އިމާމަށް ހަމަލާދޭން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ: އޭނާ ތަހުގީގު ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައި
24 ނޮވެމްބަރ 2024 - 10:04
ހުޅުމާލޭ ސަހަރާގެ މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހުރި މުދިމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު މަޣުރިބް ނަމާދުކުރަން ހުއްޓާ އިމާމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރީ އދ. ދަނގެތި، ލިލީގޭ ހުސައިން ފާއިގް އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.
އިމާމަށް ހަމަލާދޭން އުޅުނު ވަގުތު އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އޭނާ ހަމަލާދިނެވެ.
އެ މައްސަލަ ބަލަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
24 November 2024
ތިޔަކަންނިމޭނީ ނަފްސާނީއަކަށް، ވަރިހަމަ ވަހުސާނީކަން ގަދަކަމުން ހިންގަންއުޅުނު ޖަރީމާއަކަސް.
ރަދީފްއޮފިޝަލް
24 November 2024
މީނައަށް ތެދުމަގު ދައްކަވާށި.އާމީން
މުދިމު މީހާގެ މީހާ
24 November 2024
މި ޒާތުގެ މީހުނާއި ، ކުޑަކުދިންނާ ބެހޭ މީހުނާއި ޑްރަގުޑީލު ކުރާ މީހުންކަހަލަ މީހުން މުއްދަތު ނުޖަހާ ކޯޓަށް ނުގެންގޮސް ތަހުގީގު ކުރުމަށްފަހު އެކަށީގެންވާވަރަށް ހެކި ލިބިއްޖެ ނަމަ ވަގުތުން ބޮޑެތި ހުކުމްތައް ޖަހާފަ ޖަލަށް ގެންދަންވެއްޖެ
1828
24 November 2024
މިފަދަ މައްސަލަތަކުގައި ބަންދުކުރަންވާނީ ޝަރިއަތް ނިމެންދެން. އޭގެމާނައަކީ ތަހުޤީޤާއި ޝަރިއަތް ދިގު ދަންމާށޭކޭނޫން. ކޮންމެ މީހަކަށްވެސް އަވަހަށް އިންސާފް ލިބިދޭންވާނެ.
އެކޮއި
24 November 2024
ނަފްސާނީ ބަލިމީހެއްތޯ ބަލަން އެބަޖެހޭ