އައިޖީއެމްއެޗް: އުކުޅަހުގައި އަނިޔާވި ބައްޕަ އާއި އަނިޔާކުރި ދަރިފުޅަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްުގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ސެޕްޓެމްބަރ 2025 - 10:39
ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ހަމަލާ ދިނުމުން ޒަހަމްވި ބައްޕަ އިތުރު ފަރުވާ އަށް އއ. އުކުޅަހުން މާލެ ގެނެސްފި އެވެ.
އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް "މިހާރު" އަށް މިއަދު ވިދާޅުވީ ބައްޕަ އަށް ހަމަލާދިން ދަރިފުޅަކީ އުމުރުން 15 ނުވަތަ 16 އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާދެމުން އަންނަ މީހެއް ކަމަށެވެ.
މިހާރު އުމުރުން 26 އަހަރު ވެފައިވާ ދަރިފުޅު އޭނާގެ ބައްޕަ އަށް ރޭ ހަމަލާ ދިނީ ދަރިފުޅުގެ ގަޔަށް ގަވާއިދުން ޖަހަން ޖެހޭ އިންޖެކްޝަން ޖަހަން ދެކޮޅު ހެދުމުން އުފެދުނު ދެބަސްވުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެ ގެންނަނީ އެ އިންޖެކްޝަން ޖަހަން ކޮންމެ ފަހަރަކު ވެސް އޭނާ ދެކޮޅު ހަދާތީ. މި ފަހަރު ތާރީހު ފަހަނައަޅައި ދިޔައީ. އެ އާއިލާއިން ރަށު ހެލްތު ސެންޓަރާއި ކައުންސިލާއި މާލޭގެ ކަމާ ބެހޭ ފަރާތްތަކުގެ ވެސް ލަފާ ހޯދައިގެން ރަށުގައި އިންޖެކްޝަން ޖަހަން މި ފަހަރު ނިންމީ،" ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ދަރިފުޅުން ބައްޕަ އަށް ހަމަލަދިނީ ހެލްތު ސެންޓަރުގެ ފަރާތުން ރޭ އެ ގެ އަށް ގޮސް ދަރިފުޅުގެ ގަޔަށް އިންޖެކްޝަން ޖަހައި ދީ، އެންމެން ދިޔަތާ އިރުގަނޑެއް ފަހުންނެވެ.
ޝައުކަތު ވިދާޅުވީ އަނިޔާވި 60 އަހަރުން މަތީގެ ފިރިހެން މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އުކުޅަހު ސިއްހީ މަރުކަޒުގައި ކަމަށެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވާން ފެށުމުން ރޭ ފަތިހު މާލެ އަށް ފެނައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވާތުގެ މީދާ މަސްގަނޑަށް ހުރި އިންޗިއެއް ވަރަށް ވަޅި ވަދެފައި. ދެން ހުރީ ބަނޑަށް ވަޅި ވަދެފައި. ރޭ ރަށު މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ފަހުން، ދަންވަރު ގެނައީ ބަނޑަށް ވަޅި ވަދެފައި ހުރި ދިމާލުން ދުޅަވާން ފެށުމުން،" ޝައުކަތު ވިދާޅުވި އެވެ.
އުކުޅަހުގައި ތިބޭ ޑޮކްޓަރުން ބައްޕަ މާލެ ފޮނުވައިލުމަށް ނިންމީ ވަޅި ވަދެފައި ހުރި ދިމާލުން އެތެރެއަށް ލޭ އެޅުން ކަހަލަ ކަމެއް ވެފައި ހުރުމުން ދުޅަވަނީ ކަމަށް ނިންމައިފަ އެވެ.
އާއިލާއާ ހަވާލާދީ ޝައުކަތު ވިދާޅުވީ އެ މީހާ އަށް މިހާރު ފަރުވާދެނީ އައިޖީއެމްއެޗުގައި ކަމަށެވެ. އޭނާ ހާލު މިވަގުތަށް "ސްޓޭބަލް" ނަމަވެސް ލިބިފައި ހުރި އަނިޔާ އެނގޭނީ އިތުރު ޓެސްޓުތައް ހަދައި، ނަތީޖާ ލިބުމުން ކަމަށް ވިދާޅުވި އެވެ.
އަނިޔާކުރި ދަރިފުޅު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ނަފުސާނީ ބައްޔަށް ފަރުވާ ދެމުން އަންނަ ދަރިފުޅު ވެސް ފަތިހު މާލެ ގެނެސް އައިޖީއެމްއެޗުގައި ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ހައިދަރު
01 September 2025
އުކުޅަހު ސިއްހީ މަރުކަޒުގެ ޑޮކްޓަރުން ބަލީމީހާ އެންމެ މަދުވެގެން 12 ނުވަތަ 24 ގަޑިއިރު އޮބްޒަވޭޝްންގައި ޕޭޝަންޓުބޭއްވުން މުހިންމު.
އަބްޑޫޅް +
01 September 2025
އުކުޅަހު ކަތީބު، ޝައުކަތު އިބްރާހީމް ދޯ؟ ނޫނީ، ކުޑަކަތީބު ތަ؟
raajje
01 September 2025
މައުލޫމާތުހަމައެއްނުޖެހޭ "ދަރިފުޅު ބައްޕައަށް ހަމަލާދިނީ އިންޖެކުޝަންޖަހާނިމިގެން އެންމެން އެތަނުންދިޔަފަހުން" ކަމަށް ލިޔުމުގައި ބުނެފައިއެބައޮތް، އަދި އިންޖެކުޝަންޖެހުމުގެ ތެރޭގައިވެސް ހަމަނުޖެހުމެއް ހިނގިކަން ފާހަގަކޮށްފައެއްނެތް، ވީއިރު މިކަމަކީ އިންޖެކުޝަންޖެހުމުގެސަބަބުން ދަރިފުޅުކުރިކަމެކޭ ބުނެވޭނީކިހިނެއް؟ ކިތަންމެލޯބިވިޔަސް ތިޔަފަދަ ދަރިންގޭގައި ގެންގުޅުމަކީ ރައްކާތެރިކަމެއްނޫން 60 އަހަރުންމަތީގެ މީހަކަށް ހަމަލާދިނުންބަލައެއްނުގަނެވޭ
ހައްޕުޑު
01 September 2025
ކަލޭ ނޭނގޭ ވާހަކަ ނުދައަކާ ހުންނަން ކިހިނެތްވާނެ؟
raajje
01 September 2025
ހައްޕުޑު: ހަހަ ކޮމެންޓުކޮށްފައިއެވަނީ ލިޔުމުގައިވާ މައުލޫމާތައްބިނާކޮށް، "އޭނާ ވިދާޅުވިގޮތުގައި، އެ ދަރިފުޅު ބައްޕަ އަށް ހަމަލަދިނީ ހެލްތު ސެންޓަރުގެ ފަރާތުން ރޭ އެ ގެ އަށް ގޮސް ދަރިފުޅުގެ ގަޔަށް އިންޖެކްޝަން ޖަހައި ދީ، އެންމެން ދިޔަތާ އިރުގަނޑެއް ފަހުންނެވެ." މީޒުވާބުކޮށް އެކަކުއަނެކަކަށް ޖެއްސުންކުރާ ސުޕޭސްއެއްނޫން، މީ ހިޔާލުފާޅުކޮށް ކޮމެންޓުކުރާ ސުޕޭސްއެއް، ކޮމެންޓުކުރާއިރު އަހުލާގީމިންގަނޑުވެސް ހިފަހައްޓަންވާނެދޯ ހައްޕުނޑާ!
ވޯލް
01 September 2025
ރާއްޖޭގައި މެންޑަލް ހޮސްޕިޓަލްއެއް އަޅާކަށް ނުވޭތޯ؟؟؟ އަދި ޙައްސަކޮށް މާލޭގައި މިއުޅޭ ދިިރުޅުމުގެ ސަަބުންވެސް މީހުންއިންތިހާއަށް ނަފްސާނީ ބައްޔަށް ގެނބިގެންދޭ.
1828
01 September 2025
މާލޭނޫން އެހެން ސަރަހައްދެއް ތަރައްޤީކުރާކަށް ނުވޭތޯ؟
ދެރަ
01 September 2025
ނަފުސާނީ ބަލި އިންތިހާއަށް އިތުރުވެފައިވާއިރު ގިނަފަހަރަށް ތިކަމުގައި ރޫޙާނީ މައްސަލަވެސް އުޅޭ. އެކަމާވެސް އެއްކޮށް ފަރުވާހޯދާނަމަ ނަތީޖާ ރަނގަޅުވުން އެކަށީގެންވޭ
1828
01 September 2025
މޯލްޑިވްސް ޕޮލިސް ސަރވިސް ބުނެދީބަލަ ނަފްސާނީ ފަރުވާދޭން ޖެހެނީ ތިހެން ދިމާވާކަންކަމުގައި ބަކި ބަޔަކަށްތަ؟
ހަސަންބޭ..
01 September 2025
ނަފްސާނީ ފަރުވާ ދޭންޖެހޭނީ ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް. ރަނގަޅަށް ތިބުނީ އެއީ ވަކި ބައެއް.. އެންމެންނަށް ދޭކަށް ނުޖެހޭ..
ޅޮސްބެ
01 September 2025
ނަފުސާނީ މައްސަލަ ހުންނަކަން އިނގޭއިރު ވަޅިއެއްޗެހި ފަސޭހައިން ނެގޭގޮތަށް ނުބެހެއްޓުން ރަގަނޅުވާނީ
މީދާ
01 September 2025
މީދާ މަސްގަނޑެއް ނޫން . ދިވެހިން ކިޔަނީ ހިކަދި މަސްގަނޑު، އިނގިރޭސިން ބައިސެޕް މަސުލް
ހިކަންޖެއް
01 September 2025
މަ ތަންދޮރު ނުދަންނާތީ ކަންނޭންގެ މަށަކަށް ނޭނގުނު މީދާ މަސްގަނޑަކީ ކޮބައިކަން. އަދިކިރިޔާ މި އިނގުނީ
ޙަސަން އަޙްމަދު
01 September 2025
އަހަރެމެން އަޑުއަހަނީ މީދާމަސްގަނޑޭ ކިޔާތީ. ދުވަހަކު ވެސް ނާހަން ހިކަނދިމަސްގަނޑޭ ކިޔާއްޗެއް. ދެން އެހެންނަމަވެސް ބަސްފޮތުގަ އެބަ އޮތް ތި ދެގޮތް ވެސް. ވަކި އެއްޗެއް ގޯހޭ ބުނުމުގެ ކުރިން ޗެކްކޮށްލަން ޖެހޭނެ.