ހައުސިން މިނިސްޓްރީގެ ނަން ބޯޑު.-- ފޮޓޯ: މިހާރު
22 ނޮވެމްބަރ 2024 - 18:44
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުމަށް ހާޒިރުނުވުމުން ޖޫރިމަނާކުރީ، މުވައްޒަފެއްގެ އިހުމާލުން ކަމަށާއި އެ މުވައްޒަފާ ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން މިނިސްޓްރީގައިވާ މައުލޫމާތުތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ފޯރުކޮށްދިނުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ.
ނަމަވެސް، އައިކޮމްގެ އޮފީހުން ހައުސިން ޖޫރިމަނާކުރީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ކަމަށް ވާތީ އެ މުވައްޒަފާ ދޭތެރޭ ސިވިލް ސާވިސް ގަވައިދުގެ މަތިން ފިޔަވަޅު އަޅާފައިވާ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންފޮމޭޝަނަށް އޮފިސަރު، އޭނާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، އެ ފަދަ ކަމެއް ތަކުރާރުނުކުރުމަށް އެދި ލިޔުމަކުން އިންޒާރު ދީފައިވާ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާތީ، އެ މައުލޫމާތު ހޯދަން ހުށަހެޅި ފަރާތުން ވަނީ އެ މައްސަލަ އައިކޮމް އަށް ހުށަހަޅައިފަ އެވެ. އެ ޝަކުވާއެއް ބެލުމަށްޓަކައި އެ މިނިސްޓްރީއާ އެކު މި މަހުގެ ހަތްވަނަ ދުވަހު ބައްދަލުވުމެއް ތާވަލުކުރި އެވެ.
އައިކޮމްގެ ބައްދަލުވުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއް ގަޑިއިރު ކުރިން އެކަން އަންގަން ވާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި އޮވެ އެވެ.
އެ ގަވައިދަށް އަމަލުކޮށްފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހައުސިން މިނިސްޓްރީ 350ރ. އިން އިއްޔެ ޖޫރިމަނާކޮށްފަ އެވެ. މިއީ، އެ އޮފީހުން މިހާތަނަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮމިޝަންގެ ނިންމުމަކަށް އަމަލު ނުކޮށްގެން ރައީސް އޮފީހުގެ މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ ޖޫރިމަނާކުރުން ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމާގުޅޭ އުސޫލުތައް ހަރުދަނާކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވާގައުމެއް
23 November 2024
މީގެން ދައްކައިދެނީ މިނިސްޓްރީގެ އަން ޕްރޮފެޝަނަލްކަން! އިންސްޓިޓިއުޓްކީ ގާނޫނީ ގޮތުން ވަކި މުވައްސަސާސެއްނަމަވެސް މަސައްކަތްކުރަން ތިބޭނީ މުވައްޒަފުންް. މުވައްޒަފުން އަތުން ކަމެއް ގޯސްވީމަ އެމީހަކު ޕަބްލިކްގައި ޝޭމްކުރުމަކީ ވަރަށް ޒިންމާދާރުކަމެއް. މިކަމުގެ ޒިންމާ އިސްވެރިން ނެގުމުގެ ބަދަލުގައި ބަސްދަށަށް މިކޮއްޕާލީ އާދައިގެ މުވައްޒަފު!
ތަކުރު...
23 November 2024
ފުރަތަމަ ސުވާލު އުފެދެނީ މިހިސާބަށް ކަންތައް ދާން ޖެެހުނީ ކީއއްވެގެންހޭ؟ އެންމެ ފުރަތަމަވެސް ގާނޫނުގަ އޮންނަ ގޮތަށް މައުލޫމާތު ފޯރުކޮށްދިންނަމަ މިހުރިހާ ސަކަރާތެއް ޖަހާކަށް ނުޖެހޭނެދޯ. ހައިދަރު އެސުވާލަށް ފުރަތަމަ ޖަވާބުދީބަލަ.
އައުނާ
23 November 2024
ހުޅުމާލެ 704 ފުލެޓް ތިޔަ މިނިސްްޓްރީގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން (ހަމަ އެކަނި ކުލި) ތިޔަވާ އިހުމާލު އަށް ގިޔާމަތް ދުވަހުން ޖަވާބުދާރީ ވާން ޖެހޭ ކަން އެނގޭބާ؟ މިހާރުގެ ރައީސް އެއިރު ކުރި ކަމެއް އެއީ.ރައީސް އަށް ދަންނަވަން އެތަން ބެލެހެއްޓޭ ޒިއްމާ ނެގޭ ވަރުގެ ބަޔަކާ ހަވާލު ކޮއްދެވާަ
އޮނަރަބަލް ތުއްސީ
23 November 2024
ގާނޫނާ ގަވާއިދަށް ވުރެ މަތީގައި ތިބި ބައެއް. .ހައުސިން މިނިސްޓްރީ ޖޫރިމަނާކުރީ ގާނޫނާއި ހިލާފުވީމައި އިންފޮމޭޝަން އޮފިސަރު މަސްއޫލިއްޔަތުން ދުރުކުރުމަކީ އަނެއްކާވެސް ގާނޫނާއި ހިލާފުވުން.
ކައުސަރު
23 November 2024
ރައްޔިތުން ލޮލުގައި އަދުން އަޅުވަން ކުރިކަމަކަށް ނޫނީ ނުވާނެއެވެ. ސީދާ މިނިސްޓަރ ނޫސްވެރިންނާއި މަގުމަތީ ބަހުރުވައިން ވާހަކަ ދައްކާ މުއައްސަސާއަކުން ޖަވާބުދާރީ އަމުދުން ވާނީ ކިހިނެތްތޯ؟
ކޮބާ
23 November 2024
ހިންގާ ޖަރީމާ އޭސީސީއަށް ރިޕޯޓު ކުރާ މުވައްޒަފަކަށް ވެސް ފިޔަވަޅު އަޅަނީ ހަމަ ރައްޔިތުންނަށް ހެޔޮ އެދިގެންތަ.
ޖަލް
23 November 2024
ތިޔައީ އައި ގާނޫނެއްގެ ސަބަބުން މުވައްޒަފަކަށް އިތުރުވި ޒިންމާއެއް ތިޔަ ޒިންމާ އަދާ ކުރެވެނީ މަތިން އެއްބާރުލުން ދީގެން ތި މަސައްކަތް ހަވާލު ކުރިއިރު ޒިންމާ އާއި އެއްވަރު ފައިސާގެ އިނާއަތް ނުލިބޭ. އެކަމު ޖޫރިމަނާ ކުރެވޭ!
ކޮސް
23 November 2024
ރަންކޮޅާ ! މިކަހަލަ އެތައް ޑުރާމާއެއް ކުޅޭނެ މިމީހުން. އެންމެފަހުން ގޯސްވާނީ މިކަމެތި މުވައްޒަފުން. ސިޔާސީން ނަމަ އޯކޭވާނެ.
ފަރުދީ
22 November 2024
ކޮންތާކު މި ޖެހުނީ.
އާދަމް އީމާން
22 November 2024
ތި މިނިސްޓުރީ އާ، ތި ތަނުގެ މިނިސްޓަރ ރައްޔިތުންގެ ހައްގުތަކަށް އަރާގަނެފަ. މި ވެރިކަމުގެ ނިމުން އަންނާނީ މިފަހަރު ތި މިނިސްޓުރީތެރެއިން.