ތެރެއިން 250 މިލިއަން ދައްކައި ނިންމާފައި. މިހާރު ބާކީ ނުދެއްކި އޮތީ 37 މިލިއަން. އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ފައިސާ ދައްކަމުން، މަސައްކަތްތައް ކުރިއަށް ގެންދިއުން،" އިސްމާއިލް ވިދާޅުވި އެވެ.
ބާކީ އޮތް 37 މިލިއަން ރުފިޔާއަކީ މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ދޫކުރަން ހުރި ފައިސާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިޔުކޭޝަން ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު އެހެން ވިދާޅުވެފައި ވާއިރު، ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ޑރ. އައިޝަތު އަލީ ހުންނެވިއިރު މާލެ ސަރަހައްދުގެ ސްކޫލެއް އަވަހަށް ނިންމަން 16 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓަރާ ހަވާލުކުރި ކަމުގެ ލިޔެކިޔުންތައް ފެންނަން ނެތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުންފުންޏާ އެ ކޮންޓްރެކް ހަވާލުކުރި އެއްބަސްވުމުގައި ފައިސާގެ އިތުރުން ކުރިން ވަނީ ވޭރިއޭޝަން ފައިސާ ވެސް ދޫކޮށްފަ އެވެ. އެކަމަކު، މަަސައްކަތް އަވަހަށް ނިންމަން ކަމަށް ބުނެ އިތުރަށް ހޭދަވާ 16 މިލިއަން ރުފިޔާއާ ގުޅުން ހުރި ލިޔެކިޔުން ފެންނަން ނެތިގެން ފައިސާ އޮތީ ދޫނުކޮށެވެ.
އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޖުލައި މަހު މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ފުލުހުން އެ ތަހުގީގު ފެށި ދުވަހު، އޭނާގެ އެ އީމެއިލް އެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް އެކައުންޓް ވާނީ ޑިއެކްޓިވޭޓް ކުރައްވާފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުވާލި
17 November 2024
ތިޔަފައިސާ ދައްކަނީ ރައްޔިތުން އަތުން ޓެކްސްނަގައިންގެން އެފައިސާއިންނެވެ. ވިމާ، ތިޔަކަން މައްސަލައަކަށްވާނީ ނުކުރާ މަސައްކަތަކަށް ކުރީ ސަރުކާރުން ބުނިބުނުމަކަށް ފައިސާދައްކާ ނަމަތާއެވެ! ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދައްކާނަމަ، ތިޔައީ މައްސަލައެއް ނޫނެވެ. ކޮންމެއަކަސް ތިމާމެން ކުރާ ކަންތަށް ފޮރުވަން ދެފުށްދެގޮތް ވާހަކަ ނުދައްކަވާށެވެ.
ސާބަހޭދެން
17 November 2024
ދައުލަތުގެ ފައިސާ ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓަރީގެ ކަމެއް! ތައުލީމާގުޅޭ ރަގަޅު ސިޔާސަތެއްް ތައްފީޡުކުރެވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ކާމިޔާބީއަކަށްވާންވާނީ! ފާއިތުވި އެއް އަހަރު އެކަހަލަ ކަމެއް ނެތެއްނު؟
ސަހާދެއް
17 November 2024
މިހާތަނަށް ރާއްޖެ ދިށް އެންމެ ނާގާބިލު މިނިސްޓަރު. ބޮޑާ މީހެއް.
މުޜަކި
17 November 2024
ގާބިލު ވީމަ ދޯ ހުރިހާ ފައިސާއެއް ދައްކަމުން ހިންގަމުން އެދަނީ! ތީ ކާކު؟
ހުއްޓާލަންވެއްޖެ
17 November 2024
ކާކަށް އޮޅުވަން ދައްކާވާހަކަތަކެއްތަ. ކޮންމެ ސަރުކާރެއް ފައިބައިގެންދާއިރުވެސް ބިލުތަކެއް ހުންނާނެ. ލިބެންހުރި އާމްދަނީއާއި އިންވެސްޓުމަންޓުވެސް ހުންނާނެ. ހަވާލުވާންޖެހެނީ އަރަންޏާއި ދަރަންޏާއިއެކު. އެއިން އެކައްޗަކާއި ހަވާލެއް ނުވެވޭނެ.
މޫސާ އަންވަރު ހަސަން
17 November 2024
ހުރިހާ އަހަރެެއްގެ ބިލު ހުރެފާ އަދަދު ބޮޑު ވީމަ އެވާހަކަ ދައްކަނީ. މި ކޮމެންޓުން އަންގައިދެނި ތިބާގެ ނުކިޔަވާ ހުރިކަން.