ތިނަދޫ: 10،000 މީހުން ހަމަނުވާތީ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ވަނީ ހުށަހަޅާފައި
25 ނޮވެމްބަރ 2024 - 11:28
ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެ އެވެ.
އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
ރައީސް އޮފީހާ ދެކޮޅަށް ރާގިބު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން އޭނާ "މިހާރު" އަށް ވިދާޅުވީ އާބާދީގައި 10،000 ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށާއި އެ ލިސްޓް ދިރާސާކުރުމުން ބޮޑެތި މައްސަލަތަކެއް ފާހަގަވި ކަމަށެވެ.
"އަޅުގަނޑު ބެލި ބެލުމުން އެނގެން އެބަހުރި މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުން ލިސްޓްގައި އެބަ ތިބި. ހަމައެކަނި އައިޑީކާޑް ނަންބަރު ބަދަލުކޮށްލާފައި އެއް ނަމެއްގައި މީހުން އެބަތިބި. ތަކުރާރުކޮށް އައިޑީކާޑް ބަދަލުކޮށްފައި މީހުން ނަންތައް ހިމަނާފައި އެބަހުރި. އެއީ ޣައިރުގާނޫނީ ލިސްޓެއް،" ރާގިބު ވިދާޅުވި އެވެ.
ރާގިބު ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރްއަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.
އެހެންކަމުން، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ރާގިބު ވިދާޅުވި އެވެ. އަދި އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ބަލަން އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.
އޭގެ އިތުރުން ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކޮށްދޭން ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ހައި ކޯޓުން އަދި ގޮތެއް ނުނިންމަ ނުވެ އެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވުމަށް ފަހު އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގައިވާ ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާތީ ތިނަދޫ ސިޓީއަކަށް ހަދަން ނިންމައި، ގަރާރުގައި ސޮއިކުރެއްވީ ކަމަށެވެ.
ރާއްޖޭގައި މިހާރު ފަސް ސިޓީ އޮންނާނެ އެވެ. އެއީ މާލެ، ކުޅުދުއްފުށި، ފުވައްމުލަކު އަދި އައްޑު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޑިބު
26 November 2024
ރާޣިބު މަޖުލިހަށް ހޮވާނަން. އިންޝާﷲ
މިނިސްޓްރީ
26 November 2024
ސިޓީސް ކިޔާފަ ބޮޑު މިނިސްޓްރީއެއް ހަދައިގެން އުޅޭއިރު، އެމިނިސްޓްރީގެ މަސައްކަތަކީ ކ މާލެ ކިޔިދާނެތޯ ބެލުން. ކަމާނުބެހޭ މީހުން އެކިކަންކަމުގެ ތެރެއަށް އަތްބާނައިގެން މުޅި ގައުމު ހަލާކުކޮށްފި. ސިޓީއެއްގައި އުޅެންޖެހޭ މީހުންގެ ޢަދަދު މަދުވެދާނެދޯ އެމީހުންގެ ތެރެއިން ބަޔަކު ފުޓުބޯޅަބަލަން ޔޫ.ކޭ.އަށް ދިޔަޔަސް. ތީދެން ބޮޑުވަރު.
ބުޝްރީ
25 November 2024
ހާދަ ވަގުތު ގިނަ މިނިސްޓަރެއްތީ....
ރޫޙްތިނަދޫ
25 November 2024
ގައްދޫ ރާގިބު ޖެލަސްވީ ދޯ. ކިތަންމެ ވަރެއް އެރުވިޔަސް ތިނަދޫ ގައި އޮތް ކުރިއެރުމެއް ގައްދޫ އަކަށް ނުލިބޭނެ. ސިޓީ ދަރަޖަށް ނެގިޔަސް، ތިނަދޫ ސިޓީ އަކަށް ވެފައި ނުނީ ގައްދޫ ސިޓީ އަކަށް ނުވާނެ ކުރިއަތް އޮތް 30 އަހަރު ވެސް.
ފަރީލާ
25 November 2024
ހެހެހެ
މޭޔަރު ސައުދު
25 November 2024
ތިނަދޫގަ ދިރިއުޅެނީ 4500 މީހުން. ތިނަދޫގެ އާބާދީ އަކީ 8000. ސިޓީގެ ދަރަޖަ ނުދެންޏާ ސުވާދީބް ސަރުކާރު މިތާ އިއުލާން ކުރާނަން. ސުވާދީބު ދިދަ މިހާރުވެސް ނަގާފަ ހުންނާނީ ކައުންސިލުގަ. ސަރުކާރަށް ނުފުއްޕޭނެ.
1181
25 November 2024
މޭޔަރު ހާދަ ނާތަހުޒީބޭ.
ސަވިޔަނި
25 November 2024
ރާއްޖޭގައި މިހާރު ފަސް ސިޓީ އޮންނާނެ އެވެ. އެއީ މާލެ، ކުޅުދުއްފުށި، ފުވައްމުލަކު އަދި އައްޑު އެވެ. ކޮބާ ފަސް ވަނަ ސިޓީ
ށ ށަވިޔަނި
25 November 2024
އެއީ ތިނަދޫ. ޚަބަރުގެ ހެޑްލައިންވެސް ކިޔާލަބަލަ ފުރަތަމަ
އަސީލު
25 November 2024
އިބޫ ވޯޓު ހޯދަން ތިނަދޫއަށް ސިޓީއެއްގެ ދަަރަޖަ ދޭން ނިންމީ
ކަލާމު
25 November 2024
އިބު ސަރުކާރުން ގާނޫނާއި ހިލާފަށް ކުރިކަމެއް މިއަކީ
ރާވެރިބެ
25 November 2024
ނިމިދިޔަ ރިޔާސީ އިންތިޙާބާ ދިމާކޮށް އޭރުގެ ރައީސް ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ ސިޔާސީ ބޭނުމަށް އެރަށުގެ ރައްޔިތުންގެ ވޯޓު ލިބޭތޯ. އޭރުވެސް އެގޭ ތިނަދޫގެ އާބާދީ 10000 ހަމަ ނުވާކަން. ސިޔާސީ ބޭނުމަށް އެކި މީހުންގެ މެދުގަ ތަފާތު ކުރުމާ އެކި ރަށްރަށާ މެދު އެކިގޮތަށް ކަންކަން ކުރާނަމަ މަސްލަހަތު ގެއްލޭނެ. އިންސާފު ގައިމު ކުރަންޖެހޭނެ. އެކަމަކު މިހާރު ކޯޓަކުން އެރަށުގެ ސިޓީ ދަރަޖަ ނިގުޅައިގެންފި ނަމަ އަދި މާ ބޮޑެތި މައްސަލަ ނުކުންނާނެ. ދެނޯ؟
ހުސްކުލަވަރު
25 November 2024
އައްޑޫގައި ދިރިއުޅޭތަ 10،000. އިގްތިސާދަކު އެވަރުގެ ފެންވަރެއްހުރިކަމަކަށް ނުދައްކާ.
ކުލަޔާ
25 November 2024
އައްޑޫގެ ދިރިއުޅޭ އާބާދީ 22000 އަށް އަރައެވެ. ޝުކުރިއްޔާ.
ކުޅުދުއްފުށި މީހާ.
25 November 2024
ކަލޯ، ތީ ދިވެއްސެއްތަ؟