ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް
25 ނޮވެމްބަރ 2024 - 13:45
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް ސަރުކާރުން ހުށަހެޅި ދެ ބިލް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޒާހިރެވެ. އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ދެ ބިލު ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް ވަކިވަކިން ހުށަހެޅި ދެ ބިލުގައިވާ ގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ އެވެ.
އެކަމަކު އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ދެ ބިލުގައި ބުނެފައިވެ އެވެ.
ފާސްކުރި ދެ ބިލުގައިވާ ގޮތުން ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ނަމަވެސް، މި ވަގުތު އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމިތިބެވޭނެ މާއްދާއެއް ވެސް ހިމަނައިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާުއޫދު ކުޑޭ
26 November 2024
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އެއް ޑެސްކު އެއް ފޮޓޯގަޑު.
ފަރަންޖީ
25 November 2024
ރައީސް އޮފީހުން އެމީހުންނަށް މޭޒެއްވެސް ހަމަޖައްސައި ދޭންވީނު؟ ތިހާވަރަށް ދެން ޑިމޮކްރެޓީކްވާނީ.
ޑރ ވާންޗޯ
26 November 2024
މީގެކުރީގަ އިންތިހާޔަށް ޑިމޮކްރެޓިކްވީމަ ކޮންމެ މަހެއްގެވެސް 1 ގަ ހޭލާނެ މުސާރަނަގަން، ދެންހޭލެވޭނީ ރިޔާސީ ވޯޓަށް 30 ދުވަހަށްވީމަ. އެހޭލެވުމުގަ ތެޅިފޮޅިގަންނަވަރުންހީވާނެ އެންމެންގެ ބޮލުގަ ކަތުރުފަނިއެޅީބާއޭ!!!!
އައްސިދަ
25 November 2024
ރައްޠިތުންގެ ޓެކްސްފައިސާ އިސްރާފްކުރުން ހުއްޓާލާ ތިޔަމުއައްސަސާ އުަވާލަންވީއެވެ. މިނިވަންކަމާއެކު މިނިވަންމުއައްސަސާއެއްގެ ގޮތުގައި ތިޔަތަން އެއްވެސްއިރެއްގައި ހިނގާތަނެއް ނުފެނެއެވެ، ދެން މިވީ ގޮތުން ސަރުކާރުގެ ސިޔާސީ ވެރިންގެ ކަންކަމައްފާރަވެރިވެ ބަލާނެގޮތެއް ތިޔަ އޭސީސީޔަކުނެތެވެ. ހުރިހާ ސިޔާސީ މަގާމޮތަކެއް އައްޔަނުކުރަނީ ރައީސް ،މިނިވަން މުައައްސަސާތައްވެސް ރައީސްގެ އަތްމައްޗައް ބަދަލުވެ މުޅިގައުމު ސިޔާސީ ކުޅިބަޔަކައްވެނިމުނީ.
ރާވެރިބެ
25 November 2024
އެހެންވީމަ އޭސީސީ އާ އިލެކްޝަންސް ކޮމިޝަނާ މަޖިލިސް މީގެ ފަހުން ހިގާނީ ސީދާ ރައީސުލް ޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް. މިހާރު ވެސް ފުލުހުންނާ ސިފައިންނާ އެމްއެމްއޭ ހިގަނީ ރައީސް ވިދާޅުވާ ގޮތަކަށް. ދެން ބަދަލު ކުރާނީ ސުޕްރީމް ކޯޓު ހެން ހީވޭ.
އެޗް އެމްް
25 November 2024
ހުރިހާކަމެއް ރައީސާއި ހަވާލު ކޮށްފަ މަޖްލިސް އުވާލާ. އޮޓޯކްރެސީ ދައުލަތަކަށް މިގައުމުގު ބަދަލުވެ ނިމިއްޖެ. ޑިމޮކްރަސީ ގަ ރޯނުފިލާ މީހުންނަށްވެސް ފުރުސަތު ހުޅުވޭ. އެމީހުންގެ ސަބަބުން ދައުލަތް އޮޅުން ބޮޅުން ވެ ރައްޔަތުންގެ ބާރު ގެއްލިގެންދޭ.
ކަލާމު
25 November 2024
މިހާރު އެސީސީއޭ އޮންނަގޮތުން ކޮމިޝަންތަށް އެންމެ ރަނގަޅަށް ނުހިނގާ