ރާއްޖޭގެ މެޑިކަލް ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް.
26 ނޮވެމްބަރ 2024 - 18:23
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ގާއިމް ކޮށްފައިވާ މެޑިކަލް ސްކޫލްގައި ކިޔަވަން، ބޭރު ގައުމަކުން 500 ރިކުއެސްޓް ލިބުނު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު "މިހާރު" އަށް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގައި، ކިޔަވަން ބޭނުންވެގެން ބޭރުގެ ގައުމަކުން ގިނަ ބަޔަކު ހުށަހެޅި ނަމަވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ވެސް ކުރިމަތިލާފައި ވާތީ، ބޭރުން ހުށަހެޅި ކުދިންނަށް ފުރުސަތު ނުދެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މެޑިކަލް ސްކޫލްގައި ކިޔަވަން ރިކުއެސްޓްކުރީ ކޮން ގައުމަކުން ކަމެއް ނަޒީރު ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދަރިވަރުން ރާއްޖޭން ބޭރަށް ކިޔަވަން ދާ އުސޫލުން، ބޭރުގެ ދަރިވަރުން ރާއްޖޭގައި ކިޔެވުމުގެ ޝައުގުވެރިކަން ވެސް ބޮޑުވަމުން އަންނަ ކަމަށެވެ. ހުޅުމާލޭގެ މެޑިކަލް ސްކޫލު އެޅުމުން ބޭރުގެ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ ސްކޫލު (އެމްއެންޔޫ)ގެ ޖާގަ އަކީ 40 ކުދިން. ޓީޗިން ހޮސްޕިޓަލު ހުޅުމާލޭގައި އެޅުމުން 400 އާއި 500 އެއްހާ ދަރިވަރުންނަށް ކިޔަވައިދެވޭނެ،" ނަޒީރު ވިދާޅުވި އެވެ.
ރާއްޖޭގައި ކިޔަވަން ބޭނުންވާ ބޭރުގެ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ނަޒީރު ވިދާޅުވީ އަމާޒަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ބޭރު ދަރިވަރުންގެ އަދަދު ފަސް ފަސެންޓަށް އިތުރު ކުރުން ކަމަށެވެ.
މެޑިކަލްގެ އިތުރުން ވެސް އެހެން ދާއިރާތަކުން ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ކުރަނީ އިންޓަނޭޝަނަލް ކުދިންނަށް ރާއްޖެ ގެނައުމަށް. ހޮސްޕިޓާލިޓީ، އޭވިއޭޝަން ކަހަލަ ޑިމާންޑު އޮތް ދާއިރާތަކަށް. ރާއްޖެއަކީ ބައިނަލްއަގުވާމީ ބްރޭންޑަކަށް ވާތީ، ހޮސްޕިޓާލިޓީ ކިޔަވަން އަންނާނެކަން އެނގޭ،" ނަޒީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކެބު
28 November 2024
މިހުރިހާވެސް މައްސަލައަކީ ތިކަންވެސް މާލެއަށް މަރުކަޒީކޮއްގެން ކުރަން އުޅުމެއްނު! ރާއްޖޭގެ އެހެން ރަށެއްގައި ތި މެޑިކަލް ސްކޫލް ހިންގާނަމަ ޖާގައިގެ ދަތިކަމަކާ ތިބޭނެ ތަންތަނުގެ ދަތިކަމެއް ނާންނާނެ. ތިކަހަލަ ފުރުސަތުތައް ފުޅާކޮށް އެރަށުގެ މީހުންނަށްވެސް ކޮޓަރި ނުވަތަ އެޕާރޓްމަންޓް ކުއްޔަށްދީގެން ފައިސާވެސް ލިބޭނެއެއްނު! އަސްލު މައްސަލައަކީ ހުރިހާކަމެއް މަގޭ މާލޭގަ ނޫނީ ކުރަން އެއްވެސް ވެރިއަކަށް ނުވިސްނޭތީ ނުވަތަ ކުރަންބޭނުންނުވާތީ!
އޮނަރަބްލް ކާމިލް ދީދީ
28 November 2024
ފެން އޮތް ތަނަކަށް މަސްދާނީ. ހިކިފަސްތަނެއްގައި ބަކަ ނުތެޅޭނެ<
މަރޭމީ
27 November 2024
ރާއްޖޭގެ ކަންކަމާއި ހަވާލުވެގެން ތިބޭ މީހުން ދުނިޔެ މައްސަތްކުރާގޮތާއި ކަންކަން ހިގާގޮތް އެހެންމީހުންނަށް އޮޅުވާލަން މަސައްކަތްކުރޭ.
ޕްލޭން މޯ
27 November 2024
ބޭރު މީހުން ކިޔަވަން މިތަނަށް ގެންނަން ވިސްނާއިރު އެމީހުން ދިރިއުޅޭނީ ކޮންތާކު ކަމާމެދު ވިސްނިންތޯ. ގްރޭޓަރ މާލޭގެ ނަރުދަމާ ނިޒާމާއި، މަގުތަކާއި، ގެތައް ފުރި ބަނޑުންވަނީ. ތި ފަދަ ކެމްޕަސް އެއް އަޅަންޖެހޭނީ އެހެން ރަށެއްގައި. އަދި އަޅާއިރު ކިޔަވަން އަންނަށް ކުދިންނަށް ބޭނުންވާ އެކޮމޮޑޭޝަން އަދި އެހެނިހެން ވަސީލަތްތައްވެސް ހުންނަނަން ޖެހޭނެ އެހެންނޫނީ ތަނުގައި ދިރިއުޅޭ މީހުންނަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު
ބިރުވެރި
27 November 2024
ދެން ތި ތަނުން ކިޔަވެއިގެން ނިކުންނަ ފެންވަރު ދަށް ގްރެޖުއޭޓުންގެ ކައިރިން ބޭސް ފަރުވާ ހޯދަން މަޖުބޫރުވާނީ އާސަންދައަށް ބަރޯސާވެފައިވާ ނިކަމެތިން.
ކެކެކެ
27 November 2024
ތިހާ ހިތް މޮޅިއްޔާ ދާންވީނު ތައިލެންޑަށް ބޭސްކުރަން... ދިވެހިންގެ ވިސްނުން ހުރީ ހަމަ އިދިކީއްޔަށް.... ކީއްކުރާނީ ވަކި.. ހަހަހަހަ
ޑޮކްޓަރ ޕޫ
27 November 2024
އިންޑިއާގެ ދިއްލީގައި ހުންނަ ނަން މަޝްހޫރު އޯލް ޢިންޑިއާ އިންސްޓިޓިއުޓު އޮފް މެޑިކަލް ސައެންސަށް އެމް.ބީ.ބީ.އެސް ހަދަން އަހަރަކު ނަގަނީ އެއްމެ 125 ކުދީން. އެހެންވީމާ 5 އަހަރަށް ބަލައިފިއްޔާ އެތަނުގައި ތިބޭނީ އެ ލެވެލްގައި ކިޔަވާ 625 އެއްހާ ކުދީން.
ހޯރަބޭ
27 November 2024
އިމާމް ކޯސް ހަދަށްވީމަ ރާއްޖޭންބޭރަށް. ވަރަށް ސަޅިއެއްނު
ރޯހިތު
27 November 2024
މިނިސްޓްރީވެސް ސްކޭމެއްގައި ޖެހުނީ ތާ؟
އަލތުކުރާ
27 November 2024
ޢަހަރުމެން ރަށު ގުރުއާން ކްލާސް ފޭސްބުކުް ޕޭޖަށް ވެސް 2 މަސް ތެރޭ 1000 ފްރެންޑް ރިކުއެސްޓް ލިބުނު.. ތި ވާނީ އެގޮތަށް މެޑިކަލް ކޮލެޖް ފޭސްބުކްޕޭޖަށް 500 ރިކުއެސްޓް ލިބުނީމަނަ އެވާހަކަ މިނިސްޓަރަށް ދެންނެވީމަ މިނިސްޓަރަށް އޮޅުނީކަމަށް..
500
27 November 2024
ކަލޭނެ އަނެއްކަ ނޯތު ކޮރެއާއިން އައި 500 ތަ؟ ލޮލް
އަބްޑޫޅް +
27 November 2024
އަސްތާ، ތިޔަ 500 ރިކުއެޝްޓު ތިޔަ އައީ، ހީވާގޮތުން، މުޅިންވެސް، ތިންވަނަ ދުނިޔޭގެ، ޓިނުތެލި، ދޮންކެޔޮ ޖުމްހޫރިއްޔާ ތަކުން. ރާއްޖޭގެ ޖާމިޢާ އިން ދަހަކުތަރީ ބޭސް ކިޔަވާ ދަހަކުތަރުން، ބަލިމީހުންގެ ބަނޑު ފަޅާލާފަ ފަހަން އެގޭނެކަމާ މެދު ވެސް، ސައްކު.