ނާޒިމް: ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް އަދިވެސް ނުހުއްޓޭ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މަޖިލިސް
18 ނޮވެމްބަރ 2024 - 10:57
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް އަދިވެސް ހިންގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރު ކުންފުނިތަކަށް 940 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިތައް އިސްލާހުވާ ތަނެއް އަދި ރަނގަޅުވާ ތަނެއް ނުފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ވެސް ހުއްޓޭ މަންޒަރު ނުުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮރަޕްޝަނާ ގުޅޭގޮތުން މީގެ ކުރިން ވެސް ފެންނަމުން ދިޔަ ސުރުހީތައް އަދިވެސް ފެންނަ ކަމަށް ނާޒިމް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ކުންފުނިތަކުން ލޭ މަނާ ނުވޭ. [އެއީ] ލޭ އަންނަމުންދާ ވަރަށް ބޮޑު ޒަހަމެއް،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކެރިވަޑައިގެން ނުކުމެ، ފިޔަވަޅުތައް އަޅުއްވަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޕީސީބީ އުވާލައި، އެ މަސައްކަތް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ޖެހޭ ކަމަށާއި އެސްއޯއީތައް އިސްލާހު ކުރުމަށްޓަކައި މިނިސްޓަރު މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ކުރިން ހެދިފައި ހުރި އެއްބަސްވުންތައް ހުރި ގޮތުން ކޮރަޕްޝަންގެ ކަންކަން އަދިވެސް ހިންގަމުންދާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ އެވެ.
އޭގެ މިސާލެއް ފާހަގަ ކުރައްވައި، ނާޒިމް ވިދާޅުވީ އިންޖެކްޝަނެއް ޖަހަން އާސަންދަ އިން 24،000ރ. ކޮންމެ މީހަކު ހަރަދުކުރަން ޖެހޭ މައްސަލައެއް މި ފަހުން ފެންމަތިވި ކަމަށެވެ.
އޭގެ ތަފްސީލް ބެލިއިރު މިދިޔަ ދެ އަހަރު ތެރޭގައި 1،000 އަށް ވުރެ ގިނަ އެފަދަ އިންޖެކްޝަން އާސަންދަ ކުންފުނިން ގަނެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ކުންފުންޏަށް 24 މިލިއަން ރުފިޔާ ދައުލަތުން ދީފައިވާ އިރު އޭގެ އަސްލު އަގު ފަސް މިލިއަން ރުފިޔާއަށް ވެސް ނާރާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވުމާއެކު ހޮސްޕިޓަލްތަކުގައި ހުންނަ މެޝިންތަކުގައި ބްރޭންޑުތައް ބަދަލުވޭ. މި ކަހަލަ ކަންކަން ވާތީ އަޅުގަނޑު މި ދަންނަވަނީ މީގެ ތެރެއިން ފޭދިގެން ދާ ބައި ވަރަށް ބޮޑޭ،" ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން އާސަންދަ އިން ބޭރުގެ ހޮސްޕިޓަލްތަކާ އެކީ ހަދާފައި ހުރި އެއްބަސްވުންތަކުގައި މެދުވެރިއެއް ހުންނަ ކަން ޔަގީން ކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ހޮސްޕިޓަލްތަކުން ޗާޖު ކޮށްފައި ހުންނަނީ ގަބޫލު ކުރަން ދަތި ބޮޑެތި އަގުތަކެއް ކަމަށާއި އަދި ބަޔަކަށް ބައި އެޅިފައި އޮތް ނަމަވެސް އެ އެއްބަސްވުންތައް މި ސަރުކާރުން ދަމަހައްޓަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިކް23
18 November 2024
ބައި އަޅާލެއް މަދުވީ ތޯ؟؟ މަނިކްފާނު މި ޤައުމުގަ އިންދެވި އޮށެއް.. ހިންގި ކަރަޕްޝަނާ ކެވުނުލާއި މަދުވެގެންތޯ ދެނޭވާ ދޭތެރެއިން އެސްއޯއީ އޭ އެސްއޯއީއޭ ތިޔަ ކިޔަނީ؟؟ ކިތަންމެ މާތްކަމަށް ހެދެން އުޅުނަސް އޮޅުުވައެއް ނުލެވޭނެ ކޯޓުން އޮތީ ހުކުމްވެސް ކޮށްފަ..
ބަދަ
18 November 2024
ކޮރަޕްޝަން ގޮތައް މާލޭގެ ފެން ބޮޑުވުންވެސް ނުހުއްޓޭ.ހައްތަހާވެސް ނުހުއްޓި ކުރިއަށްދާ ކަންތައްތައް.
ރިއަލިޓީއަކީ
18 November 2024
ހެޔޮނިޔަތެއް ގައި ތަނެއްހިންގޭނެ މީހުންނަކަށް މިހާރު ޖޮބެއް ނުލިބޭނެ. އޭގެ ސަބަބު ތަކަކީ. 1؛ޕޯޑިއަމް ތަކުގައި ހަޅޭއް ނުލެވުން. 2 ވެރިން ބުންޏަސް ވަކައް ނުކޮއްދިނުން. 3. ދަށުގައި ތިބޭމީހުން މޯޓިވޭނެ ވާނެކަހަލަ ހަދިޔާކުންފުނިން ދޭން ދެކޮޅު ހެދުން.
ާހުޅުލޭބޮޑުމީހާ
18 November 2024
ކޮރަޕްޓްމީހުން ކަނީ މިލިއަން ޑޮލަރުން.
ދޮން
18 November 2024
ކޮރަންޕުަޝަންގެ ވާހަކަ ދައްކަން އެންމެ ރަގަޅުވާނީ މިބޭފުޅާ ،،
ސުރީމު
18 November 2024
ތިޔަ ކުންފުނިތައް އުވަލަދީބަލަ! ހެޔޮނުވާނެ! ތީ ބަޔަކު ވައްކަން ކުރަން ހަދާފަ ހުރި ތަންތަން. ސަރުކާރުން ވިޔަފާރި ކުރަން ނޫޅެ މިހާރުން މިހާރަށް ހުރިހާ ކުންފުނި އުވާލާ
ކުޅޭބޭބެ
18 November 2024
މިނާޒިމަކީ ކުރިން ޔާއްޓޭގެ ވާތުއަތް. އެކަމަކު ހެޔޮވާހަކައެއް ބުނެފިއްޔާ ގަބޫލުކުރަންވާނެދޯ.
ޅީނާ
18 November 2024
ކޮން ކުންފުންޏެއްތަ ރަނގަޅަށް ހިގަނީ،،، ބޯޑުން ފެށިގެން މެނޭޖްމަންޓްގައި ތި ބި އެންމެން ކޮރަޕްޝަން ގެ ކަންތަކުގައި
ހިގާބަލަމާ
18 November 2024
ބޮޑެތި ކުއްތައްކުރުމުން އެކަންހޯދޭނެ މިއޮންނަނީ ތިންގޮތެކެވެ. ފުރަތަމައީ އެކަން ކުރަންއުޅެނިކޮށް ފެނި ރެޑް ހޭންޑް ކޮށް ހިފުމެވެ. ދެވަނަ ގޮތަކީ ކަންހިގުމުން އެކަމުގެ މަންފާއާއި ލިބުނީ ކޮންބަޔަކަށް ތޯ ބަލާ މައްސަލަ ތަހުގީގު ކޮށް ނިންމުމެވެ. ތިންވަނަ ގޮތަކީ އެކަމެއް ކުރި ތަނުގެ ބޮޑުމީހަކީ އެކަހަލަ ކައްތައް އަބަދު މެ ކުރާމީހެއްވީމަ އޭނާ ތަހުގީގު ކޮށް އެކަން ހޯދުމެވެ. އެކަމަކު ދެރަކަމަކީ ރާއްޖޭގެ ގާނޫނާއި، އިންވެސްޓިގޭޓަރުން ނާއި ފަޑިޔާރުން ނުކުޅެދޭތީ
ކުރީސަރުކާރުގެ ކުރީގެ ރަދުން
18 November 2024
އެއީ ހުސެން ފަރީދުގެ ރަސްކަމާ ނާސިރުގެ ސަރުކާރާ ހެދިދޯ
ދިލީލު
18 November 2024
ހެޔޮކޮށް ތިބުނީ. އެކަމަކު ހުސޭނެއްނޫން ހަސަން އިނގޭތޯ.