ފުރުގާން މިސްކިތަށް ރޭ ގެއްލުން ދީފައި.-- ފޭސްބުކް ފޮޓޯ: ޝެއިހު އާދަމް ނިޝާން
24 ނޮވެމްބަރ 2024 - 09:34
ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި މިސްކިތަށް ރޭ ގެއްލުން ދީފި އެވެ.
އެ މިސްކިތުގައި ގަވައިދުން ނަމާދުކުރައްވާ ޝެއިހު އާދަމް ނިޝާން އަލީ ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ ފަތިސް ނަމާދުގެ ކުރިން ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެ އަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުން ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރުމުން ފޮރެންސިކް ފުލުހުން އެ ތަނަށް ގޮސް ފޮޓޯ ނަގާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުރުގާން މިސްކިތައް ގެއްލުން ދިން މައްސަލައެއްގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނިޝާން ތުހުމަތު ކުރެއްވި ގޮތުގައި މިސްކިތަށް ގެއްލުން ދީފައިވަނީ، އެ ތަނުގައި ނަމާދު ގަޑިތަކުގައި އަބަދު ވެސް ނިދާފައި އޮންނަ 'ބުއްދި ފިލާ' ގޮސްފައިވާ ޒުވާނެކެވެ.
ނިޝާން ވަނީ މިސްކިތަށް ބޮޑެތި ގެއްލުންތައް ދޭއިރު ވެސް އެ ތަނުގައި ކެމެރާ ހަރުކޮށްގެން މާލެ ސިޓީ ކައުންސިލުން 24 ގަޑިއިރު ބަލަން ތިބުމުގެ އެއްވެސް ފައިދާއެއް އޮތްތޯ ސުވާލު އުފައްދަވައިފަ އެވެ.
"މީގެ ކުރިން އެތައް ފަހަރަކު ވެސް މީނާ ވަނީ މުސްހަފުތައް އުކާލުމާއި މިފަދަ އެތައް ކަމެއް މި މިސްކިތުގައި ކޮށްފަ އެވެ،" އޭނާ ވިދާޅުވި އެވެ.
ގުރުއާނާއި މިސްކިތުގެ ހުރުމަތް ކަނޑައަޅައިގެން އެ ފިރިހެން މީހާގެ މައްސަލަ އެތައް ފަހަރަކު ފުލުހަށް ހުށަހެޅިއަސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީނީ ސަރުކާރު
24 November 2024
މަހީކުރީ ދީނީ ސަރުކާރެއްވީމައި މިކަހަލަ ކަމެއް ހިނގިޔަކަ ނުދޭނެ ކަމަށެވެ.
އަސާސް
24 November 2024
ޤާނޫނުއަސާސީއަށް ކުޑަ އަކުރެއް އިތުރުވެގެން ސްޕްރީމް ކޯޓުގައި. ހެއްދެވި ފަރާތުން ހަތްއުޑުމަތިން ބާވައިލެއްވި މަތިވެރި ކަލާމްފުޅަށް މިހުރިހާ ގޮތެއް ހަދާއިރު މިކަމާ ނުކުންނާނެ މީހަކު ނުވޭ.
ވަންޑަރާ!
24 November 2024
ތިކަމެއް ކުރި މީހަކަށް ލައުނަތް ލައްވާށި.
22222
24 November 2024
ތިގޮތައް ލައުނަތްލެއްވުން އެދި ދުޢާކުރެވޭނެބާ؟
ފަހި
24 November 2024
އެކަން ޒިއްމާދާރުކަމާއިއެކު ނުހުއްޓުވެނީ ކީއްވެބާ؟
ޢަާދަނުބެ
24 November 2024
މިހާރު މި ގައުމުން ފެނިގެން މިދަނީ ވަރަށްވެސް ލަދުވެތި މަންޒަރުތަކަތް އަޅުކަން ކުރާތަންތަނަށްވެސް ގެއްލުންދީ އަޅުކަން ކުރުމުގެވެސް ހައްގައްވެސް އަރައިގަންނަތަން ކުއްވެރިންނަށް ހައްގުއަދަބު ނުދެވި ދުވަހެތް ދުވަހަކަށް ކަންކަން ގޯސްވަމުން ދާތަން މިފެންނަނީ
ހަންދަރު
24 November 2024
ކެމެރާގެ ބޭނުމަކީ އެކަން ކުރި މީހާ ދެނެގަތުން. ވީމާ، ކެމެރާއަކާ ތިކަމަކާ ގުޅުމެއްނެތް. އަދި ތިކަން ކުރިމީހާ ވަނީ އެނގިފަ. ވީމާ، ކެމެރާގެ ބޭނުން ރަގަޅަށް ހިފިއްޖެ. ދެން ސުވާލަކީ އެކަން ކުރިމީހާ އަނެއްކާވެސް އެކަން ކުރަން ދޫވެގެން ދަނީ ކީއްވެހޭ. އެ ސުވާލަށް ޖަވާބު ދޭންޖެހޭނީ ސިޔާސަތުތައް ރާވާ ތަންފީޒީ އިދާރާތަކުން. ސިޓީ ކައުންސިލްގެ އަގުވައްޓާލާނަމޭ ހިތާ ޔޯގާ ސޭހު ވާހަދެއްކުމުން އަތަށް ގޮވަނީއެވެ.
raajje
24 November 2024
ބުއްދިފިލާގޮސްފައިވާމީހަކު ކުރާކަމަކާ އެޅޭނެމާގިނަފިޔަވަޅެއްނޯންނާނެ، ހަމައެކަނިކުރެވޭނެކަމަކީ އެފަދަމީހުން ތިބުމަށް ހާއްސަކޮށްފައިވާތަނަށް ފޮނުވުން ނުވަތަ ބެލެނިވެރިޔެއް ބަލަދުވެރިޔެއްހުރިނަމަ ތިޔަކަމާ ވާހަކަދަށްކައިގެން ތަކުރާރުނުވާނެގޮތެއްރޭވުން ނުވަތަ ބެލެނިވެރިޔާއަށް ބަލަދުވެރިޔާއަށް އަދަބުދިނުން އޭރުންހެންހީވަނީ ތިޔަކަން ސީރިއަސްކޮށްނަގާ ތަކުރާރުވިޔަނުދޭން މަސައްކަތްކުރާނީ!
އަހައްމަދޫ
24 November 2024
އެކަން ކުރާ މީހަކު އިގޭ ފިޔަވަޅެއް ނޭޅޭ. މީކޮންކަހަލަ ގައުމެއް.
ބުރުގާ
24 November 2024
ތީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުން...
އަލިފުބާ
24 November 2024
ބުއްދި ފިލައިގެން ގޮސް ތިމީހަކަށް ކުރަން އެގޭކަމަކީ ހަމައެކަނި މިސްކިތާއި މިސްކިތުގަ ތަކެއްޗަށް ގެއްލުން ދިނުންތޯ.